Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަށާއިރު - މުހައްމަދު މަބްރޫކް އަޒީޒް

ފުރިހަމަ ތަރައްޤީއެއް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭ- މަބްރޫކް

16 ފެބުރުއަރީ 2021 | އަންގާރަ 06:19

ރައީސް ޞާލިޙް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އެނގިގެންދާނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައިކަމަށް މަބްރޫކް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 16 ފެބުރުއަރީ 2021 | އަންގާރަ 06:19
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް

ފުރިހަމަ ތަރައްޤީއެއް ރައްޖެއަށް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ރައީސް އޮފީހުގެ ތަރުޖަމާނަކަށް ދާދިފަހު ހަމަޖެއްސެވި މުހައްމަދު މަބްރޫކް އަޒީޒް ވަނީ އެމަނިކުފާނުގެ ޒާތީ ބައެއް ކަންކަމާއި ސިޔާސީ ޙަޔާތްޕުޅާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބީ ކުރިމަތިވިޔަސް ޤައުމަށް ޚިދުމަތްކުރުމަށް ކަނޑައަޅުއްވައިގެން ހުންނެވި އަޒުމަށް ގުޑުލެއް ނާރުވާ ހުރުމުގެ ނަތީޖާއަކީ މިއަދު މަބްރޫކްގެ މަސައްކަތް އާންމުން ބަލައިގަންނަ އެއް ސަބަބުކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން ކޮވިޑާ ދެކޮޅަށް ފެށި ހަނގުރާމައިގައި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނެއްގެ ގޮތުން ކުރި މަސައްކަތް އާންމުން ވަރަށް ބޮޑަށް ބަލައިގަތްކަން ފާހަގަކުރައްވައި މަބްރޫކް ވަނީ ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުން ވެސް ރައީސް އޮފީހުގެ ކަންކަން ރާއްޖޭގެ ނޫސްވެރިންނަށް ހިއްސާކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މަބްރޫކް ވަނީ އެމަނިކުފާނުގެ ބައެއް ސިޔާސީ ވިސްނުންފުޅުތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްޤީގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އެގޮތުން 5 އަހަރުގެ 1 ދައުރަށްވުރެ ދިގުކޮށް މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ވެރިކަން ކުރެވިފައި ނުވާއިރު، މި މުއްދަތަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިފަހުގެ ތާރީޚެއްގައި އެމެރިކާގެ އެންމެ ކާމިޔާބު އެއް ރައީސްގެ ގޮތުގައި ފާހަގަކުރެއްވުނު ބަރަކް އޮބާމާގެ ވެރިކަމުގެ 8 އަހަރުން މިސާލު ނަންގަވަމުން މަބްރޫކް ވަނީ އޮބާމާގެ ފުރަތަަމަ ދައުރުގެ 4 އަހަރުގައި މާގިނަ ކާމިޔާބީތަކެއް ޙާސިލުނުވުމުން ފާޑުކިޔުންތައް އަމާޒުވިޔަސް، ދެވަނަ ދައުރުގައި އޮބާމާ ގެންނެވި ތަރައްޤީގެ އަވަސް ފިޔަވަޅުތަކަކީ އެމަނިކުފާނުގެ ވެރިކަން ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރާ މައިގަނޑު ސަބަބުކަމަށެވެ. މަބްރޫކް ވަނީ ފުރިހަމަ ތަރައްޤީއެއް ރައްޖެއަށް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭކަމަށް ވިދާޅުވެފައެވެ.

ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވާދަކުރައްވަފާނެތޯ ސުވާލުކުރުމުން، މަބްރޫކްވަނީ މިކަން އެނގިގެންދާނީ ކުރިއަށް އޮތް އަހަރެއްހާދުވަހުގެ ތެރޭގައި ކަންކަން ވާގޮތުންކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ކުރާ ކެމްޕޭންގައި ބައިވެރިވަޑައިގަތުމަށް ބޭނުންވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ޕްރޮގްރާމްގެތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަބްރޫކްވަނީ އެމަނިކުފާނަކީ، ވަރަށް ދުރު ވިސްނުންފުޅެއް ގެންގުޅުއްވާ، އެންމެންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާ ބޭފުޅެއްކަމަށް ވިދާޅުވެފައެވެ. ކޮވިޑްގެ ބިރުވެރި ޙާލަތުގައި ވެސް އެންމެ ބިރުން އުޅުނު އިރު ރައީސް ޞާލިޙްގެ ކިބައިން ފެނިގެން ދިޔައީ ތަޖުރިބާކާރުންގެ މަޝްވަރާއާއެކު ޙިކްމަތްތެރިކަން އިސްކުރެއްވިތަންކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމްޑީޕީއިން ނުކުންނަ ކެންޑިޑޭޓަކަށް ކެމްޕޭންކުރުމަށް ނުކުންނަވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި މަބްރޫކްވަނީ އެމަނިކުފާނުގެ ސިޔާސީ އިތުރު ވިސްނުންތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުގެނައުމުގެ ވާހަކަތަކެއް ދެކެވޭ މި ދަނޑިވަޅުގައި އެކަމަށް ވުރެ އަވަހަށް ހައްލު ގެންނަންޖެހޭކަންކަން އެބަހުރިކަމަށް ވިދާޅުވިއެވެ. އެގޮތުން ވެރިކަމުގެ ނިޒާމު ހިންގާނީ ބަރުލަމާނީ ނިޒާމަކުންތޯ ނުވަތަ ރިޔާސީ ނިޒާމަކުންތޯ ނިންމުމުގެ ކުރިން އެއް ވެރިކަމުން އަނެއް ވެރިކަމަށް ބަދަލުވާއިރު މަޝްރޫޢުތައް ނުހުއްޓޭ ނިޒާމެއް ގެނައުމާއި، ދާއިރާތައް ބެހިފައިވާގޮތް އިތުރަށް ހަރުދަނާކޮށް މަޖިލިސް މެމްބަރުންގެ ރޯލު އިތުރަށް ހަރުދަނާކުރުން މުހިންމުކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

ޕީޕީއެމްގެ މެމްބަރުކަމުން ރައީސް މައުމޫނު ވަކިކޮށް، ޕާޓީގެ ރައީސްކަމުގެ މަގާމު ގެއްލުވާލައިފި ވަކިކޮށްފި

27 މާރިޗު 2017
ޕީޕީއެމްގެ މެމްބަރުކަމުން ރައީސް މައުމޫނު ވަކިކޮށް، ޕާޓީގެ ރައީސްކަމުގެ މަގާމު ގެއްލުވާލައިފި ވަކިކޮށްފި
25 މާރިޗު 2017

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން

25 މާރިޗު 2017
ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް