Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަލީހު ޖޭޕީން ވަކިވެވަޑައިގަތުން

ޖޭޕީއަށް ފާޑު ވިދާޅުވުމަށްފަހު، މަލީހު ޕާޓީން ވަކިވެވަޑައިގެންފި

މަލީހު އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރިއިރު ޖޭޕީން އެކަމާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކާފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 މާރިޗު 2021 | ބުދަ 21:50
ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު (ކ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު (ކ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

އިތިބާރުނެތްކަމުގެ ވޯޓަކާއެކު މަގާމުން ވަކިކުރި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޖުމްހޫރީ ޕާޓީއިން (ޖޭޕީ) އިން ވަކިވެވަޑައިގެންފިއެވެ.

ޖޭޕީއަށް ފާޑު ވިދާޅުވެ ބުދަ ދުވަހުގެ ރޭ މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުތެރޭ ޖޭޕީގެ އަޑު އެންމެ އިޚުލާސްތެރިކަމާއި އެކު އުފުލި މީހާއާއި ދޭތެރޭ ބޭއިންސާފު ހުސްކޮށް އެމްޑީޕީއިން ކަންކުރަމުން ދިޔަ އިރު ޖޭޕީއިން ހުރީ ހަނު ކަމަށެވެ. އަދި ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރެވުނެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާކަން މަލީހު ފާހަގަކުރެއްވިއެވެ. މަލީހު އެއިޝާރާތް ކުރައްވާފައިވަނީ ޖިންސީ ގޯނާގެ ތުހުމަތުތަކެއްގައި ދައުވާކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައަށެވެ.

Advertisement - newsAdvertisement

މަލީހުގެ ފާޑުކިޔުން ޕޭޖީއަށް އަމާޒުވެފައި މިވަނީ މަލީހު އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު އެޕާޓީން އެކަމާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކާފައިނުވާތީ ކަމަށްވެއެވެ.

މީގެ އިތުރުން މަލީހު ވަނީ އިދިކޮޅު ކޯލިޝަނުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ފުވައްމުލަކު ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީ މިހާރު އޮތީ "ސައިލެންޓް މޯޑު" ގައިކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ އެޕާޓީގެ ނަމުުގައި އެމްޑީޕީން އެ ހިންގާ ކަންކަމާ ދެކޮޅަށް މިވަގުތު ނިކުމެވެން ނެތް ކަމަށާއި، އެކަމުގައި އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންނެވީ އެ ސަބަބައްޓަކާ ކަމަށެވެ. އޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ އެ ބޭނުންވާ ގޮތަށް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ވަރަށް ބޮޑު ބާރެއް އެ ޕާޓީއަށް ލިބޭނެ ކަމަށެވެ. އެ ފުރުސަތު ދެވެން ނެތް ކަމަށާއި، ސިޔާސީ މީހެއްގެ ހައިސިއްޔަތުން ހުއްޓިގެން ހުރެވެން ވެސް ނެތް ކަމަށެވެ. އެހެންވެ ޖުމްހޫރީ ޕާޓީގެ މެމްބަރުން ކުރިމަތިލާފައި ނުވާ ހުރިހާ ދާއިރާއަކަށް ވެސް އިދިކޮޅަށް ކެމްޕޭންކޮށްދެއްވާނެ ކަމަށް މަލީހު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ކެމްޕޭން ހަރަކާތްތަކާ މަލީހު ގުޅިވަޑައިގެން މައްސަލައިގައި ޖޭޕީއިން ބުނީ އެކަމަށް އެޕާޓީގެ ތާއީދު ނެތް ކަމަށެވެ. އެ ޕާޓީ އޮތީ ސަރުކާރު ހިންގާ ކޯލިޝަނާއެކު ކަމަށާއި އެއްވެސް ހާލެއްގައި އިދިކޮޅު ކޯލިޝަންއާ ނުގުޅޭނެ ކަމަށާއި، ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ބުންޏެވެ. އެ ޕާޓީން ބުނީ މަލީހު އިދިކޮޅުގެ ކެމްޕޭނުގައި ބައިވެރިވި މައްސަލަ ބަލަމުން އަންނަ ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ.

މަލީހު ޖަމާލްޖުމްހޫރީ ޕާޓީޖޭޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

ޑީއެންއާރް ތެރޭގައި ޕާޓީއަށް މީހުން ވައްދަން ޕީއެންސީގެ ފޯމު ފުރާކަން ފަޅާ އަރައިފި!

27 އޮކްޓޯބަރު 2024
އަބްދުއްރަހީމް ރެހެންދި އިމާރާތުން ދެ ފްލެޓް ބައްލަވައިގަތީ ކިހިނެއް ހޯދި ފައިސާއަކުންތޯ ބަލަންޖެހޭ: މަލީހް

އަބްދުއްރަހީމް ރެހެންދި އިމާރާތުން ދެ ފްލެޓް ބައްލަވައިގަތީ ކިހިނެއް ހޯދި ފައިސާއަކުންތޯ ބަލަންޖެހޭ: މަލީހް

17 ސެޕްޓެމްބަރު 2024
އަބްދުއްރަހީމް އަކީ ޕާޓީއަށްލިބުނު ފައިސާއަށް ދުވާލަކު ސިނގިރެޓް ކާޓޫނު ގަތް މީހެއް: މަލީހް

އަބްދުއްރަހީމް އަކީ ޕާޓީއަށްލިބުނު ފައިސާއަށް ދުވާލަކު ސިނގިރެޓް ކާޓޫނު ގަތް މީހެއް: މަލީހް

23 ޖޫން 2024

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު