Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިކަމުގެ ކޯސްތައް ހިންގުން

ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ރަށްރަށުުގައި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

6 ޑިސެމްބަރު 2020 | އާދީއްތަ 14:57

ޕްރޮގްރާމް ހިންގުމަށް އެދި ހުށަހަޅާނީ ކައުންސިލް ނުވަތަ ޖަމްއިއްޔާއެއް މެދުވެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޑިސެމްބަރު 2020 | އާދީއްތަ 14:57
ދަނޑުވެރިކަން ފުޅާ ކުރުމަށް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތައް ކުރަމުން

ދަނޑުވެރިކަން ފުޅާ ކުރުމަށް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތައް ކުރަމުން

ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް 2021 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރަށްރަށުގައި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ރަށްރަށުން ޕްރޮގްރާމް ހިންގުމަށް އެދި ހުށަހަޅާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އެރަށެއްގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާތަށް މެދުވެރިކޮށް ކަމަށެވެ.

Advertisement - newsAdvertisement

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ތަމްރީނު ޕްރޮގްރާމް ހިންގުމަށް ލިބިފައިވާ ބަޖެޓާއި މިނިސްޓްރީގެ ފަންނީ މުވައްޒަފުން ތިބި މިންވަރަކުން ވީ އެންމެ ގިނަ ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައިދިނުމަށް މިނިސްޓްރީން މަސައްކަތްކުރާނެ ކަމަށެވެ. އަދި ގިނަ ރަށްތަކަކުން ތަމްރީނު ޕްރޮގްރާމް ހިންގުމަށް އެދިވާފައިވާނަމަ ކޯސް ހިންގުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ މައުލޫމާތު ތަކަށް ބަލައި ޕްރޮގްރާމް ހިންގުމަށް އެންމެ އެކަށީގެންވާ ކަމަށް ފެންނަ ރަށްތައް ކަނޑައަޅާ އެރަށްރަށުގައި 2021 ވަނަ އަހަރު ތަމްރީނު ޕްރޮގްރާމްތައް ހިންގައިދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ ތަމްރީނު ޕްރޮގްރާމްތައް ބައްޓަން ކުރެވޭނީ އެރަށެއްގައި ހުރި މައްސަލަތަކަށް ބެލުމަށްފަހު އެރަށަކަށް އެންމެ އެކަށީގެންވާނެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ ގޮތަކަށް ކަމަށެވެ.

މިނިސްޓްރީން ބުނީ 2021 ވަނަ އަހަރު ކުރިއަށް ގެންދާނެ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ދިގުމިނަކީ 10 ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެއް ކަމަށެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ އަސާސީތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުމެވެ. އަދި ކޯސް ހިންގަން ބޭނުންވާ ނަމަ މިމަހުގެ 28 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2017

އިމްޕޯޓް، އެކްސްޕޯޓަށް ހޭދަވާ ވަގުތު ބެލުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

20 ނޮވެމްބަރު 2017
އިމްޕޯޓް، އެކްސްޕޯޓަށް ހޭދަވާ ވަގުތު ބެލުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި
12 އޮކްޓޯބަރު 2017

ޑޮކްޓަރުން ތަމްރީން ކުރުމަށް ޒަކާތު ފަންޑުން ޚަރަދުކުރުމަށް މަޝްވަރާކޮށްފި

12 އޮކްޓޯބަރު 2017
ޑޮކްޓަރުން ތަމްރީން ކުރުމަށް ޒަކާތު ފަންޑުން ޚަރަދުކުރުމަށް މަޝްވަރާކޮށްފި
28 ސެޕްޓެމްބަރު 2017

ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގެ އެއްބަސްވުމެއްގައި އެމްއެންޔޫއާއި ސީއެސްސީ ސޮއިކޮށްފި

28 ސެޕްޓެމްބަރު 2017
ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގެ އެއްބަސްވުމެއްގައި އެމްއެންޔޫއާއި ސީއެސްސީ ސޮއިކޮށްފި
06 ސެޕްޓެމްބަރު 2017

މަޑިވަރުގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިމާރު ގްރޫޕަށް

06 ސެޕްޓެމްބަރު 2017
މަޑިވަރުގައި ރިސޯޓް ތަރައްގީކޮށް ހިންގުމަށް ދުބާއީގެ އިމާރު ގްރޫޕަށް
04 ސެޕްޓެމްބަރު 2017

އަސްކަރީ ތަމްރީންތަކުގެ ވާހަކައަކީ ދޮގު ޚަބަރެއް : އެމްއެންޑީއެފް

04 ސެޕްޓެމްބަރު 2017
އަސްކަރީ ތަމްރީންތަކުގެ ވާހަކައަކީ ދޮގު ޚަބަރެއް : އެމްއެންޑީއެފް
04 ސެޕްޓެމްބަރު 2017

ކުޅުދުއްފުށި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

04 ސެޕްޓެމްބަރު 2017
 ކުޅުދުއްފުށި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި
10 އޯގަސްޓު 2017

ޕޮލިޓެކްނިކްގެ ފަރާތުން 1500 އިލެކްޓްރިޝަނުން ތަމްރީން ކުރަނީ

10 އޯގަސްޓު 2017
ޕޮލިޓެކްނިކްގެ ފަރާތުން 1500 އިލެކްޓްރިޝަނުން ތަމްރީން ކުރަނީ
18 ޖުލައި 2017

މެންބަރުން ހައްޔަރުކުރުމަކީ މަޖިލިހުގެ ހިންގުމަށް އެޅޭ ހުރަހެއް: ކެޝަޕް

18 ޖުލައި 2017
މެންބަރުން ހައްޔަރުކުރުމަކީ މަޖިލިހުގެ ހިންގުމަށް އެޅޭ ހުރަހެއް: ކެޝަޕް
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް