Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓުތަކުގައި ކޭސްތައް ދަނީ އިތުރުވަމުން

ކޭސްތައް ފެނިފައިވާ ރިސޯޓުތަކުން ބަލި ކޮންޓްރޯލްކުރުމަށް ވަކިވަކިން ދަނީ ފިޔަވަޅުތައް އަޅަމުން!

21 ޖެނުއަރީ 2021 | ބުރާސްފަތި 07:29

އޮޅުވެލި ރިސޯޓުން ޖުމްލަ 78 ކޭސް މިހާތަނަށް ފެނިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖެނުއަރީ 2021 | ބުރާސްފަތި 07:29
އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓު، މިރިސޯޓުން ވެސް ގިނަ އަދަދެއްގެ ކޭސްތައް ފެނިފައިވޭ

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓު، މިރިސޯޓުން ވެސް ގިނަ އަދަދެއްގެ ކޭސްތައް ފެނިފައިވޭ

ކޮވިޑް-19ގެ ކޭސްތައް ފެނިފައިވާ ރިސޯޓުތަކުގައި ބަލި ކޮންޓްރޯލްކުރުމަށް އެރިސޯޓުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)ން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗް.އީ.އޯ.ސީ.ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑްގެ ކޭސްތައް ފެންނަމުންދާ ރިސޯޓުތައް ވަކިވަކިން މޮނިޓަރ ކުރަމުންދާ ކަމަށާއި، އައުޓް ބްރޭކް ކުރިއަށްދާ ގޮތަށް ބަލައި، ބަލި ކޮންޓްރޯލް ކުރުމަށް ވަކިވަކި ރިސޯޓުތަކަށް އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މި މަސައްކަތްތައް ކުރަމުންދަނީ ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.

Advertisement - newsAdvertisement

ރިސޯޓުތަކަށް އަލިއަޅުއްވާލައްވާ ޑރ.ނަޒްލާ ވިދާޅުވީ މިހާތަނަށް އޮޅުވެލި ރިސޯޓުން ޖުމްލަ 78 ކޭސް މިހާތަނަށް ފެނިފައިވާ ކަމަށާއި، ބުދަ ދުވަހު އެކަނި ވެސް އެރިސޯޓުން 14 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޮބްލޫ ސެލެކްޓް އެޓް ސަންގެލި ރިސޯޓުން 70 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ އިތުރުން 65 ކޮންޓެކްޓެއް އެރިސޯޓުގައި އެބަތިބި ކަމަށެވެ.

ކޭސްތައް ފެނިފައިވާ ރިސޯޓުތަކުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ އަނަންތަރާ ކިހަވަށް މޯލްޑިވްސް ވިލަރސް ރިސޯޓުން 6 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ އިރުވަލި ރިސޯޓުން ވެސް ފަސް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ގއ. ފަޅުމާފުށީގައި ހިންގާ ރެސިޑެންސް މޯލްޑިވްސްއިން ޖެނުއަރީ 17 ވަނަ ދުވަހު ބަލީގެ އަލާމަތްތައް ހުރި 7 މީހަކު ޓެސްޓުކޮށްފައި ޕޮޒިޓިވް ވުމާ ގުޅިގެން އެތަނުން ވެސް އިތުރު ސާމްޕަލްތައް ނަގައި ޓެސްޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 14 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީއަދާރަން ރަންނާޅިން ޖެނުއަރީ17 ވަނަ ދުވަހު އަލާމަތްތައް ހުރި ދެ މުއައްޒަފުންގެ ސާމްޕަލް ނެގުނު ކަމަށާއި، އޭގެތެރއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، މިހާރު ރިސޯޓުތަކުން ފެންނަ ކޭސްތައް ދަނީ އިތުރުވަމުންނެއެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރިސޯޓުތަކުން 35 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ގިނައިން ޕޮޒިޓިވްވަނީ އެރިސޯޓުތަކުގައި މަސައްކަތް ކުރާ މުއައްޒަފުންނެވެ. ރިސޯޓުތަކުން ގިނަ ކޭސްތައް ފެންނަމުންދާތީ އެޗް.އީ.އޯ.ސީ.ން ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.

އެޗް.އީ.އޯ.ސީ.ން ބުނެފައިވަނީ ބަލީގެ އަލާމަތްތައް ހުންނަ މީހުން ތިބި ނަމަވެސް ބައެއް ރިސޯޓުތަކުގައި ޓެސްޓުނުކުރާ ކަމަށެވެ. މާލެއިން ބައެއް ރިސޯޓުތަކަށް މަސައްކަތް ކުރުމަށްދާ މުވައްޒަފުން ކަރަންޓީން ވާން ޖެހޭއިރު، ކަރަންޓީންގެ މުއްދަތު ހަމަނުކޮށް ވަޒީފާއަށް ނުކުންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ރިސޯޓުތަކުގައި މުވައްޒަފުން އުޅޭ ސަރަހައްދުގައި މާސްކް އެޅުމާއި، ސޯޝަލް ޑިސްޓެންސްއަށް ނުބަލައި ވަރަށް ބޮޑަށް ފަރުވާކުޑަކުރަމުންދާ ކަމަށް އެޗް.އީ.އޯ.ސީ.ން ބުނެއެވެ.

ކުޑަކުޑަ ކަމަކަށް ފަރުވާ ކުޑަކުރެވުނު ކަމުގައިވީ ނަމަވެސް ބަލި ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށާއި، ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗް.އީ.އޯ.ސީ.ން އިލްތިމާސްކޮށްފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު، ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވައިލީ 15 ޖުލައި 2020 ގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
13 މާރިޗު 2017

ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ

13 މާރިޗު 2017
ބަލި މީހުން ކައިރިއަށް ކުޑަކުދިން ނުގެންދިއުމަށް އައިޖީއެމްޗުން އެދިއްޖެ
12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
15 ފެބުރުއަރީ 2017

އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް

15 ފެބުރުއަރީ 2017
އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް