Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

މާލޭ ލީގު: ވިކްޓްރީ ބަލިކޮށް މާޒިޔާ ޕޮއިންޓް ތާވަލުގެ އެއްވަނައަށް

މާޒިޔާ އޮތީ ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި

ލީވާން އަލީ
ލީވާން އަލީ | 26 އެޕްރީލު 2017 | ބުދަ 01:00
ވިކްޓްރީ ކޮޅަށް ލަނޑު ޖެހުމަށްފަހު މާޒިޔާ އުފާފާޅުކުރަނީ

ވިކްޓްރީ ކޮޅަށް ލަނޑު ޖެހުމަށްފަހު މާޒިޔާ އުފާފާޅުކުރަނީ

މާލޭ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބް އަތްދަށުކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މި މެޗު ވިކްޓްރީއާ ވާދަކޮށް މާޒިޔާ އިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ވިކްޓްރީންނެވެ. އެގޮތުން އެޓީމުން ވަނީ މާޒިޔާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން 15 ވަނަ މިނެޓުގައި ވިކްޓްރީގެ ކެރިޗް އެންދްރެޖް އަށް ވަނީ ލީޑު ނެގުމަށް ހުސް ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް ކެރިޗް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ދުރުން ބޭރަށެވެ.

ވިކްޓްރީގެ އިތުރުން މާޒިޔާ އިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ލީޑު ނެގުމަށް ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން 37 ވަނަ މިނެޓުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ) ކީޕަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މާޒިޔާ އިން ވަނީ ދެވަނަ ހާފްގައި އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. އެގޮތުން އެޓީމުން އުފެއްދި ހަމަލާތައްވެސް ދެވަނަ ހާފްގައި ގިނައެވެ.

މާޒިޔާ އިން މެޗުގައި ލީޑު ނެގީ 49 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް އެޓީމަށް ލިބުނު ހިލޭ ޖެހުމުން އެލެގްޒެންޑްރާ ރަކިޗްއެވެ. މި ހިލޭ ޖެހުމަކީ ޕެނަލްޓީއެއްކަމަށް މާޒިޔާ އިން އެޕީލް ކުރިއިރު، ރެފްރީ ވަނީ އެއީ ހިލޭ ޖެހުމެއް ކަމަށް ނިންމާފައެވެ.

މި ލަނޑާއެކު މާޒިޔާ އިން އިތުބާރާއެކު ކުޅެމުންދިޔައިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން އަސަދުﷲ އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

މެޗުގައި ރެފްރީގެ ނިންމުންތަކާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ފެނިފައިވާއިރު، މާޒިޔާގެ ކޯޗުވެސް ވަނީ ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ފަހަކަށް އައިސް ލީގުގައި ރެފްރީންގެ ނިންމުންތަކާ މެދު ގިނަ ކޯޗުން ފާޑުކިޔަމުން އަންނަ އިރު، އެ ކޯޗުންގެ ނިންމުންތަކާ މެދު ބައެއްފަހަރު ސުވާލުއުފެދެއެވެ.

މި ނަތީޖާއާއެކު މާޒިޔާ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ވިކްޓްރީ އޮތީ އެއްވެސް މެޗަކުން މޮޅު ނުވެ ޕޮއިންޓް ތާވަލުގެ ހަތްވަނައިގަ އެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު