Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިންގ ޓްރެކުގެ މަސައްކަތް

ޖެނުއަރީ މަހު ސްވިމިންގ ޓްރެކް ހުޅުވާލަން މަސައްކަތް ކުރަނީ

23 ޑިސެމްބަރު 2020 | ބުދަ 07:02

ސްވިމިންގ ޓްރެކް ސަރަހައްދު އާއްމުންނަށް އަބަދުވެސް ބޭނުންކުރެވޭނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 23 ޑިސެމްބަރު 2020 | ބުދަ 07:02
މާލޭ އިރު ދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ސްވިމިންގ ޓްރެކުގެ މަސައްކަތް ކުރިއަށްދަނީ

މާލޭ އިރު ދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ސްވިމިންގ ޓްރެކުގެ މަސައްކަތް ކުރިއަށްދަނީ

ފެތުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ސްވިމިންގ ޓްރެކް ސަރަހައްދު މި މަހުގެ ނިޔަލަށް ނިންމައި، އަންނަ ޖެނުއަރީ މަހު އާންމުންނަށް ބޭނުން ކުރެވޭވަރު ވެގެންދާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާޢީލް އަލީ ވިދާޅުވެއްޖެއެވެ.

މާލޭ އިރު ދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ސްވިމިންގ ޓްރެކްގައި ސިޑިބަރިއާއެކު ފާހަނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

އެފަހަރު މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު ދިރާސާތަކެއް ކުރަން ޖެހުމުން މީގެ ކުރިންވެސް މަސައްކަތް ލަސްވިއިރު، ކޮވިޑް-19 އާ ގުޅިގެންވެސް މަސައްކަތް ވަނީ ލަސްވެފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އިސްމާޢީލް އަލީ ވިދާޅުވީ ސްވިމިމްގ ޓްރެކް ނިމިގެންދާއިރު އެ ސަރަހައްދަކީ މޫދު ކުޅިވަރުގެ ޕާކަކަށް ވެގެންދާނެ ކަމަށެވެ. އަދި ފަތާ ސަރަހައްދު އާއްމުން ބޭނުންކުރުމަށް ހިތްގައިމު ސަރަހައްދަކަށް ބަދަލުވެގެންދާއިރު، އެ ސަރަހައްދުގައި ޒުވާނުންގެ މެދުގައި މަގުބޫލު ކަމެއްކަމަށްވާ ޑައިވް ކުރާނެ ޕްލެޓްފޯމެއްވެސް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތްވެސް ދެތިން ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސްވިމިންގ ޓްރެކް ސަރަހައްދު ރަނގަޅު ފެންވަރަކަށް ތަރައްގީކުރި ނަމަވެސް، އެ ސަރަހައްދު އޮންނާނީ ކޮންމެ ވަގުތެއްގައިވެސް އާންމުން ބޭނުންކުރެވޭނެ ސަރަހައްދެއްގެ ގޮތުގައި ކަމަށާއި، ސިޑިބަރި ބަންދުކުރުމަށް ނިންމާފައި ވަނީ ރޭގަނޑު 11 ގެ ފަހުން ކަމަށްވެސް އިސްމާޢީލް އަލީ ވިދާޅުވިއެވެ.

ސްވިމިންގ ޓްރެކް ސަރަހައްދަކީ މާލޭގެ ބާރުބޮޑު އަދި ބޮޑުމަގެއް ހިމެނޭ ސަރަހައްދަކަށް ވާތީއާއެކު، އެ ސަރަހަދު ތަރައްގީކުރާއިރު ސަރަހައްދުގެ ރައްކާތެރިކަމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށާއި، އެގޮތުން ޕޭމަންޓުން ފެށިގެން މަގަށް ނުނިކުމެވޭނެހެން 400 ފޫޓުގެ ފެންސެއް ޖެހުމަށް ނިންމާފައިވާއިރު، ހަމައެކަނި މަގު ހުރަސްކުރެވޭނެ ގޮތަށް އޮންނާނީ ކަފިހުރަސް ހިމެނޭ ސަރަހައްދުން ކަމަށްވެސް އިސްމާޢީލް އަލީ ވިދާޅުވިއެވެ.

ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ސަރަހައްދުގައި އަންހެން އަދި ފިރެހެން ފެތުންތެރިންނަށް ވަކިން ބޭނުން ކުރެވޭނެ ވަސީލަތް ސިޑިބަރި ދަށުގައި ގާއިމު ކުރެވިގެންދާނެއެވެ. އަދި ސްވިިމިންގ އެސޯސިއޭޝަނުގެ އޮފީހަކާއި، ކޯޗުުންނާއި ވައިޑީޕީގެ ހަރަކާތްތައް ކުރިއަށްގެންދާ ފަރާތްތަކުގެ ސާމާނުތައް ރައްކާކުރެވޭނެ ޖާގަ ހުންނާނެ ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

މިހާރު ސްވިމިންގ ޓްރެކުގައި މުބާރާތްތައް ބާއްވާއިރު، އެ ސަރަހައްދުގައި ހުންނަނީ ވަގުތީ ޓެންޓްތަކެއް ޖަހާ ހިޔާކޮށްފައެވެ. އެހެންކަމުން އެ ސަރަހައްދު ތަރައްގީކުރެވިގެން ދިޔުމުން މުބާރާތްތައް ބޭއްވުމަށް ވަރަށް ބޮޑު ލުޔެއް ލިބި، ފެތުންތެރިންނާއި އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް