Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޔޫ-ސީއެސްސީ

ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގެ އެއްބަސްވުމެއްގައި އެމްއެންޔޫއާއި ސީއެސްސީ ސޮއިކޮށްފި

28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 14:11

މި އެއްބަސް ވުމަކީ 5 އަހަރަށް ވެފައިވާ އެއްބަސްވުމެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 14:11
އެމްއެންޔޫއާއި ސީއެސްސީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރައްވަނީ

އެމްއެންޔޫއާއި ސީއެސްސީއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރައްވަނީ

ތަމްރީނު ޕްރޮގްރާމުތައް ހިންގުމާއި، ޢިލްމީ ދިރާސާތައް ކުރުމާއި، ތަޖްރިބާއާ ވަޞީލަތްތައް ދެފަރާތުގެ މެދުގައި ހިއްސާކޮށް ގުޅިގެން މަސައްކަތްކުރުމަށް ސިވިލް ސަރވިސް ކޮމިޝަނާއި ޤައުމީ ޔުނިވަރސިޓީން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޤައުމީ ޔުނިވަރަސީޓީގެ ކޮންފަރެންސް ރޫމުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން، އެ ދެ މުވައްސަސާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކަށް ދެ މުވައްސަސާގެ މުވައްޒަފުންނަށް ފުރުޞަތު ފަހިކޮށްދިނުމާއި، ސިވިލް ސަރވިސް ހިނގުން ޒަމާނީކޮށް ހަރުދަނާކޮށް ކުރިއެރުވުމަށް، ޤައުމީ ޔުނިވަރސިޓީން ( އެމްއެންޔޫ) ބޭނުންވާ ޕްރޮގްރާމްތަކަށް ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން (ސީއެސްޓީއައި) އެހީތެރިވެދިނުން ހިމެނެއެވެ. މީގެ އިތުރުން ދެ ފަރާތުން ގުޅިގެން ރިސާޗްގެ މަސައްކަތްކުރުމާއި އެކަމުގައި އެއްބާރުލުންދިނުން އަދި ތަޖްރިބާއާއި ފަންނީލަފާ ހިއްސާކުރުމާއި، ދެފަރާތުގެ ލައިބްރަރީގެ ޚިދުމަތް ހިއްސާކުރުމާއި، އެމްއެންޔޫގެ އޮންލައިން ޑޭޓާބޭސްތައް ސީއެސްޓީއައިއާއި އެތަނުގެ ދަރިވަރުންނަށް ބޭނުންހިފުމުގެ މަގުފަހިކޮށްދިނުން ވެސް މި ފަހުމުނާމާގެ ދަށުން އެއްބަސްވެވުނު ކަންކަންމުގެ ތެރޭގައި ހިމެނެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފެވެ. ފަހުމުނާމާގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި މި ފަހުމުނާމާގެ ދަށުން އެމްއެންޔޫގެ ޚިދުމަތްތަކާ ވަސީލަތްތައް ސީއެސްޓީއައިގައި ތަމްރީނުހަދާ މުވައްޒަފުންނަށް ހުޅުވިގެން ދިއުމަކީ ދެފަރާތަށް ވެސް ނުހަނުގިނަ ފައިދާތަކެއް ކުރާނެ ކަމެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ރިސާޗް ކުރުން ފަދަ ދާއިރާތަކުގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވާ އެކަމަށް ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ޑރ. ޝަމީމު ދެއްވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސްއަށް އެންމެ ބޭނުންތެރި ދާއިރާތައް ފާހަގަކުރައްވާ އެ ދާއިރާތަކުން މަތީ ތައުލީމުގެ ފުރުސަތުތައް ޔުނިވަރސިޓީން ފަހިކޮށްދެއްވުމަށް ވެސް ޑރ ޝަމީމު އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ދެއްކެވި ވާހަކަފުޅުގައި ސިވިލް ސަރވިސްގެ ދާއިރާއަށް ޚާއްޞަކޮށް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ މާސްޓަރސް ލެވެލްގެ ކޯހެއް ފެށުމަށް ޔުނިވަރސިޓީން މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ދެފަރާތުން ގުޅިގެން ޢިލްމީ ރިސާޗްތައް ކުރުމަކީ މުޅި ޤައުމަށް ވެސް އެކަމުގެ ފައިދާ ކުރާނެ ކަމެއްކަން ޑރ. ފަވާޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ފަހުމުނާމާގެ ސަބަބުން ޔުނިވަރސިޓީއާ ސީއެސްޓީއައިއިން ބަހާލައިގެން ބައެއް ބާވަތުގެ ކޯސްތަކާ ތަމްރީނު ޕްރޮގްރާމުތައް ހިންގުމުން ދެ ފަރާތުގެ ވަސީލަތްތައް ވެސް ހެޔޮގޮތުގައި ބޭނުންކުރެވި، ޚަރަދު ކުޑަވެގެންދާނެކަން ޑރ. ފަވާޒު ފާހަގަ ކުރެއްވިއެވެ.

ސިވިލް ސަރވިސް ކޮމިޝަނާއި ޤައުމީ ޔުނިވަރސިޓީއާއެކު މި ވެވުނު ފަހުމުނާމާއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ ފަހުމުނާމާގައި ސޮއިކުރާ ދުވަހުން ފެށިގެން 5 އަހަރުދުވަހުގެ މުއްދަތަށެވެ.

އިތުރަށް ކިޔާލަން

10 އޯގަސްޓު 2017

ޕޮލިޓެކްނިކްގެ ފަރާތުން 1500 އިލެކްޓްރިޝަނުން ތަމްރީން ކުރަނީ

10 އޯގަސްޓު 2017
ޕޮލިޓެކްނިކްގެ ފަރާތުން 1500 އިލެކްޓްރިޝަނުން ތަމްރީން ކުރަނީ
25 ޖުލައި 2017

ދިވެހިރާއްޖޭ އާއި ޕާކިސްތާނާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި

25 ޖުލައި 2017
ދިވެހިރާއްޖޭ އާއި ޕާކިސްތާނާ ދެމެދު ހަ އެއްބަސްވުމެއްގައި ސޮއިކޮށްފި
20 ޖުލައި 2017

އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ޖުލައި 2017
އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
13 ޖޫން 2017

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި
05 ޖޫން 2017

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

05 ޖޫން 2017
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!
24 މެއި 2017

ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މެއި 2017
ހައްޖު ކޯޕަރޭޝަނާއި އައިޖީއެމްއެޗާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
24 މާރިޗު 2017

ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

24 މާރިޗު 2017
ހަތަރު ސިޔާސީ ޕާޓީގެ ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި
24 މާރިޗު 2017

ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މާރިޗު 2017
ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް