Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓުތަކުން މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުން

ކަރަންޓީނު ނިމުމުން ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ އެއްވެސް މުވައްޒަފަކު ނެރެގެން ނުވާނެ- ރައްޒާން

18 ޖެނުއަރީ 2021 | ހޯމަ 00:04

ވިދާޅުވީ ކޭސްއެއް ފެންނަ ހިސާބުން ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ވަގުތުން ފަށާ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ޖެނުއަރީ 2021 | ހޯމަ 00:04
ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އަލީ ރައްޒާން

ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އަލީ ރައްޒާން

ރިސޯޓުތަކަށް އެނބުރި މަސައްކަތަށް ދާ މުވައްޒަފުން 10 ދުވަހުގެ މެންޑޭޓަރީ ކަރަންޓީނު އެއްވެސް އިތުރު ފަރާތަކާ ކޮންޓެކްޓު ނުވެ ފުރިހަމަކޮށް، ޓެސްޓުކޮށް ނެގެޓިވް ނަތީޖާ އަކާއެކު ނޫނީ މަސައްކަތުގެ މާހައުލަށް، ނެރެގެން ނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އަލީ ރައްޒާން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ރައްޒާން ވިދާޅުވީ ރާއްޖެ އަންނަ ފަތުވެރިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ވަރަށް ދަށް އަދަދެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އައު އަހަރު ފެށިގެން މިހާރު މި އައި ދުވަސްކޮޅުގެ ތެރޭގައި، ޓޫރިސްޓު ޕްރޮޕަޓީތަކުން ފެންނަ ކޭސްތަކުގެ އަދަދު ގިނަވެފައި ވާކަން ރައްޒާން ފާހަގަ ކުރެއްވިއެވެ.

ރައްޒާން ވިދާޅުވީ މިހާރު މި ފެންނަ ގިނަ ކޭސްތަކަކީ، ކުރިން ފަތުރުވެރިންގެ ތެރެއިން ފެނުނު ކޭސްތަކާ ހިލާފަށް މުވައްޒަފުންގެ ތެރެއިން ފެންނަ ކޭސްތަކެއް ކަމަށާއި ގިނަ ރިސޯޓުތަކަކުން އެއްފަހަރާ ނުފެނުނު ކަމުގައި ވީނަމަވެސް އެއް ރިސޯޓުން ޕޮޒިޓިވް ކޭސްތައް ފެންނަ އަދަދު އިތުރުވެގެން ދާކަމަށެވެ.

އެގޮތުން މުވައްޒަފަކު ޕޮޒިޓިވް ވެގެން ބަލާއިރު ކޮންޓެކްޓްސްގެ އަދަދު ވަރަށް ބޮޑު ކަމަށް ރައްޒާން ވިދާޅުވިއެވެ. ރައްޒާން އިތުރަށް ވިދާޅުވީ ކޭސްއެއް ފެންނަ ހިސާބުން އެޗްޕީއޭގެ ޓީމުތަކާއި އަދި ރިސޯޓުގެ މެޑިކަލް ޓިމުތަކާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ވަގުތުން ފަށާކަމަށެވެ. އަދި ކޮންޓެކްޓުންނާއި ޕޮޒިޓިވްވާ މީހުން ކަރަންޓީނުކޮށް، ކޮންޓެކްޓުވާ މީހުން ވެސް ވަގުތުން ޓެސްޓު ކުރާ ކަމަށް ރައްޒާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްވަކަމުން ރައްޒާން ވިދާޅުވީ ރަށެއްގެ ކޭސްތަކުގެ ނިސްބަތް ބޮޑުވެއްޖެނަމަ އަދި އެ ރިސޯޓަކީ އެންމެ ރައްކާތެރިކޮށް ޚިދުމަތް ދެވިދާނެ ތަނެއް ކަމަށް ނުފެންނަ ހާލަތައް އެ ރަށެއް ގޮސްފިނަމަ އެ ރަށަށް އަރާ ފޭބުން ހުއްޓުވާ ކަމަށެވެ.

އަދި އެ ރަށަކަށް އަލަށް އައުމަށް ބުކިންގ ހައްދާފައިވާ ފަތުރުވެރިން އެހެން ތަންތަނަށް ޑައިވަރޓްކުރުމާއި އެފަދަ އެހެން އުނދަގޫ އެތައް މަސައްކަތެއް ކުރަން ޖެހޭ ކަމަށް ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ މީގެ ކުރިން މުވައްޒަފުންގެ ފަރާތުން މިހާރު ފެންނަމުންދާ އަދަދަށް ޕޮޒިޓިވް ކޭސްތައް ނުފެނުނީ އޭރު ރަނގަޅަށް ކަންކަން ކޮށް އިރުޝާދުތަކަށް އަމަލު ކުރަމުން ދިއުމުން ކަމަށެވެ.

ގައިޑްލައިންތަކަށް ރަނގަޅަށް އަމަލު ކުރުމަށް އިލްތިމާސް ކުރަމުން ރައްޒާން ވިދާޅުވީ ކޮންމެ ދުވަހަކުވެސް އަލާމާތްތައް ހުރިތޯ ބެލުމަށް ޓެމްޕަރޭޗަރ ބެލުމާއި، ރިސޯތުގެ މެޑިކަލް ފެސިލިޓީތަކުން ރެންޑަމްކޮށް މުވައްޒަފުންގެެ އަލާމާތެއް ހުރިތޯ ބެލުމާ، ކިތަންމެ ކުޑަ ނަމަވެސް އަލާމާތެއް ފެނިއްޖެެ ނަމަ ވަގުތު ޓެސްޓު ކުރުމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
27 ފެބުރުއަރީ 2017

އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

27 ފެބުރުއަރީ 2017
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި
24 ފެބުރުއަރީ 2017

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް