Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގުން ފިޔަވަޅުތައް ވަރުގަދަކުރުން

ކޮވިޑުގެ އައު ސްޓްރެއިންއެއް ފެތުރޭތީ ޕްރިމިއާ ލީގުން ފިޔަވަޅުތައް ވަރުގަދަކޮށްފި

23 ޑިސެމްބަރު 2020 | ބުދަ 13:32

ވައިރަހުގެ އައު ސްޓްރެއިންއެއް ފެތުރޭތީ މިހާރު ވަނީ ހަތަރުވަނަ ކެޓަގަރީއެއް އެކުލަވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ޑިސެމްބަރު 2020 | ބުދަ 13:32
ޕްރިމިއާ ލީގުގައި ވާދަކުރާ މެންޗެސްޓާ ސިޓީގެ ދަނޑު ސެނިޓައިޒް ކުރަނިކޮށް

ޕްރިމިއާ ލީގުގައި ވާދަކުރާ މެންޗެސްޓާ ސިޓީގެ ދަނޑު ސެނިޓައިޒް ކުރަނިކޮށް

އިނގިރޭސިވިލާތުން ކޮރޯނާވައިރަހުގެ އައު ސްޓްރެއިންއެއް ފެނުމާއެކު އިނގިރޭސި ޕްރިމިއާ ލީގުންވެސް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އިނގިރޭސިވިލާތުން ފެނިފައިވާ ވައިރަހުގެ މި އައު ސްޓްރެއިން ކޮވިޑް-19 ވައިރަހުގެ އަސްލަށްވުރެ އަވަސް މިނުގައި އަންނަނީ ފެތުރެމުންނެވެ. އެއާއެކު އިނގިރޭސިވިލާތުގެ ސަރުކާރުންވެސް އަންނަނީ އެ ގައުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މީގެ ކުރިން ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ދެވަނަ ފަހަރަށް އިންގްލެންޑް ލޮކްޑައުން ކުރިއިރު، އެ ލޮކްޑައުން ވަނީ މި މަހުގެ ދެވަނަ ދުވަހު ހަމަވެފައެވެ. އެއާއެކު ތިން ކެޓަގަރީއަކަށް ބަހާލައިގެން އިނގިރޭސި ސަރުކާރުން ވަނީ ދަނޑުތަކަށް ސަޕޯޓަރުން ވެއްދުމަށް ހުއްދަ ދީފައެވެ. އެކަމަކު ކޮރޯނާވައިރަހުގެ އައު ސްޓްރެއިންއެއް ފެތުރޭތީ އިނގިރޭސި ސަރުކާރުން ވަނީ ހަތަރުވަނަ ކެޓަގަރީއެއް އެކުލަވާލާފައެވެ. އެއީ ވައިރަހުގެ އައު ސްޓްރެއިން އެންމެ އާންމު ސަރަހައްދުތަކަށެވެ. އެގޮތުން މި ވަގުތަށް ބަލާއިރު އެ ސަރަހައްދުގައި ހިމެނެނީ ޕްރިމިއާ ލީގުގައި ކުޅޭ ލަންޑަނަށް ނިސްބަތްވާ ކުލަބުތަކެވެ.

މީގެ އިތުރުން ވައިރަހުގެ އައު ސްޓްރެއިންއެއް ފެތުރޭތީ އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން ޕްރިމިއާ ލީގުގައި ކުޅޭ ބައެއް ކުލަބުތަކުގެ ކުޅުންތެރިން ހަފުތާއަކު ދެ ފަހަރު ކޮވިޑަށް ޓެސްޓުކުރަންވެސް މިހާރު ވަނީ ނިންމާފައެވެ. މީގެ ކުރިން އެކުލަވާލާފައި އޮތް އުސޫލުގައިވާ ގޮތުން ކޮންމެ ކުލަބެއްގެވެސް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހަފުތާއަކު އެއް ފަހަރު ކޮވިޑަށް ޓެސްޓްކުރާނެއެވެ. އަދި ޔޫރަޕުގައި ކުޅޭ ޓީމުތަކުން އެ މުބާރާތުގެ މެޗުތަކުގެ ކުރިން ޓެސްޓުކުރާނެއެވެ.

ހާއްސަ އުސޫލުތަކެއްގެ ދަށުން ޕްރިމިއާ ލީގުގެ ކުޅުން ކުރިއަށްދާއިރު، މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން ޕްރިމިއާ ލީގުން ފަސްކޮށްފައިވަނީ އެންމެ މެޗެކެވެ. އެއީ މި މަހުގެ ހަތަރުވަނަ ދުވަހު އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރަން އޮތް މެޗެވެ. އެ މެޗު ފަސްކުރީ ނިއުކާސަލްގެ ފަސް ކުޅުންތެރިއަކާއި އެ ޓީމުގެ ދެ އޮފިޝަލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް