Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ހޮސްޕިޓަލްތައް ފުރި ބަންޑުންވަނީ

ބްރެޒިލްގެ ހޮސްޕިޓަލްތައް ފުރި ބަންޑުންވަނީ!

10 މާރިޗު 2021 | ބުދަ 03:12

ބޮޑެތި ސިޓީތަކުގެ 80 އިންސައްތަ އައިސީޔޫ އެނދުތައް ފުރިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 މާރިޗު 2021 | ބުދަ 03:12
ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވެ ބްރެޒިލްގެ ހޮސްޕިޓަލްތައް ފުރި ބަންޑުންވުމާ ގާތްވެއްޖެ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފައިވަނީ ބުރަޒިލްގެ ބޮޑެތި ސިޓީތަކުގެ ހާލަތު ގޯސްކަމަށެވެ. އެގޮތުން ރިއޯ ޑި ޖެނޭރޯގެ 80 އިންސައްތަ އައިސީޔޫ އެނދުތައް ފުލްވެފައިވާ އިރު، މިހާލަތު 27 ސްޓޭޓުގެ ތެރެއިން 25 ސްޓޭޓަކަށް ދިމާވެފައިވާ ކަމަށެވެ. އަންގާރަ ދުވަހު އެކަނި ވެސް އެގައުމުގައި 2000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ. މިއީ މިފަހުން ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެވެ. އަންގާރަ ދުވަހުގެ އަދަދުތަކާއެކު ބްރެޒިލްގައި 266،000ށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ކޮވިޑް ފެތުރެން ފެށިފަހުން މިހާތަނަށް 11 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެމެރިކާއަށް ފަހު ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވި ގައުމަކީ ބްރެޒިލްއެވެ. އަދި 3 ވަނަ އަށް އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ އެގައުމުގައެވެ.

ފިއޯކްރޫޒުން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން 15 ސްޓޭޓެއްގެ ވެރިކަން ކުރާ ރަށުގެ އައިސީޔޫތަކުގެ 90 އިންސައްތަ ބެޑްތައް ވަނީ ފުލްވެފައެވެ. މީގެ ތެރޭގައި ރިއޯ ޑި ޖެނެއިރޯ، ބްރަސިލިއާ އަދި ސައު ޕައުލޯ ހިމެނެއެވެ. ޕޯޓޯ އެލެގްރާ އަދި ކެމްޕޯ ގްރާންޑްގައި އައިސީޔޫގެ ނިސްބަތަށްވުރެ އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ފިއޯކްރޫޒުން ވަނީ ބުނެފައެވެ. މިއާއެކު އެގައުމުގެ ސިއްހީ ނިޒާމް ފުނޑިދާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން އަންނަނީ ދެމުންނެވެ.

ބްރެޒިލްގައި ކޮވިޑްގެ ހާލަތު ގޯސްވެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ވަނީ ގޮވާލާފައެވެ. އެގޮތުން ސޯޝަލް ޑިސްޓެންސިންގ، މާސްކް އެޅުމާއި އަތް ދޮވުމުގެ އުސޫލުތައް ވަރުގަދަކުރުމަށް ވަނީ ގޮވާލާފައެވެ.

ކަމާގުޅޭ މާހިރުން ވެލޯރ އިކޮނަމިކް ނޫހަށް މިދިޔަ ހަފްތާގައި ދީފައިވާ މައުލޫމާތުތައް ދައްކާ ގޮތުން ދުވާލެއްގެ މައްޗަށް އާންމުކޮށް ވެސް މަރުވާ މީހުންގެ އަދަދު 2000ން މައްޗަށް ހިނގައިދާނެކަމަށް ވަނީ ބުނެފައެވެ. އަދި މިކަމަށް މިވަގުތު އޮތް ހައްލަކީ މަރުކަޒީ ސަރުކާރުތަކުން ބާރުތައް ނުހިންގާ މައި ސަރުކާރުން ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް ނުކުތުން ކަމަށެވެ. އަދި މިއާއެކު ގައުމު ލޮކްޑައުން ކުރުމާއި، މާސްކް އެޅުން މަޖުބޫރުކޮށް ވެކްސިނޭޝަން ޕްރޮގްރާމް އިތުރަށް ވަރުގަދަ ކުރުން ހިމެނެއެވެ.

މިހާތަނަށް އައި އިރު، އެގައުމުގައި ވެކްސިން ޖަހާފައިވަނީ 8 މިލިއަން މީހުންނެވެ. މިއީ އާބާދީގެ 4 އިންސައްތައެވެ. އަންގާރަ ދުވަހު އެކަނި ވެސް އެގައުމުގައި 70،000ށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވެއެވެ. މިއީ ނިމިގެން ދިޔަ ހަފްތާއާ އަޅާ ބަލާއިރު 39 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިހާރު ފެންނަމުންދާ ކޭސްތަކަކީ އައު ވޭރިއަންޓްގެ ކޭސްތައް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ބްރެޒިލް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
12 ސެޕްޓެމްބަރު 2025

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި
05 އޯގަސްޓު 2025

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
10 ޖުލައި 2025

ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި އަންޗެލޮޓީ އަށް ޖަލު ޙުކުމެއް

10 ޖުލައި 2025
ޓެކްސް އަށް މަކަރު ހެދި މައްސަލައިގައި އަންޗެލޮޓީ އަށް ޖަލު ޙުކުމެއް
20 ނޮވެމްބަރު 2024

ބްރެޒިލް އާއި އުރުގުއޭ އެއްވަރު

20 ނޮވެމްބަރު 2024
ބްރެޒިލް އާއި އުރުގުއޭ އެއްވަރު
31 އޯގަސްޓު 2024

ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި

31 އޯގަސްޓު 2024
ކޯޓު އަމުރަކަށް ބްރެޒިލްގައި އެކްސް މަނާ ކޮށްފި
24 ޖުލައި 2024

ބްރެޒިލް ގައި ގިނަ އަދަދެއްގެ މިޔަރު ކޮކޭން އަށް ޕޮސިޓިވް ވެއްޖެ

24 ޖުލައި 2024
ބްރެޒިލް ގައި ގިނަ އަދަދެއްގެ މިޔަރު ކޮކޭން އަށް ޕޮސިޓިވް ވެއްޖެ
07 ޖުލައި 2024

ޕެނަލްޓީގައި އުރުގުއޭ އަތުން ބަލިވެ، ބްރެޒިލް ކަޓައިފި

07 ޖުލައި 2024
ޕެނަލްޓީގައި އުރުގުއޭ އަތުން ބަލިވެ، ބްރެޒިލް ކަޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް