Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑުގެ ހާލަތުގައި މުޒާހަރާ

ގައިދުރު ކުރުމާއެކު ގައިކޮޅު ގައިގާ ދުރުކުރަން ޖެހޭ ފިޔާތޮށި ކްލަސްޓަރ

ވެރިކަން ބޭނޭތޯ، އެންގަނޑަކަށް ފްލެޓް ލިސްޓް، ބުޅީގައި އަޅައިގެން ބަޔަކު އެއްލާހާ ނަނެއްގައި އެންމެނެއް ނުގަންނާނެ

ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2021 | ހޮނިހިރު 11:56
ހުކުރު ދުވަހު ހަވީރު ޕީޕީއެމް އިން ބޭއްވި މުޒާހަރާގެ ބައިވެރިން

ހުކުރު ދުވަހު ހަވީރު ޕީޕީއެމް އިން ބޭއްވި މުޒާހަރާގެ ބައިވެރިން

ކޮވިޑް 19 ބަލި ފެތުރޭ ބާރުމިނާ އޭގެ މިންވަރު މިހާތަނަށް ދިޔަ އެންމެ މަތީ ކުންނަށް ރާއްޖެ މިވަނީ ވާސިލްވެފައެވެ.

ކަމުގެ ބޮޑު ކަމާ ސީރިއަސް ކަން ހިތައް ވަނީ، އިއްޔެ ހުކުރު ދުވަހުގެ ހަވީރު ޑޮކްޓަރ ނަޒްލާ ރަފީގް ކުރެއްވި ޓްވީޓުންނެވެ. އެނދުމަތިކޮއް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ މިންވަރު އަތް ނުފޯރާ ދަރަޖައަށް މަތިވެ، އެނދުގެ ޖާގަ ވަނީ މުޅިން ހުސްވާ ހިސާބުގައެވެ.

މިހާސް ކަމުގެ ތެރޭގައި ވަނިކޮއް އައީ ހޫނު ޚަބަރެކެވެ. އެއީ، މިބުރުގައި ފްލެޓް ނުލިބުނު މީހުންގެ ލިސްޓަށް ގުޅަން ކޯލް ސެންޓަރެއް ހަދައިގެން ބަޔަކު އުޅޭ ވާހަކައެވެ.ބަލާލި އިރު "އެބާހުން" ނަކީ ދިވެހި ވެރިކަން އުމަރު އައްޔާރުގެ ސުންބުއްޔަށް ހެދި މީހުންނެވެ. އެބައިމީހުންނަކީ، އަތްކޮއްޕާލާފައި ނެގިއިރު މުށުތެރޭގަ ތިން ހަތަރު ލަގްޒަރީ އެޕަރޓްމަންޓް ހުރި މީހުންނެވެ. ނޫނީ މާލެ ދަތުރު ކުރާ ބޯޓް ފަހަރާ ސަފާރީތަކާއި، ފަޅުރަށްތަކާ ފަޅު ތަކާ ހުޅުމާލޭގެ ބިންތަކާއި، ޑޮލަރު ގަނެދޭނަމޭ ކިޔާ ނެގުމަށް ފަހު ހުދުކާފޫރަށް ހަދާލި ވިއްސަކައް މިލިއަނާއި، ސުންބުލިން ނެގި ގޮތައް ކޮނޑައް ޖަހާ ގެއަށް ވެއްދި ކަޅުދަބަސްތަކާ ފައިސާ ގޯނިތައް އުފުލި މީހުންނެވެ.

އިންސާފު ކޮބާހޭ ކިޔާ އިރު ކުރިން ވަގަށްނެގި މަގުހިމަ، އާދައިގެ 12 ގަނޑުޓިނުގެ އިތުރަށް ސުޕްރީމް ކޯޓްގެ ފުރާޅުގައި ހުރި މޮޅުޓިނު ނައްޓާ ފަނޑިޔާރުން ދަމާކޫއްތި މީހުން އޭގައި ހިމެނެއެވެ. ރައީސް ޔާމީނު ދޫކޮއްލަން ގޮވާ އިރު، މިބައިމީހުންނަކީ ރާއްޖޭގެ އެތައް ރައީސުންނާ، ވެރިންނާ ވަޒީރުކަން ކުރެއްވި ބޭފުޅުންނާ ނަންުހުރި، ކަމުވޮށި އެތައް ބޭފުޅުންނެއް ޖަލައް ލައިގެން ގަނަތެޅުވި ގަބީލާ އަށް ނިސްބަތްވާ މީހުންނެވެ.

200 ވަރަކަށް މީހުނައިގެން މާލޭގެ މަގުތަކައް ނުކުތީ ސުޕްރީމް ކަނިފަތްލީ ބުޅިއަކުން 2013 ގައި ބޭނި ވެރިކަން އަލުން ބޭނުމުގެ - ބޭނުމުގައެވެ. ބުޅީގައި އަޅާފަ އޮތީ ތިމާމެން ކުރިން ކައި، މީރުވެ، އަނގަދަހިވެފައިވާ ފިލިހެޔޮ މޮޅުއެންގަނޑެކެވެ. އެއީ ދެބަސް ވެވެން ނެތް ބޯހިޔާވަހިކަމެވެ. އާންމުން ފާހަގަ ކުރިހެން މުޒާހަރާގެ މެދުތެރޭން ތިލަވީ، "ރައީސް ޔާމީން ދޫކޮއްލާ" އެވެ. ނިމޭ ހިސާބުގައި އޮޑިދަށުން ކެވިއެރީ މުޅިން އާ ބާވަތެކެވެ. އެއީ "މުޒާހަރާގެ ބައިވެރިން ދޫކޮއްލާ"އެވެ.

އަމާޒު ލާހޫރޭ - އަމާޒު ވިއްސިވިހާލީގެ ދަށުން އެކޮޅުކޮޅުން، ބަޅުކޮއް، އިދިކީލިކޮއް ގޮސް ގަޑިއެއްހާ އިރު ތެރޭ ކަން ނިމުނެވެ. އެންވަތް ހުސްވެ، އެއްޗެއް ނުބޭނި މުޒާހަރާ ބީހި، ރޫޅި، ފަށަންވީ ތަން މައްޔަލައް ނޭނގި، މަޑޫތައް އެކި ގޯޅިން އޮޔާ ގޮސް ނިމިއްޖެއެވެ.

ބޯހިޔާވަހިކަމުގެ ޒަރޫރީ ލިސްޓާ، ތަރުތީބަކީ ދިރި ދިރި އޮންނަން ޖެހޭ ސަރުކާރުގެ ރަސްމީ ޑޭޓާ އެއްކަމާ މެދު ދެބަހެއް ނުވަމެވެ. އެންމެ ބޮޑަށް ބޭނުން ޖެހުނު މީހުންނަށް ފްލެޓް ލިބުމުން، ދެން ތިބެން ޖެހޭނީ ލިސްޓްގައި ދެންތިބި ބައެކެވެ. އޭގެ ފަހުގައި އެއާ ޖެހިގެން ތިބި މީހުންނެވެ. އެއީ މިކަން ހިނގާން ޖެހޭނެ މަގުަ ކަން ގަބޫލު ކުރަންވެސް އެބަ ޖެހެއެވެ. މިބުރުން ފްލެޓް ނުލިބުމުގެ މާނަ އަކީ އަންނަ ބުރުގެ ލިސްޓްގެ ކުރިއަށް އެމީހާ އެރުން ކަމަށް ވާންޖެހޭނެއެވެ. އެތައް ޒަމާނަކުން ފެށިގެން އުފެދެމުން ދިގުވަމުން އައިސް އޮތް ބޯހިޔާވަހިކަމުގެ ޒަރޫރީ ދިގުލިސްޓަކީ އެއް ފަހަރަކުން، އެއް ދައުރަކުން ނިމޭނެ އެއްޗެއް ނޫނެވެ. އަދި ކިއެއްތަ! ވެރިކަން ބޭނޭތޯ، އެންގަނޑަކަށް ފްލެޓް ލިސްޓް، ބުޅީގައި އަޅައިގެން ބަޔަކު އެއްލާހާ ނަނެއްގައި ހިފައިގެން ގައިދުރު ނުކޮއް ކޮވިޑާލާ މޮޑެވެން ނުކުތުމަކީ ބޯހިޔާވަހި ވުމެއްވެސް ނޫނެވެ.

ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް އިބްރާހިމް މުޙަންމަދު ޞޯލިޙް، މުޅިން އަލަށް ބިނާކުރެވޭ، ޖާގަ ބޮޑު ތަނަވަސް، އިތުރު 5000 ހައުސިން ޔުނިޓް ގެ ޢަމަލީ މަސައްކަތުގެ ގެރެންޓީ މިއަހަރަށް އެމަނިކުފާނު ދެއްވިތާ އަދި ކިރިޔާ މިވީ 10 ވަރަކަށް ދުވަހެވެ.

ވިދާޅުވީ 5 ހާސް އިތުރު ހައުސިންގ ޔުނިޓްގެ ވާހަކަ އެކަންޏެއްވެސް ނޫނެވެ. ބޯހިޔާވަހިކަމަށް ލުއި ލިބޭނެ އިތުރު އެހެން މަޝްރޫއެއް އެކުލަވާލުމަކީ ވެސް އަންނާން އޮތް ކަމެއް ކަމުގައެވެ. ބޮޑު ކަމެއްގެ ހައްލު ހޯދުމަށް ފަރުމާ ކުރެވޭނީ ވެސް ބޮޑު މަޝްރޫއެއް ކަން ޔަގީނެވެ.

އިންސާނީ ތޮބީއަތް ނިޔާ ކުރާނީ ބޭނުންވާ ކަންކަން ވަގުތުން ފުރިހަމަ ވުމަށެވެ. އެހެން ނަމަވެސް ގަބޫލު ކުރަންވީ ހަގީގަތަކީ ކަންކަމަކީ ވަމުން- ނިމެމުން ގޮސް ފުރިހަމަވާ އެއްޗެއްކަމެވެ. އެކަން އެދަނީ ވަމުން، ހިނގަމުންނެވެ.

މި ވަގުތައް ކުރާންވީ ކަމަކީ ހަމަ އެންމެ ކަމެކެވެ. އައު ފްލެޓުތަކަށް ހުޅުވާލަންދެން ސަލާމަތް ސިއްހަތުގައި ތިބެވޭތޯ ބެލުމެވެ. އެކަމަށް ގައިދުރުކޮއް، ފިޔާތޮށި ކްލަސްޓަރ އާ ކުޑަބޭރުވެސް ނާރާ އަވަހަށް ވެކްސިން ޖަހަންވީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރުދުޣާންގެ ވާދަވެރިޔާ ހައްޔަރު ކުރުމާއެކު، ތުރުކީގެ ސިޔާސީ މަޝްރަހު ހޫނުވެ، ޤައުމު ބޮޑު ހަމަ ނުޖެހުމެއްގެ ތެރެއަށް

އުރުދުޣާންގެ ވާދަވެރިޔާ ހައްޔަރު ކުރުމާއެކު، ތުރުކީގެ ސިޔާސީ މަޝްރަހު ހޫނުވެ، ޤައުމު ބޮޑު ހަމަ ނުޖެހުމެއްގެ ތެރެއަށް

24 މާރިޗު 2025
މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމާއެކު މުއިއްޒުގެ ސަރުކާރުން އެތައް ބައިނަލް އަގްވާމީ ގާނޫނަކާ ޚިލާފުވެއްޖެ

މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމާއެކު މުއިއްޒުގެ ސަރުކާރުން އެތައް ބައިނަލް އަގްވާމީ ގާނޫނަކާ ޚިލާފުވެއްޖެ

17 ޖެނުއަރީ 2025
ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމާއެކު ގާނޫނީ ބޮޑެތި ގޮންޖެހުންތަކެއްގެ ވިލާގަނޑެއް ބޯމަތިވަނީ

ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމާއެކު ގާނޫނީ ބޮޑެތި ގޮންޖެހުންތަކެއްގެ ވިލާގަނޑެއް ބޯމަތިވަނީ

13 ޑިސެމްބަރު 2024
ނިއު ނޯމަލްގެ ފުރަތަމަ ޖަލްސާ: މާސްކު އެޅުމާއި ގައިދުރުކަމާ އެކު އައު ތަޖުރިބާއެއް

ނިއު ނޯމަލްގެ ފުރަތަމަ ޖަލްސާ: މާސްކު އެޅުމާއި ގައިދުރުކަމާ އެކު އައު ތަޖުރިބާއެއް

26 މެއި 2020
އަލާމާތްތައް ނުފެންނަ ބަޔަކު އުޅެދާނެ، ހައްލަކީ އިޖުތިމާއީ ގައިދުރުކުރުން

އަލާމާތްތައް ނުފެންނަ ބަޔަކު އުޅެދާނެ، ހައްލަކީ އިޖުތިމާއީ ގައިދުރުކުރުން

18 އެޕްރީލު 2020

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު