Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޯޅަވަހީގެ މައްސަލަ

ރާއްޖެ-މޮރިޝަސް ބޯޑަރު ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަ އިޓްލޮސް އިން ބަލައިގެންފި

ދިވެހިރާއްޖެއިން މީގެ ކުރިން ދެކެމުން ދިޔައީ ޗާގޯސްގެ މައްސަލަ އަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2021 | ބުރާސްފަތި 18:24
ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އިޓްލޮސްގައި ބޭއްވި އަޑުއެހުމުގައި ރިޔާސަތު ބެލެހެއްޓެވި ބޭފުޅާ ވާހަކަ ދައްކަވަނީ

ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން އިޓްލޮސްގައި ބޭއްވި އަޑުއެހުމުގައި ރިޔާސަތު ބެލެހެއްޓެވި ބޭފުޅާ ވާހަކަ ދައްކަވަނީ

ރާއްޖެ މޮރިޝަސް ބޯޑަރު ކަނޑައަޅައިދިނުމަށް ހުށަހެޅި މައްސަލަ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ބަލައިގެންފިއެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން، ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ އަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ވަނީ ބާއްވާފައެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި ޢިޖުރާޢީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު، މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލަ އަކީ މަޢުޟޫޢީ ގޮތުން ބެލޭނެ މައްސަލައެއްކަން ޓްރައިބިއުނަލުން ވަނީ ކަނޑައަޅުއްވާފައެވެ.

އޭގެ ނަތީޖާއަކީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދާއި މޮރިޝަސްގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދިއުމެވެ.

މިގޮތުން، ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، އާންމު އުޞޫލެއްގެ ގޮތުން އެފަދައިން ފުށުއަރާ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނީ ހަމަހަމަ އުޞޫލަކުން ދެ ޤައުމަށް ލިބޭ ގޮތަށް އިކުއިޑިސްޓެންސްގެ އުޞޫލު ބޭނުންކޮށްގެންކަން ފާހަގަކުރެވެއެވެ.

ފޯޅަވަހި ނުވަތަ ޗާގޮސް އައިލެންޑްސްގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިންނާއި ދެމެދުވާ މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނަން ނޭދޭކަމަށް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފައެވެ.

މޮރިޝަސްއިން އިޓްލޮސްގައި ރާއްޖެ އާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދުގައިވާ އިޤްތިސާދީ ހާއްސަ ސަރަހައްދު ކަނޑައާޅައި ދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބް ވިދާޅުވީ ފޯޅަވަހި ނުވަތަ ޗާގޮސް އައިލެންޑްސްގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިންނާއި ދެމެދުވާ މައްސަލައެއް ކަމަށާއި، މި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަނުމަށް ނޭދޭ ކަމަށެވެ. ރާއްޖެއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ފުރިހަމައަށް އިހުތިރާމް ކުރާ ޤައުމެއްކަން ފާހަގަކުރައްވާ ބަންޑާރަ ނައިބް ވިދާޅުވީ ރާއްޖެއިން ވަންނަން ޖެހިފައިވަނީ، ރާއްޖެއިން ބޭނުން ނުވާ މައްސަލައެއްގެ ތެރެއަށް ކަމަށެވެ.

ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރެފައިވާ އެޑްވަައިޒަރީ އޮޕީނިއަން ތަންފީޒު ކުރުމާ ބެހޭ ގޮތުން އދ.ގެ އާއްމު މަޖިލީހުގައި 2019 ވަނަ އަހަރު ނެގި ވޯޓުގައި އެއްކޮޅަށް 116 ވޯޓް ދީފައިވާއިރު ދެކޮޅަށް ވޯޓް ދީފައި ވަނީ ހަ ގައުމަކުންނެވެ. ވަކި އަތަކަށް ވޯޓް ނުދީ 56 ގައުމު އޮތެވެ. ދެކޮޅަށް ވޯޓް ދީފައިވަނީ ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ހަންގޭރީ، އިސްރާއީލް، އަދި އެމެރިކާ އާއި އިނގިރޭސިވިލާތެވެ.

ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) 25 ފެބުރުއަރީ 2019 ގައި ނެރުނު އެޑްވައިޒަރީ އޮޕީނިއަން އޮތީ މި މައްސަލައިގައި ޗާގޯސް އައިލެންޑްގެ މިލްކުވެރިކަމާމެދު ދައުވާ ކުރާ މޮރިޝަސްއިން އެދޭ ގޮތަށެވެ.

އެ ކޯޓުގެ އޮޕީނިއަންގައިވާ ގޮތުން މޮރިޝަސްގެ މައްޗަށް އޮތް އިސްތިއުމާރީ ބާރު ނިމުމަކަށް ގެނެސްފައި ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަކަށް ނޫނެވެ. އޭގެ ސަބަބަކީ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނައިރު ޗާގޯސް މިނިވަންވެފައި ނުވާތީއެވެ. މި ސަބަބާއެކު އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ ދޫކޮށްލުމަށް އައިސީޖޭގެ ލަފާގައި ބުނެފައިވެއެވެ.

ދިވެހިރާއްޖެއިން މީގެ ކުރިން ދެކެމުން ދިޔައީ ޗާގޯސްގެ މައްސަލައަކީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި އޮތް މައްސަލައެއްގެ ގޮތުގައި ނަމަވެސް 2010 ވަނަ އަހަރު ދިވެހިރާއްޖެއިން ކޮމިޝަން އޮން ދި ލިމިޓްސް އޮފް ދި ކޮންޓިނެންޓަލް ޝެލްފަށް ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅުމުން މޮރިޝަސްއިން ވަނީ އެކަމަށް ދެކޮޅު ހަދައި އދގެ ސެކްރެޓެރީ ޖެނެރަލަށް ރަަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ.

މޮރިޝަސްއިން އިއުތިރާޒް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ހުށަހެޅުމުގައި ޗާގޯސްގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެއެވެ. އެއަށްފަހު އައްޑޫ ސިޓީއާއި ޗާގޯސްއާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަށް މޮރިޝަސް އިން ވަނީ ދިވެހިރާއްޖެއަށް ގޮވާލާފައެވެ. ރާއްޖެއިން ބުނެފައި ވަނީ އެ ވޯޓަކީ އިނގިރޭސި ވިލާތާއި ނުވަތަ އެމެރިކާއާ އެއްކޮޅަށް ދީފައިވާ ވޯޓެއް ނޫން ކަމަށެެވެ. އަދި މިއީ މޮރިޝަސްއާ ދެކޮޅަށް ދިން ވޯޓެއް ވެސް ނޫން ކަމަށެވެ.

މިއީ ރާއްޖޭގެ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަން ދިން ވޯޓެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު