Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެވަނަ ޓަރމުގެ ކިޔެވުން ފެށުން

ދެވަނަ ޓަރމުގައި ކިޔެވުމުގެ އައު ފުރުސަތުތަކަށް އެދި ދަރިވަރުންނަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ

10 ޖެނުއަރީ 2021 | އާދީއްތަ 04:05

ދަރިވަރުން، މުދައްރިސުން އަދި ބެލެނިވެރިންނަށްވެސް ކާމިޔާބަށް އެދިލައްވާކަމަށް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ޖެނުއަރީ 2021 | އާދީއްތަ 04:05
ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށްޓަކައި އިސްކަންދަރު ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބުލީ

ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށްޓަކައި އިސްކަންދަރު ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބުލީ

ދެވަނަ ޓަރމުގައި ކިޔެވުމުގެ އައު ފުރުސަތުތައް ލިބުމަށް އެދޭކަމަށް ވިދާޅުވެ، މި ޓަރމުގެ ކިޔެވުން ފެށުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެ އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ދަރިވަރުން، މުދައްރިސުން އަދި ބެލެނިވެރިންނަށްވެސް ކާމިޔާބަށް އެދިލައްވާކަމަށެވެ.

Advertisement - newsAdvertisement

އަދި ކޮވިޑް-19ގެ ސަބަބުން ގިނަ ދުވަސްތަކެއް ސްކޫލުތަށް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމާއެކު ސްކޫލުގެ މާހައުލުގައި ދަރިވަރުން އެއް ކުއްޖަކު އަނެއްކުއްޖަކާއި ބައްދަލުވެ ރަހުމަތްތެރިކަން ގާއިމް ކޮށް އެކުވެރިންނާއި ބައްދަލުވެގެން ދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ނިއު ނޯމަލްއާއި އެކު ސްކޫލުތަކުގެ ކިޔެވުން ބޭބީނާސަރީ އިން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ފެށިފައިވާއިރު މިފަހަރު ޓައިމްޓޭބަލް އިންނާނީ ހަފްތާއަކު އެއްގޮތަކަށް ނޫން ކަމަށް ސްކޫލްތަކުން ވަނީ މީގެ ކުރިން ބުނެފައެވެ.

އަދި ސްކޫލުތަކުގެ ކިޔެވުން އަލުން ފެށުމާއެކު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުތަކުގައި ދަރިވަރުން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މާސްކުއެޅުމާއި، ހުން ޗެކްކުރުމުގެ އިތުރުން އިޖުތިމާއީ ގައިދުރުކަމަށް މިއަހަރުވެސް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ސްކޫލްތައް ބަންދުކުރަން ޖެހުމާ ގުޅިގެން އާދިއްތަ ދުވަހު ފަށާފައިވަނީ 2020 ވަނަ އަހަރު ފެށި ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުމެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާދިއްތަ ދުވަހުން ފެށިގެން ބޭބީ ނާސަރީއާއި ގްރޭޑް 12 އާ ދެމެދުގެ ހުރިހާ ގްރޭޑަކަށް ވެސް ރަސްމީކޮށް ކިޔެވުން ފަށާނެ ކަމަށެވެ.

ސްކޫލްތައް އަލުން ހުޅުވާފައިވާއިރު ސްކޫލްތަކުގައި އަމަލުކުރަން ޖެހެނީ ނިއު ނޯމަލްގައި އަމަލުކުރަން އަންގާފައިވާ ހާއްސަ އުސޫލެއްގެ ދަށުންނެވެ. އެގޮތުން ޕްރީ ސްކޫލް ދަރިވަރުން ސްކޫލަށް ނެރޭ އިރު އެ ދަރިވަރުންނަށް ކިޔަވައިދޭން ޖެހެނީ ފަސް ދުވަހު ދުވާލަކު ދެ ގަޑިއިރަށް ވުރެ މަދު ނުވާނެ ގޮތަށެވެ. އޭގެ ތެރެއިން އެއް ގަޑި އިރު ވަންދެން ކުދިންނަށް ގައި ދުރުކަމާއި އަތް ދޮޮވުން ފަދަ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތައް ކިޔައިދޭން ޖެހެއެވެ.

ޕްރައިމަރީ ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީގެ ދަރިވަރުންނަށް ކިޔަވައިދޭން ޖެހެނީ 5 ގަޑިއިރަށެވެ. ސްކޫލުގައި ކުދިން ތިބޭ ނިސްބަތަށް ބަލާފައި ކިޔެވުމުގެ ދަންފަޅި އޮންނަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ހަފްތާ އަކު ފަސް ދުވަހު ދެ ސެޝަން އަކަށް ބަހާލައިގެން ކިޔަވައި ދިނުމާއި ދެ ދުވަހުން އެއް ދުވަހު ކުދިން ސްކޫލަށް ގެންދިއުމެވެ. އެގޮތަށް އަމަލުކުރާ ނަމަ ކުދިންނަށް އޮންލައިން ކްލާސްތައް ވެސް ނަގައިދޭން ޖެހެއެވެ.

މިދިޔަ މާޗް މަހު ރަސްމީކޮށް ސްކޫލްތައް ބަންދުކޮށްފައިވާއިރު އޭގެ ފަހުން ދަރިވަރުންނަށް ކިޔަވައިދީފައި ވަނީ ޓެލެ ކްލާހާއި އޮންލައިން ކްލާސްތައް މެދުވެރިިކޮށެވެ. ފަހުން ގްރޭޑް 8 އާއި 12 އާ ދެމެދުގެ ދަރިިވަރުން ސްކޫލް އަށް ނެރެ ކިޔަވައިދީފައި ވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް