Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތަމްރީންތަކަށް ދޫކޮށްފައިވާ މުވައްޒަފުން

ތަމްރީނުތަކަށް ޕޭލީވް އަދި ނޯޕޭލީވް ދީފައިވާ މުވައްޒަފުންގެ ތެރެއިން، ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުން އަނބުރާ ވަޒީފާއަށް ނެރެނީ

8 ޖެނުއަރީ 2021 | ހުކުރު 07:04

މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނުކުރުމަށް ޚަރަދުކުރެވުނު ފައިސާ އަނބުރާ ހޯދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖެނުއަރީ 2021 | ހުކުރު 07:04
ސަރުކާރުގެ އެންމެ ގިނަ މިނިސްޓްރީތައް ހިންގަމުންދާ ވެލާނާގެ

ސަރުކާރުގެ އެންމެ ގިނަ މިނިސްޓްރީތައް ހިންގަމުންދާ ވެލާނާގެ

ތަމްރީނުތަކަށް ޕޭލީވް އަދި ނޯޕޭލީވް ދީފައިވާ މުވައްޒަފުންގެ ތެރެއިން، ތަމްރީނުތަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުން އަނބުރާ ވަޒީފާއަށް ނެރުމަށް ނިންމައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ތަމްރީނުތަކަށް ވީއްލާ މުވައްޒަފުންގެ ތެރެއިން، އެ ތަމްރީނަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުންނާ ގުޅޭގޮތުން ވަކި ގޮތަކަށް އަމަލުކުރަމުން ގެންދިއުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސީއެސްސީން ބުނީ ވަޒީފާގެ ވާޖިބުތައް އަދާކުރުމަށް ފުރިހަމަކުރަންޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފު ފާސްނުވެއްޖެ ނަމަ، ނުވަތަ އެ ތަމްރީނެއް ނުވަތަ ކޯހެއް ފުރިހަމަނުކޮށްފި ނަމަ، ގާނޫނާއި ގަވާއިދާ އެއްގޮތަށް އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށާއި، މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނުކުރުމަށް ޚަރަދުކުރެވުނު ފައިސާ އަނބުރާ ހޯދާނެ ކަމަށެވެ.

ސީއެސްސީން ބުނީ ވަޒީފާގެ ވާޖިބުތަކާ ގުޅުމެއްނެތް ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ އަދި ކޯސް ފުރިހަމަނުކުރާ މުވައްޒަފުން ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ މުވައްޒަފުން، ކުރިން އަދާކުރަމުންދިޔަ މަގާމަށް ރުޖޫއަކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ސީއެސްސީން ބުނީ މަތީ މަގާމެއް ރިޒާވްކޮށްގެން ތަމްރީނުތަކަށް ދޫކުރާ މުވައްޒަފުން، ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ނުކުރާ ނަމަ، ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނަމަ، އެ މުވައްޒަފު ވީއްލި އިރު ހުރި މަގާމަށް ވަޒީފާ ހަމަޖެއްސުމަށާއި، އަދި އެ މަގާމަށް މީހަކު އައްޔަންކޮށްފައިވާ ނަމަ، އެ މަގާމާ އެއް ރޭންކެއްގެ މަގާމަކަށް ވަޒީފާ ހަމަޖެއްސާނެ ކަމަށެވެ.

އެ މުވައްޒަފަކަށް އިދާރާތަކުން ކޮށްފައިވާ ފައިސާގެ ޚަރަދު އަނބުރާ އިދާރާތަކަށް ހޯދުމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތްތަކަށް އަލިއަޅުވާލައި ސީއެސްސީން ބުނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުވަތަ މުސާރައާއި ސަރވިސް އެލަވަންސް ލިބޭގޮތަށް ތަމްރީނަކަށް ނުވަތަ ކޯހަކަށް ފޮނުވާފައިވާ މުވައްޒަފެއް ނަމަ، އެ ތަމްރީނަކަށް ނުވަތަ ކޯހަކަށް ޚަރަދުކުރެވުނު ފައިސާގެ ބަދަލުގައި، ފައިސާ ޚަރަދުކުރި މުއްދަތަށް ރިއާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްއަށް ޚިދުމަތްކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، އެ މުއްދަތަށް ޚިދުމަތްކުރާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.

ސީއެސްސީން ބުނީ ފައިސާގެ އިތުރުން، ތަމްރީނަކާ ނުވަތަ ކޯހަކާ ގުޅިގެން ކޮށްފައިވާ އިތުރު ޚަރަދުތަކަށްވާ ފައިސާ އެ މުވައްޒަފެއްގެ ފަރާތުން އަނބުރާ ހޯދާނެ ކަމަށެވެ. އެ ގޮތުން އެ ފައިސާ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ މަހުން މަހަށް މުސާރައިން އުނިކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، ފައިސާ ހޯދާނެ ކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2017

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި 234 މިލިއަން ރުފިޔާ

15 ނޮވެމްބަރު 2017
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބަޖެޓުގައި 234 މިލިއަން ރުފިޔާ
16 އޮކްޓޯބަރު 2017

ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނަމުން މުވައްޒަފުންގެ މުސާރަ އިތުރުވާނެ: އެސްޓީއޯ

16 އޮކްޓޯބަރު 2017
ކުންފުނީގެ މުސާރައިގެ  އޮނިގަނޑަށް ބަދަލު ގެނަމުން މުވައްޒަފުންގެ މުސާރަ އިތުރުވާނެ: އެސްޓީއޯ
11 އޮކްޓޯބަރު 2017

އެސްޓީއޯގެ މުސާރައިގެ އޮނިގަނޑާއި މުވައްޒަފުންގެ އަދަދު މުރާޖައާކޮށް ބަދަލު ގެންނަނީ

11 އޮކްޓޯބަރު 2017
އެސްޓީއޯގެ މުސާރައިގެ އޮނިގަނޑާއި މުވައްޒަފުންގެ އަދަދު މުރާޖައާކޮށް ބަދަލު ގެންނަނީ
05 އޮކްޓޯބަރު 2017

އެމްޕީއެލް މުވައްޒަފުންގެ މެދުގައި ޑިގު މުބާރާތެއް ބާއްވަނީ!

05 އޮކްޓޯބަރު 2017
އެމްޕީއެލް މުވައްޒަފުންގެ މެދުގައި ޑިގު މުބާރާތެއް ބާއްވަނީ!
25 ސެޕްޓެމްބަރު 2017

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްފި

25 ސެޕްޓެމްބަރު 2017
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްފި
10 ސެޕްޓެމްބަރު 2017

ރާއްޖެޓީވީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ މުސްލިމުންނަށް

10 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ރޮހިންޖާ މުސްލިމުންނަށް
24 މެއި 2017

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

24 މެއި 2017
ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި
17 މާރިޗު 2017

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް