Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން

ކުޅިވަރުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

2 ޑިސެމްބަރު 2020 | ބުދަ 11:29

ކޮމިޓީ މަރުހަލާގައި ކުޅިވަރު މީހުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ހަސަން ލަތީފް އެދިލެއްވި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 2 ޑިސެމްބަރު 2020 | ބުދަ 11:29
އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް

އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް

2015 ވަނަ އަހަރު އަމަލުކުރަން ފެށުނު ކުޅިވަރުގެ ޤާނޫނަށް އެމްޑީޕީގެ ޗެއާޕަސަން އަދި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ އިޖުތިމާޢީ ކޮމިޓީއަށް ފޮނުވުމަށް ފާސްކޮށްފިއެވެ.

ތިން ދުވަހަށް ދިގުދެމިގެން ދިޔަ ބަހުސްގެ މަރުހަލާއަށް ފަހު ބުދަ ދުވަހު ނެގުނު ވޯޓުގައި 30/2015 ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަތުމަށް ވޯޓުގައި ބައިވެރިވި 42 މެންބަރުން ވޯޓުދެއްވިއެވެ. އެހެން ކަމުން މި ބިލް ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވަން ވަނީ ނިންމާފައެވެ.

ބަހުސްގެ މަރުހަލާގައި ގިނަ މެންބަރުން ވަނީ ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. އަދި ކޮމިޓީ މަރުހަލާގައި ބިލު އިތުރަށް ފުރިހަމަކުރުމަށް ގިނަ ފަރާތްތަކެއްގެ މަޝްވަރާ ހޯދުމަށްވެސް ބަހުސްގެ މަރުހަލާގައި މެމްބަރުން ވަނީ އެދިފައެވެ.

ބިލާ ބެހޭ ގޮތުން ފަހުބަސް ވިދާޅުވުމަށް ދެއްވި ފުރުސަތުގައި ހަސަން ލަތީފް ވަނީ ބިލަށް ވާހަކަދެއްކެވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކޮށްފައެވެ. ހަސަން ލަތީފް ވިދާޅުވީ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅިވަރުގައި ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށާއި، އެގޮތުން ކުޅިވަރުގެ ތެރޭގައި ހިމެނޭ ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް އިސްލާހުތައް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ކުޅިވަރު ވަސީލަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރާނެ އެންމެ ރަނގަޅު ތަންތަން ކަނޑައެޅުމުން، އެކަމުގެ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި އެއީ ކުރަންޖެހޭ ކަމެއް ކަމަށާއި އެކަންކުރާނެ ގޮތެއް ސްޕޯޓްސް އިނިސްޓިޓިއުޓަށް ހޯދައިދޭން ޖެހޭއިރު، ކުޅިވަރާ ބެހޭ ވަޒީރުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވެގެންދާނީ އެ ހުރިހާ މުއައްސަސާތަކުން އެކަންކަން ކުރޭތޯ ބަލައި، އެކަންކަން ކުރުވުން ކަމަށާއި، ނުކުރާނަމަ އެކަން ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

އަދި ސްޕޯޓްސް ކޯޕަރޭޝަނެއް އޮވެ އެތަނުގެ ބޭނުންނުހިފި ދާއިރު، ކުޅިވަރުގެ ވަސީލަތް ތަރައްގީކޮށް ބެލެހެއްޓޭނީ ވިޔަފާރި އުސޫލުން އެކަންކޮށްގެން ކަމަށް މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރުކަންވެސް ކުރެއްވި ހަސަން ލަތީފް ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއަށް ވިޔަފާރި ނުކުރެވޭނެކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކަށް ސަރުކާރުން ޚަރަދުކުރާނެ ފައިސާ ބެލޭނެ ރަނގަޅު އޮޑިޓެއް ކުރެވޭނެ ގޮތެއް އުސޫލެއް އޮންނަން ޖެހޭއިރު، ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އެއްގޮތް އަސާސީ ގަވާއިދެއް އޮންނަން ޖެހޭ ކަމަށާއި، އެކަން މި އިސްލާހުތަކުގައި ހިމެނިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ ކޮމިޓީ މަރުހަލާގައި ވީހާވެސް ގިނަ ފަރާތްތަކެއް، ހާއްސަކޮށް ކުޅިވަރާ ގުޅުންހުރި ބޭފުޅުންގެ މަޝްވަރާ އާއި ލަފާ ހޯދައިގެން ބިލަށް އިތުރަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ އުންމީދުކުރާ ގޮތް ކަމަށެވެ.

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތައް މައިގަނޑު ފަސް ބަޔަކަށް ބަހާލާފައިވާއިރު، އެ ފަސް ބައި ހިމެނޭ ގޮތަށް ގިނަ އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. މި އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ އިދާރާތަކެއް ޝާމިލުވާ ގޮތަށް އިސްލާހުތައް ގެނައުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުތަކުގެ ތެރެއިން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އޮތް އޮތުމަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ނުރުހުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ. އަދި މިކަމާ ގުޅިގެން މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ޑިމަރިއާ ހޯދުމަށް ބާސާ އިން ހުށަހެޅި ބިޑް ޕީއެސްޖީން ރިޖެކްޓްކޮށްފި

02 ސެޕްޓެމްބަރު 2017
ޑިމަރިއާ ހޯދުމަށް ބާސާ އިން ހުށަހެޅި ބިޑް ޕީއެސްޖީން ރިޖެކްޓްކޮށްފި
10 އޯގަސްޓު 2017

ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި

10 އޯގަސްޓު 2017
ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި
30 ޖޫން 2017

މޮނާކޯގެ ލެމާ ހޯދުމަށް އާސެނަލް އިން ހުށަހެޅި 35 މިލިއަން ޔޫރޯގެ ބިޑް ކާމިޔާބެއް ނުވި

30 ޖޫން 2017
މޮނާކޯގެ ލެމާ ހޯދުމަށް އާސެނަލް އިން ހުށަހެޅި 35 މިލިއަން ޔޫރޯގެ ބިޑް ކާމިޔާބެއް ނުވި
10 ޖޫން 2017

ޕެރެސިޗް ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް އިންޓަމިލާނުން ރިޖެކްޓްކޮށްފި

10 ޖޫން 2017
ޕެރެސިޗް ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް އިންޓަމިލާނުން ރިޖެކްޓްކޮށްފި
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް