Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަނޑިންމަ ރިސޯޓްގެ މުވައްޒަފު މަރުވި މައްސަލަ

ކަނޑިންމަ ރިސޯޓުގެ މުވައްޒަފު މަރުވި މައްސަލަ މަޖިލީހަށް ހުށައަޅާ، ބަހުސް ފަށައިފި

މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް 35 މެމްބަރުން ވޯޓުދެއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2020 | އަންގާރަ 05:09
ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަހުމަދު އާމިރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަހުމަދު އާމިރު

ކަނޑިންމަ ރިސޯޓްގެ މުވައްޒަފަކު ކޮވިޑް-19 ޖެހިގެން ނިޔާވި މައްސަލަޔާއި ގުޅިގެން ހުށައެޅި ކުއްލި މައްސަލައިގެ ބަހުސް ފަށައިިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ދ މާއެނބޫދޫ އާދަމް ނަސީރު ނިޔާވި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަހުމަދު އާމިރު އެވެ.

Advertisement - newsAdvertisement

ކުއްލި މައްސަލަ ހުށައަޅުއްވަމުން އާމިރު ވިދާޅުވީ އާދަމް ނަސީރުގެ ބަލި ހާލަތު ގޯސްވެ، އެ ރިސޯޓުން އެކަށީގެންވާ ފަރުވާއެއް ލިބެން ނެތުމުން، ފަރުވާ ހޯދުމަށް ރިސޯޓުން ފުރައިގެން ދިއުމުގެ ހުއްދަށް އެދުމުން ރިސޯޓުގެ މެނޭޖްމެންޓުން އެކަމަށް އިޖާބަ ދީފައިނުވާ ކަމަށެވެ.

ނަތީޖާ އެއްގެ ގޮތުން އޭނާގެ ބަލި ހާލަތު ގޯސްވެ، އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް ނިޔާވެފައިވާއިރު މި މައްސަލައާއި ގުޅިގެން ލިބެން ހުރި މައުލޫމާތުތަކުން ކަނޑިންމަ ރިސޯޓުގެ މެނޭޖްމެންޓުގެ އިހުމާލު ވަރަށް ބޮޑުކަން އެނގިގެންދާކަމަށް އާމިރު ވިދާޅުވިއެވެ.

މި މައްސަލަ ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް 35 މެމްބަރުން ވޯޓުދެއްވި އެވެ.

ކަނޑިންމަ ރިސޯޓުގެ މުވައްޒަފު ކޮވިޑް-19 އާއި ގުޅިގެން ނިޔާވެފައިވާއިރު އެކަމުގައި ރިސޯޓްގެ އިހުމާލުތަކެއް އުޅޭކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. އެގޮތުން އާދަމް ނަސީރު ތަކުރާރުކޮށް ޑޮކްޓަރަށް ދައްކަން ދިޔުމަށް އެދުމުންވެސް އެފުރުސަތު ދީފައިނުވާކަމަށް އާއިލާއިން ބުންޏެވެ.

މިކަމާއި ގުޅިގެން އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ރަފީޤު ވިދާޅުވެފައިވަނީ މި ކޭސްގައި އާދަމް ނަސީރުގެ ހިސްޓްރީގެ މައުލޫމާތު ދީފައިވަނީ އެކި ފަހަރު އެކިގޮތަށް ކަމަށެވެ. އަދި މިކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު