Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިއުޕޯޓްވިއު ދައުލަތަށް ނެގުމުގެ މައްސަލަ

ހައިކޯޓުން ނިއުޕޯރޓް މައްސަލަ ތާވަލުކުރީ ރައީސަށް ކުރި މެސެޖާ ގުޅިގެންނެއް ނޫން، ކަން ވީ މިހެން

ދެން އޮންނާނީ މި މައްސަލައިގެ ގޮތެއް ނިންމުމަށް ބޭއްވޭ އަޑުއެހުމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2021 | އާދީއްތަ 14:19
ނިއުޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒުގެ އަނބިކަނބަލުން، ޒާހިދު ވަނީ ރައީސް ސޯލިޙަށް މެސެޖު ކުރައްވާފައި

ނިއުޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒުގެ އަނބިކަނބަލުން، ޒާހިދު ވަނީ ރައީސް ސޯލިޙަށް މެސެޖު ކުރައްވާފައި

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ސްޓްރާޑާ ކުންފުނިން ހުޅުވާފައިވާ ނިއުޕޯރޓް ވިއު ސަރުކާރާ ހަވާލުކޮށް 1.1 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ހައިކޯޓުގައި ތާވަލުކުރީ މައްސަލަ ހުށައެޅި ފަރާތުން ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙަށް މެސެޖު ކުރުމުން ނޫންކަން ހާމަވެއްޖެއެވެ.

ނިއުޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒުގެ އަނބިކަނބަލުން މަލަކާ އަބްދުލް ޙަކީމެވެ. މި މައްސަލަ ކުރިއަށް ނުދާތީއާއި، ޙައްޤުތަކަށް ދައުލަތުން އަރައިގަންނަމުންދާ ކަމަށް ބުނެ، ޒާހިދު ރަމީޒު ވަނީ ރައީސް ސޯލިޙަށް މެސެޖެއް ކޮށް، އެ މެސެޖު ޓްވިޓަރ ގައި ހިއްސާ ކޮށްފައެވެ. އެ މެސެޖުގައި ޒާހިދު ވަނީ ރައީސް ސޯލިޙު ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ގެންދަވާކަމަށް ތުހުމަތު ކޮށްފައެވެ.

Advertisement - newsAdvertisement

މި މައްސަލަ އާދިއްތަ ދުވަހު ހައިކޯޓުގައި ތާވަލު ކުރުމާއެކު، ގިނަ ބަޔަކު ދަނީ މި މައްސަލަ ތާވަލު ކޮށްފައިވަނީ ރައީސް ސޯލިޙަށް ކުރި މެސެޖުގެ ސަބަބުންކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް، މި އަޑުއެހުމަކީ މާ ކުރިން ތާވަލުކޮށް، މައްސަލަ ހުށައެޅި ފަރާތާއި، ދައުލަތަށްވެސް އެކަމުގެ ޗިޓް ފޮނުވާފައިވާ މައްސަލައެއްކަން މިވަނީ ހާމަވެފައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ ޝުއައިބް ޙުސައިން ޒަކަރިއްޔާ ވަނީ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، އެ ދުވަހުގެ އަޑުއެހުމުގައި ދެ ފަރާތުންވެސް ތަފްސީލީ ގޮތެއްގައި މައްސަލައާ ގުޅިގެން ވާހަކަ ދައްކާފައިވާ ކަމަށެވެ.

މި މައްސަލައިގައި އޭގެ ކުރިންވެސް އަޑުއެހުންތަކެއް ބޭއްވުމަށް ތާވަލު ކުރެވުނެވެ. އެހެން ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އޭޕްރީލް މަހު ތާވަލުކުރި 2 އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައެވެ. އެއަށްފަހު ސްޓްރާޑާއިންވެސް މި މައްސަލައިގައި ކޯޓުން ބޭރުން ޙައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ދެފަހަރެއްގެ މަތިން އަންގާފައިވެއެވެ. އަދި ޖެހިގެން އައި އޯގަސްޓު މަހުގެ 23 ވަނަ ދުވަހުވެސް އަޑުއެހުމެއް ހައިކޯޓުން ތާވަލު ކުރިއެވެެ. އެހެންނަމަވެސް، އެފަހަރުގެ އަޑުއެހުންވެސް ކެންސަލް ކޮށްފައިވަނީ ކުންފުނިން އެދިގެންކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

މި މައްސަލައިގައި ކޯޓުން ބޭރުން ޙައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަން ބަޔާން ކުރުމަށްފަހުވެސް، ކޯޓަށް މައްސަލައިގެ ތަފްސީލެއް ނުލިބުމުން ނިމިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ކޯޓުން ވަނީ މައްސަލަ ތާވަލުކޮށް، ޗިޓު ފޮނުވާފައެވެ. އަދި ޖެހިގެން އައި ދުވަހު ކުންފުނިންވެސް ޗިޓު ޤަބޫލު ކޮށްފައިވާއިރު، އާދިއްތަ ދުވަހުގެ އަޑުއެހުމަކީ މާކުރިންވެސް ތާވަލުކޮށް، ދެ ޚަސްމުންނަށް އަންގައިގެން ބޭއްވިފައިވާ އަޑުއެހުމެއްކަން މިވަނީ ސާފު ވެފައެވެ. އެހެން ނަމަވެސް، ޒާހިދު ރައީސް ސޯލިޙަށް މެސެޖު ކުރިތާ 24 ގަޑިއިރު ނުވަނީސް ހައިކޯޓުގައި މައްސަލަ ތާވަލު ކުރިކަމަށް ބުނެ، ބައެއް އޮންލައިން ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ދެ ފަރާތުންވެސް ފާހަގަކުރަން ހުރި ކަންކަން ފާހަގަ ކުރުމަށް ޝަރީއަތުން ވަނީ ފުރުސަތު ދީފައެވެ. އަދި މި މައްސަލައިގައި ސާފު ކުރަންޖެހޭ އިތުރު ކަމެއް ނެތްނަމަ، ދެން އޮންނާނީ މި މައްސަލައިގެ ގޮތެއް ނިންމުމަށް ބޭއްވޭ އަޑުއެހުމެއްކަން މައްސަލަ ބައްލަވާ ގާޒީ ފާހަގަ ކުރެއްވިއެވެ.

ބްރިޖް ވިއު ޕްލެޓްފޯރމް ސަރަހައްދުގައި ސްޓްރާޑާ ކުންފުނިން ހުޅުވާފައިވާ ނިއުޕޯރޓް ވިއު ސަރުކާރާ ހަވާލުކޮށް 1.1 މިލިއަން ރުފިޔާ ހަވާލު ކުރަން ސިވިލް ކޯޓުން ޙުކުމް ކުރީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު