Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

އާސެނަލް ބަލިވިއިރު، ސިޓީއަށް މުހިންމު މޮޅެއް

އާސެނަލް އަތުން އެވަޓަން މޮޅުވީ 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2020 | އާދީއްތަ 05:57
އެވަޓަނާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެވަޓަން މޮޅުވީ 2-1 ން

އެވަޓަނާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެވަޓަން މޮޅުވީ 2-1 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ އެވަޓަން އަތުން އާސެނަލް ބަލިވިއިރު، މެންޗެސްޓާ ސިޓީން ސައުތެމްޓަން އަތުން މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި އެވަޓަން އަތުން އާސެނަލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ނުލައި އާސެނަލުން ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެވަޓަނުންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެވަޓަނުން ލީޑު ނެގިއިރު، މި ލަނޑަކީ އާސެނަލުގެ ރޮބް ހޯލްޑިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނިކޮލަސް ޕެޕޭ ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން އާސެނަލުގެ އެއިންސްލީ މައިޓްލަންޑް-ނައިލްސްއަށް އެވަޓަނުގެ ޓޮމް ޑޭވިސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުން އެވަޓަން މޮޅުވީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔެރީ މިނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މޮޅާއެކު އެވަޓަން ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ކުޅުނު 14 މެޗުން 26 ޕޮއިންޓާއެކު އެވަޓަން ދެވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތް ލިވަޕޫލަށް ވަނީ 14 މެޗުން 31 ޕޮއިންޓް ލިބިފައެވެ. އަދި އާސެނަލް އޮތީ ތާވަލުގެ 15 ވަނައިގައި 14 މެޗުން 14 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ސައުތެމްޓަން އަތުން ސިޓީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީން ކާމިޔާބުކޮށްފައިވަނީ މެޗުގެ 16 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރަހީމް ސްޓާލިންނެވެ. އޭގެ ފަހުންވެސް ދެ ޓީމުންވެސް ވަނީ މި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގައި ސައުތެމްޓަނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ ހާފުގައި އަނިޔާގެ ސަބަބުން އެ ޓީމުގެ އެއްވަނަ ފޯވާޑް ޑެނީ އިންގްސް ބަދަލުކުރަން ޖެހުމެވެ.

މި މޮޅާއެކު ސިޓީ އޮތީ ތާވަލުގެ ހަވަނައިގައި 13 މެޗުން 23 ޕޮއިންޓާއެކުއެވެ. އަދި ސައުތެމްޓަން އޮތީ ތާވަލުގެ ފަސްވަނައިގައި 14 މެޗުން 24 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު