Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަޖުފާން ބެޑްމިންޓަން އެކެޑަމީއެއް އުފެއްދުން

ގައުމީ ޗެމްޕިއަން އަޖުފާން ބެޑްމިންޓަން އެކެޑަމީއެއް އުފައްދައިފި

16 ނޮވެމްބަރު 2020 | ހޯމަ 11:26

ހުރިހާ އުމުރެއްގެ ބެޑްމިންޓަން ކުޅުންތެރިންނަށްވެސް ތަމްރީނުދިނުމަށް ވަނީ ހަމަޖެހިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ނޮވެމްބަރު 2020 | ހޯމަ 11:26
އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އޭއައިބީއޭ) ގެ އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އޭއައިބީއޭ) ގެ އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ ރާއްޖޭގެ ބެޑްމިންޓަނުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު ބެޑްމިންޓަން އެކެޑަމީއެއް އުފައްދައިފިއެވެ.

އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އޭއައިބީއޭ) ގެ ނަމުގައި އުފެއްދި މި އެކެޑަމީ އަކީ ހުރިހާ އުމުރެއްގެ ބެޑްމިންޓަން ކުޅުންތެރިންނަށްވެސް ތަމްރީނުދިނުމަށް އުފެއްދި އެކަޑަމީއެކެވެ.

އެކެޑަމީއާ ގުޅޭ ގޮތުން މައުލޫމާތުދެމުން އަޖުފާން ބުނީ އެކެޑަމީ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ގްރާސްރޫޓް ރަނގަޅު ކުރުމުގެ އިތުރުން ރާއްޖޭގައި ބެޑްމިންޓަން ކުޅޭ މީހުން އިތުރުވެފައިވާއިރު، އެ މީހުންނަށް ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް ކަމަށެވެ. އެގޮތުން ހަމައެކަނި ރާއްޖޭގައި ކުޅުމުގެ ބަދަލުގައި ބޭރުގެ މުބާރާތްތަކުގައިވެސް ވާދަކުރެވޭ ފެންވަރަށް ކުޅުންތެރިން ތަމްރީނުކުރުމަކީވެސް އެންމެ ބޮޑު އެއް މަގުސަދު ކަމަށް ބުންޏެވެ.

އަދި ގްރާސްރޫޓަށް ހާއްސަ ސަމާލުކަމެއް ދޭއިރު، އޭނާ ބޭނުންވަނީ އެންމެ ތުއްތުކުދީންގެ އުމުރުން 7 އަހަރުން ފެށިގެން އެ ކުޅުންތެރިންނަށް އެންމެ ބޭސިކް ބެޑްމިންޓަން ދަސްކޮށްދިނުމަށްފަހު، އުމުރުން 15 އަހަރުވާއިރު އެ ކުޅުންތެރިން ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭ ކުޅުންތެރިންތަކަކަށް ހެދުމަށް ކަމަށްވެސް އަޖުފާން ބުންޏެވެ.

އަދި ވެޓްރެންސް ކުޅުންތެރިންނަށް އިތުރަށް ކުޅުމުގެ ފުރުސަތު ހޯދައިދީ، ރާއްޖެއިން ބޭރުގައިވެސް އޮންނަ މުބާރާތްތަކުންވެސް ވެޓްރަސް ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަކީވެސް މި އެކެޑަމީގެ އެއް އަމާޒު ކަމަށް އަޖުފާން ވަނީ ބުނެފައެވެ.

އަޖުފާން ބެޑްމިންޓަން އެކެޑަމީއެއް އުފެއްދިއިރު، އޭނާ މިހާތަނަށް ވަނީ ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައެވެ. މިދިޔަ އަހަރުގެ "މިހާރު އެވޯޑްސް" ގެ އެންމެ މޮޅު ފިރިހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ އަޖުފާން ގައުމީ ތަށި އުފުލާލާފައިވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ވަނަ އަހަރުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް