Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑް ތިންވަނައަށް، ލެސްޓާ ދެވަނައަށް

21 ޑިސެމްބަރު 2020 | ހޯމަ 03:06

ލީޑްސް އަތުން ޔުނައިޓެޑް މޮޅުވީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ޑިސެމްބަރު 2020 | ހޯމަ 03:06
ޔުނައިޓެޑާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 6-2 ން

ޔުނައިޓެޑާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 6-2 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ތިންވަނައަށް މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މެޗު ފަށައިގެން ތިން މިނެޓު ތެރޭ ޔުނައިޓެޑުގެ ސްކޮޓް މެކްޓޮމިނޭ ވަނީ އެ ޓީމަށް ދެ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑުގެ ތިންވަނަ ލަނޑު ޖެހިއިރު، މެޗުގެ 37 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ވިކްޓަ ލިންޑެލޯފެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލީޑްސްގެ ލިއަމް ކޫޕާ ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 66 ވަނަ މިނެޓުގައި ޑެނިއެލް ޖޭމްސް ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފެނާންޑޭސް ވަނީ ޔުނައިޓެޑުގެ ހަވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗުގައި ލީޑްސްއިން ޖެހި ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޓުއާޓް ޑަލަސްއެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ޔުނައިޓެޑް ޖެހިލީ ކުޅުނު 13 މެޗުން ލިބުނު 26 ޕޮއިންޓާއެކުއެވެ. ޔުނައިޓެޑް އަތުން ބަލިވި ލީޑްސް އޮތީ ތާވަލުގެ 14 ވަނައިގައި 14 މެޗުން 17 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގެ ދެވަނައަށް ލެސްޓާ ސިޓީ ޖެހިލީ އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-0 ން މޮޅުވެގެންނެވެ.

މި މެޗުގައި ލެސްޓާއިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެމީ ވާޑީއެވެ. މިއީ އޭރިއޭ ތެރެއިން ލެސްޓާގެ ވެސްލީ ފޮފާނާއަށް ޓޮޓެންހަމުގެ ސާޖް އޯރިއޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ލެސްޓާގެ ޖޭމްސް މެޑިސަން ލަނޑެއް ޖަހައިދިން ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެކަމަކު މެޗުގެ 59 ވަނަ މިނެޓުގައި ލެސްޓާ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ޓޮޓެންހަމުގެ ޓޮބީ އަލްޑާވެއިލްޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު ލެސްޓާ ދެވަނައަށް ޖެހިލީ ކުޅުނު 14 މެޗުން ލިބުނު 27 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް 14 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، މީގެ ކުރިން އެއްވަނައިގައި އޮތް ޓޮޓެންހަމް މިހާރު އޮތީ ތާވަލުގެ ފަސްވަނައިގައި 14 މެޗުން 25 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް