Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިހާނުގެ ޝަރީއަތް

ނިހާނުގެ މައްސަލަތައް ބަައްލަވާ ގާޒީ ބަދަލުވިކަން އަންގާފައިނުވާތީ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވުނު

މައްސަލަ ބަލާ ސެކްޝަން ބަދަލުވެފައިވާކަން ނިހާނަށް އަންގާފައި ނުވަނީ އިދާރީ އޮޅުމަކުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 ފެބުރުއަރީ 2021 | ބުރާސްފަތި 07:06
ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 6 ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މި ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން

ނިހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 6 ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މި ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ހަ ދައުވާއެއް އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިންމަނިކުގެ މައްސަލަތައް ބައްލަވާ ގާޒީ ބަދަލުވެފައިވާކަން، ނިހާނަށް އަންގާފައިނުވާތީ، ބުރާސްފަތި ދުވަހުގެ އަޑުއެހުން ކުރިއަކަށް ނުގެންދެވުނެވެ.

މި މައްސަލާގައި މި ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ފުރަތަމަ އަޑުއެހުން ބޭއްވިއިރުވެސް، އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ، ގާޒީ އަލީ އާދަމްއެވެ. އެ ދުވަހުގެ އަޑުއެހުމުގައި، މި މައްސަލަތަކުގައި ކުރިއަށްދާން ބޭނުންވަނީ ގާނޫނީ ވަކީލަކާއެކު ކަމަށް ނިހާނު ވިދާޅުވުމުން ގާޒީ ވަނީ 10 ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ. އެދުވަހުގެ އަޑުއެހުމަށްފަހު ބޭއްވި ދެވަނަ އަޑުހުމަކީ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމެވެ. މި އަޑުއެހުމުގައި ގާނޫނީ ވަކީލުންނާއެކު އަޑުއެހުން ކުރިއަށް ގެންދަވަން ފެއްޓެވުމާއެކު، ނިހާނުގެ ވަކީލު ވަނީ، މި މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވީނަމަވެސް، ބައެއް ލިޔެކިޔުންތައް ލިބިފައިނުވާކަން ފާހަގަކުރެވޭއިރު، ބައެއް ލިޔެކިޔުންތަކާ ގުޅިގެން ސާފުކުރަން ބޭނުންވާ ބައެއްކަންކަން ވެސް އެބަހުރި ކަމަށެވެ. އަދި ލިބިފައިވާ ލިޔެކިޔުންތައް ލިބިފައިވަނީ މިހާރު މި މައްސަލަތައް ބައްލަވާ ގާޒީގެ ސެކްޝަނަކުން ނޫންކަމަށާއި މައްސަލަތައް ބަލާ ސެކްޝަން ބަދަލުވިކަން ނިހާނަށް އަންގާފައިނުވާކަމަށެވެ. އެހެންކަމުން އެކަން އިޖުރާޢީ ގޮތުން ފާހަގަކުރައްވާ ކަމަށާއި، މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނީ ގާޒީ ބަދަލުވިކަން ސަބަބު ބަޔާންކޮށް ނިހާނަށް ލިޔުމުން ލިބުމުން ކަމަށެވެ.

Advertisement - newsAdvertisement

ނިހާނުގެ ވަކީލު އެގޮތަށް ވިދާޅުވުމުން، ގާޒީ ވަނީ ކުޑަވަގުތުކޮޅަށް އަޑުއެހުން މެދުކަނޑުއްވާލައްވާފައެވެ. އަދި އަޑުއެހުން ފެއްޓުވުމަށްފަހު ގާޒީ ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ މި މައްސަލަ ބައްލަވަން ހަވާލުކުރައްވާފައިވަނީ މި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމްއާކަމަށާއި، ގާޒީ ބަދަލުވިކަން، ނިހާނަށް އަންގާފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ. އަދި ކުޑަ ވަގުތު ކޮޅެއްގައި ގާޒީ ބަދަލުވި ލިޔުން ހަވާލުކުރައްވާނެ ކަމަށާއި، ވަގުތު ސަލާމަތް ކުރުމަށް، އަޑުއެހުން ކުރިއަށް ގެންދިއުމާމެދު ދެކެނީ ކިހިނެއްތޯ ނިހާނުގެ ވަކީލާ ގާޒީ ސުވާލު ކުރެއްވިއެވެ.

ނަމަވެސް، ނިހާނުގެ ވަކީލު ވިދާޅުވީ، ގާޒީ ބަދަލުވިކަމުގެ ލިޔުން ލިބުމުން ނޫނީ މި އަޑުއެހުން ކުރިއަށް ގެންދަން އުޒުރުވެރިވާ ކަމަށާއި، އަދި އަޑުއެހުން ކުރިއަށް ގެންދަންޖެހޭނީ އަލުން ތާވަލްކުރައްވައިގެން ކަމަށް ގަބޫލުކުރައްވާކަމަށެވެ. ނަމަވެސް ވަގުތު ސަލާމަތް ކުރުމުގެ ގޮތުން، ލިބެންޖެހޭ ލިޔެކިޔުންތަކާމެދު ވާހަކަ ދައްކާލުން ރަނގަޅުކަމަށް ގަބޫލު ކުރައްވާކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، މަދުވާ ލިޔެކިޔުންތައް ލިޔުމުން ޕޮރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އަންގަވައި ދެއްވުމުން، ލިބެންޖެހޭ ލިޔެކިޔުމެއްވާނަމަ، ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ދިފާޢީ ވަކީލުވެސް އެކަން އެގޮތަށް އެއްބަސްވުމާއެކު ބުރާސްފަތި ދުވަހުގެ އަޑުއެހުން ވަނީ ނިންމަވާލައްވާފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ނިހާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕީޖީގެ އޮފީހުން ކޯޓުގައި އެދިފައިވާތީ، އެކަމާ ގުޅިގެން ނިހާނު ވިދާޅުވެފައިވަނީ، ބަލި ހާލަތެއް މެދުވެރިވިޔަސް، ރާއްޖެއިން ބޭރަށް ދާކަށް ނޭދޭނެ ކަމަށެވެ. އަދި ދައުލަތުން ބޭނުންވާ ގޮތަށް ޕާސްޕޯޓް ހިފެހެއްޓުމުގައި އެއްވެސް އިއުތިރާޒެއް ނެތްކަމަށް ވެސް ނިހާނު ވިދާޅުވެފައިވެއެވެ. އެގޮތަށް ނިހާނު ވިދާޅުވުމުން ގާޒީ ވިދާޅުވެފައިވަނީ، މި މައްސަލަ ވަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެހެންކަމުން މި މައްސަލަތައް ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ނިހާނުގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރެއް ނެރުއްވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރު ހިންގި ކޯލިޝަނުގެ މައިޕާޓީ ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނުގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާއާ ގުޅިގެންނެވެ.

މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙުޤީޤުކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ. މި މައްސަލައިގެ ތަފްސީލު ހިއްސާ ކުރަމުން މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނިހާން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، މަޤާމުގެ ޙައިޞިއްޔަތުން އަދާ ކުރަންޖެހޭ މަސްޢޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދިފައިވާ ކަމަށެވެ. އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުން ކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން އޭނާ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފްސީލުތައް:

1. މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުގެ -/150،000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެއް

2. އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެންޖެހޭ ޙާލަތުގައި، އަދީބު މެދުވެރިވެގެން -/150،000 (އެއްލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާ

3. 2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ.

4. އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ.

5. މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި -/650،000 (ހަލައްކަ ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ.

6. އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެ ޢަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު