Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިންގެ އެއްބައިވަންތަކަން

ދިވެހިންގެ މުސްތަގުބަލު އުޖާލާ ކުރުމަށް އަބަދުމެ ހޭލާ ސަމާލުވެ ތިބެންޖެހޭ: މިނިސްޓަރު އިމްރާން

27 ޑިސެމްބަރު 2020 | އާދީއްތަ 08:46

ދިވެހިން ބައިބައިވެ ނަފްތަރު އުފެދިދާނެ ހުރިހާ ސިފަތަކުން ދުރުވާން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޑިސެމްބަރު 2020 | އާދީއްތަ 08:46
ދިވެހިންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ

ދިވެހިންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ

ދިވެހިންގެ މުސްތަގުބަލު އުޖާލާ ކުރުމަށް އަބަދުމެ ހޭލާ ސަމާލުވެ ތިބެންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިންގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ހޮނިހިރު ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބޭއްްވި ޚާއްސަ ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަން ރޫޅާލަން ނުވަތަ ދިވެހިން ބައިބައިވެ ނަފްތަރު އުފެދިދާނެ ހުރިހާ ސިފަތަކުން ދުރުވެ ހުރިހާ ހާލަތެއްގައިމެ ވިސްނާ ފިކުރުކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ދިވެހިންނަކީ އެއްބައިވަންތަ ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހިންނާއި ކުރިމަތިވާ އެންމެހައި ނުރައްކާތެރި ހާދިސާތަކާއި، ހިތްދަތިކަމާއި ދަތިކަމުން އަރައިގަނެވެނީ ދިވެހިންގެ ކިބައިގައިވާ މަތިވެރި ސިފަތަކުގެ ސަބަބުން ކަމަށެވެ. ދިވެހިންގެ ތެރޭގައިވާ އަޅާލުމާއި އެހީތެރިކަމުގެ ދީލަތި ސިފަތަކާއި، ވެރިންނަށް އަދާކުރި ކިޔަމަންތެރިކަމާއި ދެއްކި އިހުތިރާމަކީ ދިވެހިނަށް ކުރިމަތިވާ އެންމެހައި ބޮޑެތި ކާރިސާތަކުން އަރައިގަނެވޭ ސަބަބު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ދިވެހިންގެ ތެރޭގައިވާ އެއްބަވަންތަކަމުގެ ގުޅުމަށް މިހާރު ގިނަ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މުޖުތަމައުގައި އުފެދިގެން އަންނަ ބައެއް ކަހަލަ ސިޔާސީ ނުތަނަވަސްކަމާއި ދީނީ ގޮތުން އުފެދިގެންދާ ތަފާތު ހިޔާލުތަކާއި ފިކުރުތަކަކީ އެއްބައިވަންތަ ކަމަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ. އަދި މިފަދަ އެންމެހާއި ކަންކަމުން ދުރެވެ އަރައިގަތުމަށް ހުރިހާ ރައްޔިތުން އެކަމުގައި މަސައްކަތް ކުރުމަށް މިނިސްޓަރު އިމްރާން ގޮވާލެއްވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ދިވެހިންގެ ހިތްތަކަކީ ހުޅުވިގެންވާ ސާފު ހިތްތަކެއް ކަމަށާއި، ދިވެހިންގެ އަތްތަކަކީ ދީލަތިކަމާއި އެހީތެރިކަމާއި މޫރިތިކަން ޖަރީވެގެންވާ އަތްތަކެއް ކަމަށެވެ. އަދި ދިވެހިންނަކީ އަޅާލުމާއި އޯގާވެރިކަމާއި ކުލުނާއި ހަމްދަރުދީވުމުގެ ފުރިހަމަ މިސާލެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޮޑުކަމެއް ޖެހިގެންވާ މީހާ ގިލަންވެރިކަން ފިލުވުމަށާއި، ޒިޔާރަތް ކުރާ މެހެމާނުންނަށް ހެޔޮކޮށް ހިތުމަށް ސަފަރުވެރިންނަށް ހޭހަން ކުރުމަކީ ދިވެހިންގެ ކިބައިގައި ހަރުލާފައިވާ ރީތި އާދަތަކެއް ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް މިރީތި އާދަތައް ދެމެހެއްޓުމަށްޓަކައި ޚާއްސަ ގޮތެއްގައި ސްކޫލުތަކާއި، ޔުނިވަރިސިޓީތަކުން މަސައްކަތްތައް ކޮށްދިނުމަށް މިނިސްޓަރު އިމްރާން ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2018

ދިވެހިންގެ ސަގާފަތާއި ގަބޫލުކުރުންތަކަށް އިންޑިއާ ރައްޔިތުން އިހްތިރާމް ކުރަން އެދެފި

26 ޖެނުއަރީ 2018
ދިވެހިންގެ ސަގާފަތާއި ގަބޫލުކުރުންތަކަށް އިންޑިއާ ރައްޔިތުން އިހްތިރާމް ކުރަން އެދެފި
25 ޖެނުއަރީ 2018

އުޖާލާ މަންޒަރުތައް އެބަ ފެނޭ، ބަޔަކު ބޭނުންހާ ކަމެއް ކުރަން ފުރުސަތު ނުދޭނެކަން މިއަދު ހާމަވެއްޖެ: ފާރިސް

25 ޖެނުއަރީ 2018
އުޖާލާ މަންޒަރުތައް އެބަ ފެނޭ، ބަޔަކު ބޭނުންހާ ކަމެއް ކުރަން ފުރުސަތު ނުދޭނެކަން މިއަދު ހާމަވެއްޖެ: ފާރިސް
09 ޖެނުއަރީ 2018

އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭނީ ހުވަފެނުން.ރައްޔިތުންތިބީ ހޭލާ:ޢަބްދުﷲ އަހުމަދު

09 ޖެނުއަރީ 2018
އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭނީ ހުވަފެނުން.ރައްޔިތުންތިބީ ހޭލާ:ޢަބްދުﷲ އަހުމަދު
22 ޑިސެމްބަރު 2017

ދިވެހިރާއްޖެ އަށް ބާތިލް އަގީދާތައް ގެނައުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އެބަ މަސައްކަތް ކުރޭ: އުއްތަމަ ފަނޑިޔާރު

22 ޑިސެމްބަރު 2017
ދިވެހިރާއްޖެ އަށް ބާތިލް އަގީދާތައް ގެނައުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އެބަ މަސައްކަތް ކުރޭ: އުއްތަމަ ފަނޑިޔާރު
03 ނޮވެމްބަރު 2017

ގައުމަށް ޣައްދާރުވާ މީހުން މިއަދުވެސް ދިވެހިންގެ ތެރޭގައި އެބަތިބި: ރައީސް ޔާމީން

03 ނޮވެމްބަރު 2017
ގައުމަށް ޣައްދާރުވާ މީހުން މިއަދުވެސް ދިވެހިންގެ ތެރޭގައި އެބަތިބި: ރައީސް ޔާމީން
23 ސެޕްޓެމްބަރު 2017

އދ ގައި ރާއްޖެއިން، ދިވެހިންގެ އިންސާނީ ޙައްޤުތަކުގެ ވާހަކައެއް ނުދެއްކި!

23 ސެޕްޓެމްބަރު 2017
އދ ގައި ރާއްޖެއިން، ދިވެހިންގެ އިންސާނީ ޙައްޤުތަކުގެ ވާހަކައެއް ނުދެއްކި!
23 ސެޕްޓެމްބަރު 2017

ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ހައްޔަރުކުރި ތިން ދިވެހިންގެ ބަންދަށް 15 ދުވަސް ޖަހައިފި

23 ސެޕްޓެމްބަރު 2017
ސީރިއާ ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ހައްޔަރުކުރި ތިން ދިވެހިންގެ ބަންދަށް 15 ދުވަސް ޖަހައިފި
09 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް
07 ސެޕްޓެމްބަރު 2017

އަމީތާބު ދިވެހިންގެ އަޑު އައްސަވައިފި، ޝުކުރިއްޔާ: މަހުލޫފް

07 ސެޕްޓެމްބަރު 2017
އަމީތާބު ދިވެހިންގެ އަޑު އައްސަވައިފި، ޝުކުރިއްޔާ: މަހުލޫފް
16 އޯގަސްޓު 2017

ދިވެހިންގެ މެހުމާންދާރީގެ ނުރަނގަޅު ފައިދާ ނަގައިގެން ނުވާނެ: އަކިލޭޝް މިޝްރާ

16 އޯގަސްޓު 2017
ދިވެހިންގެ މެހުމާންދާރީގެ ނުރަނގަޅު ފައިދާ ނަގައިގެން ނުވާނެ: އަކިލޭޝް މިޝްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް