Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއީސީ ބަދެހިކަޕް

އެމްއީސީ ބަދެހިކަޕް: ސެމީއަށް ޓީމުތައް ދަތުރުކޮށްފި

16 ނޮވެމްބަރު 2020 | ހޯމަ 11:44

ސެމީއަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ ހުޅުދޫ ޔޫތު، ހުދު ހުދު، ޕޮލިސް ރެކްރިއޭޝަން އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 16 ނޮވެމްބަރު 2020 | ހޯމަ 11:44
އެމްއީސީ ބަދެހިކަޕް ނެޓްބޯޅަ މުބާރާތުގެ ތެރެއިން

އެމްއީސީ ބަދެހިކަޕް ނެޓްބޯޅަ މުބާރާތުގެ ތެރެއިން

އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު ޖަމުޢިއްޔާއިން އިންތިޒާމުކޮށްގެން މީދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އަންހެނުންގެ ނެޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.

"އެމްއީސީ ބަދެހިކަޕް" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ ހުޅުދޫ ޔޫތާއި، ހުދު ހުދާއި، ޕޮލިސް ރެކްރިއޭޝަން އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއެވެ.

ހުޅުދޫ ޔޫތު ސެމީއަށް ދަތުރު ކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. އަދި ހުދު ހުދު ސެމީގެ ޖާގައެއް ކަށަވަރުކުރީ ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކުގައެވެ. އެޓީމު ގްރޫޕް ސްޓޭޖުގައި ބަލިވެފައި ވަނީ ހުޅުދޫ ޔޫތު އަތުންނެވެ.

ގުރޫޕް ބީން ޕޮލިސް ސެމީގެ ޖާގައެއް ކަށަވަރުކުރީ ހުރިހާ މެޗަކުން މޮޅުވެ، ނުވަ ޕޮއިންޓާއެކުގައެވެ. ގުރޫޕް ބީގެ ވާދަވެރިކަން ބޮޑުވެގެން ދިޔައިރު، މި ގުރޫޕުގައި އެމްޕީއެލް އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އެއްވަރުވިއިރު، ސެމީގެ ޖާގަ ކަނޑައެޅީ ބޯލް ޝޫޓަށް ބަލައިގެންނެވެ. އެގޮތުން އެމްޕީއެލަށްވުރެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޕޮޓް އިތުރަށް ހޯދާފައިވުމުން ސެމީގެ ޖާގަ އެޓީމަށް ވަނީ ކަށަވަރުވެފައެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމުވެސް އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރު އަދި އެއް މެޗުން ވަނީ ބަލިވެފައެވެ.

ނުވަ ޓީމާއެކު މި މަހުގެ 11 ވަނަ ދުވަހު ފެށި މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް އާދިއްތަ ދުވަހުގެރޭ ނިމިފައިވާއިރު، ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.

ނުވަ ޓީމު ދެ ގުރޫޕަކަށް ބަހާލާފައިވާއިރު، މުބާރާތް ފަށާފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެންނެވެ. މީދޫ އެކުވެރިންގެ ޗޭނު ޖަމުޢިއްޔާގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި އެ ޖަމުޢިއްޔާގެ ފަރާތުން މި ފަދަ މުބާރާތެއް ރާވައި ހިންގުމުގެ މަގުސަދަކީ މީދޫ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވައި، މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، ޒުވާނުންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލުމާއި، މުޖުތަމައުގެ ތެރޭގައި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމެވެ.

މުބާރާތަށް ވަރަށް ބޮޑު އެއްބާރުލުމެއް މުއްސަސާތަކުން ދީފައިވާއިރު، މުބާރާތް ކުރިއަށްދަނީ މުއްސަސާތަކުގެ މެދުގައި ވަރަށް ބޮޑު އެކުވެރިކަމަކާއެކު ކަމަށް މީދޫ އެކުވެރިންގެ ޗޭނު ޖަމުޢިއްޔާއިން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
19 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ

19 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: ކުއާޓާ އަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް