Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރުގެ ޤާނޫނު އިސްލާހުކުރުން

ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއެކު ކުޅިވަރުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ހިންގޭނެ: ރައީސް ނަޝީދު

ކުޅިވަރުގެ ޤާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2020 | ބުރާސްފަތި 12:17
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ކުޅިވަރުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކާއެކު ކުޅިވަރު މުއައްސަސާތަށް ދެފުށް ފެންނަ ގޮތަށް ހިންގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2015 ވަނަ އަހަރު އެކުލަވާލެވުނު ކުޅިވަރުގެ ޤާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕަސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފެވެ. ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. އަދި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ކުޅިވަރު މުއައްސަސާތައް ޑެމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށެވެ. އަދި ކުޅިވަރާއި، ކުޅިވަރުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި ކަމަށާއި، ހަސަން ލަތީފް ހުށަހެޅުއްވި ބިލުން އެކަަންކަން ހާސިލުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް ހަސަން ލަތީފް އިސްލާހު ހުށަހެޅުއްވިއިރު، ކުޅިވަރުގެ ޤާނޫނު އިސްލާހުކުރަން ސަރުކާރުން ވައުދުވީ މިދިޔަ އަހަރުއެވެ. މީގެ ކުރިން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ކުޅިވަރުގެ ޤާނޫނު އިސްލާހުކުރަން ވައުދުވެ، އެކަން ކުރަން ނިންމީ އެކަންކަމަށް އޮތް ފާޑުކިޔުން ހުއްޓުވުމަށް ކަމަށާއި، ކުޅިވަރުގެ ޤާނޫނު އިސްލާހުކުރެވުމުން ފަސޭހަކަމާއެކު ކުޅިވަރުގެ ކަންކަން ކުރެވޭނެ ގޮތް އޮތް ނަމަވެސް، މި އަހަރު ނިމިގެންދާއިރުވެސް މިދިޔަ އަހަރު ކުރަން ބުނެފައިވާ ކަމެއް ނުވެ އޮތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި 2015 ވަނަ އަހަރު ފާސްކޮށްފައިވާ ކުޅިވަރުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ޤާނޫނުގެ ދަށުން އަމަލުކުރަންޖެހޭ ގަވާއިދުތައް އެއް އަހަރު ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ކަމަށް ބުނެފައިވާއިރު، ގިނަ ގަވާއިދުތައް އޮތީ ނުހެދި ކަމަށާއި، އެ ގަވާއިދުތައް ނުހަދާ ތިބެނީ އެކަންކަން އެނގިހުރެ ގަސްދުގައި ކަމަށް ހަސަން ލަތީފް ވަނީ ތުހުމަތު ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމަރިއާ ހޯދުމަށް ބާސާ އިން ހުށަހެޅި ބިޑް ޕީއެސްޖީން ރިޖެކްޓްކޮށްފި

ޑިމަރިއާ ހޯދުމަށް ބާސާ އިން ހުށަހެޅި ބިޑް ޕީއެސްޖީން ރިޖެކްޓްކޮށްފި

02 ސެޕްޓެމްބަރު 2017
ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި

ބާސާއިން ކުޓީނިއޯ ގަންނަން ހުށަހެޅި ބިޑަށް ލިވަޕޫލްއިން އިންކާރުކޮށްފި

10 އޯގަސްޓު 2017
މޮނާކޯގެ ލެމާ ހޯދުމަށް އާސެނަލް އިން ހުށަހެޅި 35 މިލިއަން ޔޫރޯގެ ބިޑް ކާމިޔާބެއް ނުވި

މޮނާކޯގެ ލެމާ ހޯދުމަށް އާސެނަލް އިން ހުށަހެޅި 35 މިލިއަން ޔޫރޯގެ ބިޑް ކާމިޔާބެއް ނުވި

30 ޖޫން 2017
ޕެރެސިޗް ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް އިންޓަމިލާނުން ރިޖެކްޓްކޮށްފި

ޕެރެސިޗް ހޯދުމަށް ޔުނައިޓެޑުން ހުށަހެޅި ބިޑް އިންޓަމިލާނުން ރިޖެކްޓްކޮށްފި

10 ޖޫން 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު