Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުން ވަކީލުކަން ކުރާ މައްސަލަ

މަޤާމުން ވަކިކުރާ ފަނޑިޔާރުން ވަކީލުކަން ކުރާ މައްސަލަ: ބާ ކައުންސިލަށް ކޮމިޓީގެ ހުށައެޅުމެއް!

ކޮމިޓީން ވަނީ މީގެ ކުރިން މި މައްސަލަ ބާ ކައުންސިލާވެސް ހިއްސާ ކޮށްފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އޮކްޓޯބަރު 2020 | ހުކުރު 08:50
ބުދަ ދުވަހު އޮތް ޖުޑީޝަރީ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން އެ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރައްވަނީ

ބުދަ ދުވަހު އޮތް ޖުޑީޝަރީ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން އެ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރައްވަނީ

ފަނޑިޔާރެއްގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދަނިކޮށް، ނުވަތަ އެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ފޮނުވާފައިވަނިކޮށް އިސްތިއުފާ ދެއްވާ ފަނޑިޔާރުންނާއި، ސުލޫކީ މައްސަލައިގައި މަޤާމުން ވަކިކުރާ ފަނޑިޔާރުން ޤާނޫނީ ވަކީލުކަން ކުރާ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަޝްވަރާކޮށް، ބާރ ކައުންސިލަށް ހުށައެޅުންތަކެއް ހުށައެޅުމަށް ނިންމައިފިއެވެ.

މި ކަންބޮޑުވުން ކޮމިޓީން ވަނީ މީގެ ކުރިން ބާ ކައުންސިލާވެސް ހިއްސާ ކޮށްފައެވެ. އަދި އެކަމާ ގުޅިގެން ބާ ކައުންސިލުން ކޮމިޓީއަށް ފޮނުވި ޖަވާބު ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ކޮމިޓީއާ ހިއްސާ ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ބާ ކައުންސިލުން ފޮނުވި ޖަވާބުގައި ބުނީ، އެކަމާ ގުޅޭ ވަކި އުސޫލެއް ބާ ކައުންސިލުން ކަނޑައަޅާފައިވާ ޤަވާއިދުތަކުގައި ހިމެނިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، ދިވެހި ރާއްޖޭގެ ޤާނޫނީ ފަންނުގެ ދަށުން 22 ޖޫން 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އަމަލު ކުރަން ފަށާފައިވާ ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާ ބެހޭ ޤަވާއިދުގެ ދަށުން ޤާނޫނީ ވަކީލުން އަމަލު ކުރަންޖެހޭ ސުލޫކާ ޚިލާފު މައްސަލަތައް ބާ ކައުންސިލުން ބަލަމުން އަންނަ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ބާ ކައުންސިލާ އިތުރަށް މަޝްވަރާކޮށް، ޤާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަން ކޮށްގެން ވިޔަސް، މި މައްސަލައަށް ޙައްލެއް ގެނެވޭނެ ގޮތެއް ހޯދުމަށް ހުށައަޅުއްވާފައެވެ.

އޭގެ އިތުރުން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، ފަނޑިޔާރަކު މަޤާމުން ވަކި ކުރަން ނިންމާ ހިސާބުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހު، އަނެއް ދުވަހު ކޯޓަށް ގޮސް ވަކާލާތު ކުރެއްވުމަކީ އޭގެ ޒާތުގައި ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ފަނޑިޔާރު ބަލަމުން ދިޔަ މައްސަލައެއްގެ ވަކީލަކަށް ނުވާނަމަ، ނުވަތަ އެހެން ކޯޓަަކަށް ވަޑައިގަންނަވާނަމަ މާބޮޑު މައްސަލައެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އެހެން ނަމަވެސް، ފަނޑިޔާރެއްގެ މައްސަލައެއް ބަލަމުން ދަނިކޮށް އިސްތިއުފާ ދެއްވުމުން، އިތުރަށް އެ ފަނޑިޔާރެއްގެ މައްސަލަ ބެލުން ހުއްޓާލުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

ޙަސަން ލަތީފް ވިދާޅުވީ، ޖޭއެސްސީން ފަނޑިޔާރެއްގެ މައްސަލަ ބަލަމުން ދަނިކޮށް ފަނޑިޔާރަކު އިސްތިއުފާ ދެއްވި ނަމަވެސް، އެ މައްސަލަ ބެލުން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އެކަން ސާބިތުވެއްޖެ ނަމަ އިތުރަށް ކޯޓުގައި ވަކާލާތު ކުރެވުމާމެދު ގޮތްތަކެއް ނިންމިދާނެކަން ޙަސަން ލަތީފް ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން މެމްބަރުން ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ކޮމިޓީން ފާސްކޮށްފައިވަނީ، މިހާރު ބާ ކައުންސިލުން އެކުލަވާލާފައިވާ ވަކީލުންގެ ސުލޫކީ މިންގަނޑަށް އިސްލާޙުތަކެއް ގެނެސް، މި މައްސަލަތައް ފެއްތުމަށް ބާ ކައުންސިލަށް ހުށައެޅުމަށެވެ. އެގޮތުން މި ނިންމުމަށް ކޮމިޓީގެ ހުރިހާ މެމްބަރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ޤާނޫނު ބުނާ ގޮތުން މައްސަލަ ބަލަމުންދަނިކޮށް، ފަނޑިޔާރު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ، އެމައްސަލަ އެހިސާބުން އެނިމުނީއެވެ. އެފަނޑިޔާރަކާމެދު ދެން ކުރެވޭނެ ކަމެއް ނޯވެއެވެ. އެގޮތުން ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖުޑީޝަލް ސާވީސް ކޮމިޝަނުން ނިންމާފައިވަނިކޮށް، ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވި ބައެއް ފަނޑިޔާރުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއާއި، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބުވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު