Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިން ކުޅުންތެރިން ބަދަލުކުރުން

ޕްރިމިއާ ލީގުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހެދުމަށް ގާޑިއޯލާ އާއި ކްލޮޕް ގޮވާލައިފި

9 ނޮވެމްބަރު 2020 | ހޯމަ 12:34

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ނޮވެމްބަރު 2020 | ހޯމަ 12:34
ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން ޕެޕް ގާޑިއޯލާ އާއި ޔާގެން ކްލޮޕް

ސިޓީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން ޕެޕް ގާޑިއޯލާ އާއި ޔާގެން ކްލޮޕް

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހެދުމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ގޮވާލައިފިއެވެ.

މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދު އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ފާސްކޮށްފައިވަނީ ކޮވިޑް-19 އަށްފަހު ފުޓްބޯޅަ އަލުން ފެށުމުގެ ގޮތުން ފީފާއިން ހުށަހެޅުމުންނެވެ. މި ބަދަލު ގެންނަން އައިފެބުން ފާސްކުރީ ކުޅުންތެރިންނަށް ލިބޭ ވަރުބަލިކަމާއި، އަނިޔާތައް މަދުކުރުމުގެ ގޮތުންނެވެ. އެކަމަކު މި ކަމުގައި އެންމެ ފަހު ގޮތްތަކެއް ނިންމާނީ ލީގުތަކުގެ ބޯޑުންނެވެ.

އެގޮތުން ކޮވިޑް-19 ގެ ބްރޭކަށްފަހު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު އަލުން ފެށިއިރު، ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރިއެވެ. އެކަމަކު މި ސީޒަނުގައި އެ ގަވާއިދަށް އަމަލުނުކުރަން ވަނީ ނިންމާފައެވެ.

ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ސިޓީ އާއި ލިވަޕޫލް އެއްވަރުވި މެޗަށްފަހު ގާޑިއޯލާ ބުނީ މެޗު ނިމުމާއެކު ކްލޮޕް އޭނާއާއެކު ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހެދުމަށް އެކުގައި މަސައްކަތް ކުރުމަށް އޭނާއާއެކު މަޝްވަރާ ކުރި ކަމަށެވެ. މި ސީޒަނުގައި ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވުމާއެކު އެކަމުގެ އަސަރު ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި، އެގޮތުން ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ލިވަޕޫލުގެ ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑަށް އަނިޔާވިއިރު، އެއީ އިންގްލެންޑަށްވެސް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ. އެހެންކަމުން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުކުރުމަށް އެންމެ އެކުގައި މަސައްކަތް ކުރުމަށް ގާޑިއޯލާ ވަނީ ގޮވާލާފައެވެ.

މި މެޗަށްފަހު ކްލޮޕް ވަނީ ޕްރިމިއާ ލީގުގެ ސީއީއޯ ރިޗާޑް މާސްޓާސްއަށް ފާޑު ކިޔާފައެވެ. އެގޮތުން މި ދަނޑިވަޅުގައި ތިން ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ހެދުމުން އެކަމުގެ ފައިދާ އެއްވެސް ބަޔަކަށް ނުކުރާ ކަމަށާއި، ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަމަލުނުކުރަނީ ރިޗާޑް މާސްޓާސް އިހުމާލުން ކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ކްލޮޕް ވަނީ ތިން ކުޅުންތެރިން ބަދަލުކުރާ ގޮތަށް ހެދުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މީގެ ކުރިން ކްލޮޕް ބުނީ އޭނާ ކަންބޮޑުވަނީ ކުޅުންތެރިންނާ މެދު ކަމަށާއި، ޔޫރަޕުގެ އެހެން ހުރިހާ ލީގެއްގައި އެ ގަވާއިދަށް އަމަލުކުރާއިރު، ޕްރިމިއާ ލީގުގައި އެ ގަވާއިދަށް އަމަލުނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ.

ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް އަމަލުނުކުރާ ހަމައެކަނި ލީގަކީ ޕްރިމިއާ ލީގެވެ. މީގެ އިތުރުން ޔުއެފާގެ މުބާރާތްތަކުގައިވެސް ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގަވާއިދަށް އަންނަނީ އަމަލުކުރަމުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް