Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެއްވަދޫއިން ކޮވިޑް-19ގެ ކޭސްތައް ފެނުން

ދެއްވަދޫ ކްލަސްޓަރ: ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުން!

17 ޖެނުއަރީ 2021 | އާދީއްތަ 04:42

400 އާ ގާތްކުރާ އަދަދަކަށް ސާމްޕަލް ނަގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖެނުއަރީ 2021 | އާދީއްތަ 04:42
ގއ.ދެއްވަދޫގެ މަގެއް، އެރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި

ގއ.ދެއްވަދޫގެ މަގެއް، އެރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި

ގއ. ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން ޕޮޒިޓިވްވި 55 މީހުންގެ ތެރެއިން ގިނައީ އުމުރުން ދުވަސްވީ މީހުން ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް ފެނުމާ ގުޅިގެން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުން ވެސް ވަރަށް ރަނގަޅަށް އަމަލު ކުރަމުންދާ ކަމަށާއި، ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބޭ ކަމަށެވެ.

Advertisement - newsAdvertisement

ތައުފީގު ވިދާޅުވީ ރަށުން 55 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، 400 އާ ގާތްކުރާ އަދަދަކަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ. ހޮނިހިރު ދުވަހު ނަތީޖާ ލިބުނު ހުރިހާ ސާމްޕަލެއް ނެގެޓިވް ކަމަށާއި، ނަތީޖާ ނުލިބި ވެސް ގިނަ ސާމްޕަލްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ މިހާރު ނަތީޖާ ނުލިބި ހުރި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.

މީގެ އިތުރުން ތައުފީގު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ޒުވާނުންނާއި، ކުޑަ ކުދިންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަށުގެ އާންމު ހާލަތު ރަނގަޅުކަން ފާހަގަކުރައްވައި ތައުފީގު ވިދާޅުވީ ފެނާއި، ކާބޯތަކެތި، ބޭސް އަދިވެސް އެހެނިހެން ބޭނުންތަކަށް ބޭނުންވާ އާލަތްތައް އެބަހުރި ކަމަށެވެ. ވަރަށް ގިނަ ފަރާތްތަކަށް އަތޮޅުތެރޭގެ އެހެން ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބެމުންދާ ކަމަށް ތައުފީގު ވިދާޅުވިއެވެ. އަދި ވިދާޅުވީ އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ގާތްގަނޑަކަށް 1380 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނިފައިވަނީ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް