Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހަށް ބަޖެޓް ހުށަހަޅައިފި

2021 ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ފޮނުވައިފި

ބަޖެޓްގެ ތަފްސީލު ދެއްވާނީ ފިނޭންސް މިނިސްޓަރު މަޖިލީހުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 31 އޮކްޓޯބަރު 2020 | ހޮނިހިރު 17:06
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު؛ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވަނީ މަޖިލީހަށް ފޮނުވާފައި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު؛ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ވަނީ މަޖިލީހަށް ފޮނުވާފައި

2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި، ބަޖެޓްގެ ތަފްސީލު ދޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ކަމަށެވެ. އެނގިފައިވާ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ދައުލަތުގެ ބަޖެޓު އަލުން ރިވައިސްކޮށް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މި އަހަރަށް ލަފާކޮށް ފާސް ކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ލަފާ ކުރި ވަރަށް އާމްދަނީ ލިބިފައި ނުވެއެވެ. މައިގަނޑު ގޮތެއްގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

މިދިޔަ އަހަރު ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާ ކުރުމަށް ފަހު 366 މިލިއަން ރުފިޔާ އިތުރު ކުރިއެވެ. އިތުރު ކޮށްފައި ވަނީ ސަރުކާރުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް 93.5 މިލިއަން އިތުރު ކުރުމާއި، ޕީއެސްއައިޕީއަށް ކަނޑައަޅާފައިވާ 10،181.4 މިލިއަން ރުފިޔާގެ ޖުމުލަ ބަޖެޓަށް 273.3 މިލިއަން ރުފިޔާ އިތުރު ކޮށްފައިވެއެވެ.

ބަޖެޓަށް އިތުރު ކުރެވުނު އަދަދާއެކު ޖީޑީޕީގެ ނިސްބަތުން ބަޖެޓްގެ ޑެފިސިޓް 5.8 އިންސައްތައިން 6.2 އިންސައްތައަށް ވަނީ މައްޗަށް ގޮސްފައެވެ. ބަޖެޓަށް ފައިނޭންސް ކުރުމަށްޓަކައި ޓީބިލް ވިއްކައިގެން ފައިސާ ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފާސް ކުރެވިގެން ދިޔަ ބަޖެޓްގައިވާ ގޮތުން އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެއެވެ. އަންނަ އަހަރު އާމްދަނީގެ ގޮތުގައި އެންމެ ގިނައިން ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ޓެކްސްގެ ގޮތުގައި ނެގޭ ފައިސާއެވެ. އެއީ 17.8 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 6.8 ބިލިއަން ރުފިޔާއެވެ.

މި އަހަރު ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބަލާފައި ވަނީ 37 ބިލިއަން ރުފިޔާއެވެ. އެ ފައިސާއަކީ ދަރަނީގެ ޚިދުމަތާއި ދަރަނި އަދާ ކުރުމަށް ހިނގާނެ ޚަރަދު ހިމަނައިގެން ހިމަނާފައިވާ ފައިސާއެވެ. މި އަހަރު ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބަޖެޓްގައި ޖަހާފައި ވަނީ 22 ބިލިއަން ރުފިޔާއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު