Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޯންޏެއް އަޑިއަށް ދިއުން

ދޯންޏެއް އަޑިއަށް ގޮސް ދެ މީހަކު މަރުވެއްޖެ

އަޑިއަށް ދިޔައީ ޕްރިންސަސް ނަމަކަށް ކިޔާ ދޯންޏެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 27 އެޕްރީލު 2017 | ބުރާސްފަތި 08:25
ދޯނި އަޑިއަށް ގޮސް މަރުވި ބިދޭސީ މީހެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމަށް އަށިގަނޑަށް އަރުވާފައި.

ދޯނި އަޑިއަށް ގޮސް މަރުވި ބިދޭސީ މީހެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމަށް އަށިގަނޑަށް އަރުވާފައި.

ދޯންޏެއް އަޑިއަށް ގޮސް 11 މީހުން ކަނޑުވެ، ދެ މީހުން މަރުވެއްޖެ އެވެ.

އެމްއެންންޑީއެފްގެ ތަރުޖަމާނު އަދުނާނު މުހައްމަދު ވިދާޅުވި ގޮތުގައި ނިޔާވީ އިންޑިއާ ދެ މީހުންނެވެ. އަޑިއަށް ދިޔަ ދޯނިން ދަތުރުކުރި އެހެން މީހުންނަށް ވެސް އައިޖީއެމްއެޗުން ދަނީ ފަރުވާ ދެމުންނެވެ.

Advertisement - newsAdvertisement

އަދުނާނު ވިދާޅުވި ގޮތުގައި ކަނޑުވި މަރުވި ދެ މީހުންގެ އިތުރުން، ލޮނު ބޮުވިގެން ދިވެއްސަކާއި ބިދޭސީއެއް ހާލުވެސް ދެރަވި އެވެ. ނަމަވެސް އެ ދެ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނައިރު، އެހެން މީހުންގެ ހާލު ރަނގަޅު ވެފައިވާ ކަމަށް އަދުނާނު ވިދާޅުވި އެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި ކަނޑުވެގެން މަރުވި ދެ މީހުންނާއި އެ ދޯނިން ދަތުރުކުރި އެހެން މީހުން ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 8:15 ހާއިރު އެވެ.

އަޑިއަށް ދިޔަ ސަޕްލައި ދޯންޏަކީ ރ. އަތޮޅުގައި ތަރައްގީކުރާ އާރަށް ރިސޯޓަށް ކޮންސްޓްރަކްޝަން މެޓީރިއަލް ހިފައިގެން ދިޔަ ޕްރިންސަސް ނަމަކަށް ކިޔާ ދޯންޏެކެވެ.

އެ ދޯނިން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދޯނީގެ ކައްޕި އާއި ބިދޭސީ ދެ ފަޅުވެރިންނާއި އެލިއާ ކޮންސްޓަކްޝަންގެ ބިދޭސީ މުވައްޒަފުން ކަމަށް، އަޑިއަށް ދިޔަ ދޯނީގެ ވެރިޔާ، އިބްރާހިމް ޝަފީގު ރާއްޖެ އެމްވީއަށް ކަށަވަރުކޮށް ދިނެވެ.

ޝަފީގު ބުނި ގޮތުގައި މަރުވި ބިދޭސީ ދެ މީހުންނަކީ އެލިއާ ކޮންސްޓްރަކްޝަންގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުން މަރުވީ، ދޯނި އަޑިއަށް ދިއުމާއެކު، ކައިރީގައި އޮތް ރަށަކަށް ފަތާފައި އަރަށް ދަނިކޮށެވެ. އެ ދެމީހުންނަށް ރަނގަޅަށް ފަތަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ދޯނީގެ ކައްޕިއަށް ވެސް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ޝަފީގު ބުންޏެވެ. ކައްޕިގެ އަތް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް، މިހާރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ޝަފީގު ބުންޏެވެ.

މުދަލާއެކު އަޑިއަށް ދިޔާއި ޕްރިންސަސް ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނި މާލެއިން ފުރީ، ޝަފީގު ބުނި ގޮތުގައި، ބުދަ ދުވަހުގެ ރޭ 7:00 ހާއިރު ކަމަށެ އެވެ. ރީތިރަށް ހިސާބުން ކޮޅިގަނޑެއްގައި ޖެހިގެން ދޯނި މަޑުކުރީ، އެ ސަރަހައްދުގައި އޮންނަ "ހިތްމިޔަ" ފަރުގައި ކަމަށާއި އިރުއެރުމާއެކު، ރ. އަތޮޅު އާރަށަށް ދިއުމަށް ދޯނި ނައްޓާލި ވަގުތު ގަލެއްގައި ޖެހި ދޯނީގެ ފޫގޮސް، އަޑިއަށް ދިޔަ ކަމަށް ޝަފީގު ބުންޏެވެ.

އެ ދޯނީގެ މީހުން ސަލާމަތްކޮށްގެން މާލެ ގެނައީ އެމްއެންޑީއެފުންނެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު