Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ

އޭސީސީއިން ވެންޓިލޭޓަރު މައްސަލަ ފޮނުވީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ނުނިންމާ

ޕީޖީ ވިދާޅުވީ އޭސީސީން ތަހުގީގު ކުރީ 'އަވަސް އަރުވާލައިގެން' ކަމަށް ގަބޫލުނުކުރައްވާ ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2020 | ބުދަ 08:24
ޕީޖީ ޝަމީމް އަދި އޭސީސީގެ ރައީސް ޝިއުނާ މަޖިލީހުގެ ކޮމިޓީގަ

ޕީޖީ ޝަމީމް އަދި އޭސީސީގެ ރައީސް ޝިއުނާ މަޖިލީހުގެ ކޮމިޓީގަ

ހެލްތް މިނިސްޓްރީގެ ވެންޓިލޭޓަރުތަކާ ގުޅޭ ބޮޑު ކޮރަޕްޝަން މައްސަލައިގައި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފުރިހަމަ ނުކޮށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ، ޕީޖީ ވިދާޅުވީ ވެންޓިލޭޓަރު މައްސަލަ އޭސީސީން ތަހުގީގު ކުރީ 'އަވަސް އަރުވާލައިގެން' ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަންއާ ގުޅޭ ތިން ބައްދަލު ވުމެއް އޭސީސީއާ އެކު ބޭއްވުނު ނަމަވެސް، އެ މަރުހަލާ ފުރިހަމަ ކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާއެއް ރާއްޖެގައި ފުރަތަމަ ފަށާފައި ވަނީ ޕީޖީގެ މަގާމާ ހުސެއިން ޝަމީމް ހަވާލު ވެވަޑައިގެންނެވި ފަހުންނެވެ. މި މަރުހަލާ ތައާރަފު ކުރަން ނިންމީ އެމްއެމްޕީއާރުސީ މައްސަލައިގައި ޕީޖީ އޮފީހުގަ ކަން ހިނގައި ދިޔަ ގޮތް ބެލުމަށްޓަކައި ހެދުނު އިންޓަރނަލް އިންކުއަރީގައި، އެއްވެސް ހަމައެއް ނެތި ބައެއް މައްސަލަތައް ބަލައިގަނެފައިވާ ކަން ހާމަ ވުމުންނެވެ.

ޕީޖީގެ ވާހަކަތަކާ ގުޅިގެން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ފުރިހަމަ ކުރުމަކީ ގާނޫނުން ލާޒިމު ކުރާ ކަމެއް ނޫން ކަމަށާއި އެއީ 'ޕްރެކްޓިސް' އެއް ކަމަށެވެ. އަދި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގެ ސަބަބުން ތަހުގީގުތައް ލަސްވާ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން، ވެންޓިލޭޓަރު މައްސަލައިގައި ކުރިއަށް ދާން ނިންމީ މައުލޫމާތެއް ހޯދުމަށް ޕީޖީ އޮފީހަށް ފޮނުވުމުން ޖަވާބެއް ނުލިބި ދެ ހަފުތާ މަޑު ކުރުމަށް ފަހު ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ދުބާއީ ކުންފުނިން ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި އޭސީސީއިން ކުރި ތަހުގީގަށް ފަހު، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ހިމެނި ވަޑައިގަންނަވާ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވިއެވެ. ނަމަވެސް، ޖިނާއީ ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައި ވަނީ، އެ މައްސަލައިގައި އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައި އޮތް ކަން އެނގެން އޮތް ނަމަވެސް، އެއީ ޖިނާއީ ކުށެއް ސާބިތު ކުރެވޭނެ ހެއްކެއް ނޫން ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކޮށް، މައްސަލަ އަނބުރާ ފޮނުވާލަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ޕީޖީ އޮފީހުން ނިންމި ނިންމުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އޭސީސީއިން ބުނެފައި ވަނީ ދައުވާ ކުރަން ފޮނުވީ އެކަށީގެންވާ ހެކި ހުރެގެން ކަމަށެވެ. ނަމަވެސް، ޕީޖީ އޮފީހުގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާތަކާ އެކު، މައްސަލަ މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައިގައި އޭސީސީއިން އަވަސް އަރުވާލައިގެން ދައުވާ ކުރަން ފޮނުވި ކަމަށް ބުނެ ގިނަ މެމްބަރުންތަކެއް ވެސް ވަނީ އެ މުއައްސަސާއަށް ފާޑު ވިދާޅުވެފައެވެ. އަދި މައްސަލައިގައި ދައުވާ ކުރަން ފޮނުވީ ޖެހިގެން އައި ދުވަހު ކޮމިޓީއަށް ހާޒިރު ވާން އެންގެވެމުންތޯ ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ.

މި ފާޑު ކިޔުންތަކަށް ރައްދު ދެއްވައި އޭސީސީގެ ރައީސް ޝިއުނާ ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ނިންމާލީ އެތައް ބަޔަކާއި މަޝްވަރާކޮށް އެތައް ކަމެއް ދިރާސާ ކުރުމަށް ފަހު ކަމަށެވެ. އަދި މިއީ އެއް ދުވަހުން ނިންމާލެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާ އޭނާ ވަނީ މިއީ އަވަސް އަރުވާލައިގެން ކުރެވުނު މަސައްކަތެއް ކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކޮށްފައެވެ.

އެގޮތުން މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ގިނަ އަދަދެއްގެ ލިޔެކިޔުން ދިރާސާކޮށް، އެތައް މުއައްސަސާ އާއި މަޝްވަރާ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ 150 ގަނޑުގެ ރިޕޯޓަކީ އެތައް މަހެއްގެ ބުރަ މަސައްކަތް ކަމަށް ޝިއުނާ ވިދާޅުވިއެވެ.

މައްސަލައިގެ ތަހުގީގު އެހެން މައްސަލަތަކަށް ވުރެ އަވަހަށް ކުރިއަށް ގެންދެވީ މި މައްސަލައިގައި ޝާމިލްވާ ފަރާތްތައް ސަސްޕެންޝަންގައި ތިބުމުން އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް އޮތުމުން ކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި އެއީ މާފަށް އެދެންޖެހޭ ވަރު ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އަންގާރަ ދުވަހު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ އެސީސީގެ ފަސް މެމްބަރުން މަގާމުން ވަކި ކުރުމަށް ހުށައަޅާފައެވެ. މި މައްސަލަ ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ހުށައަޅާފައި ވަނީ އޭސީސީން ކުރިއަށް ގެންދާ ތަހުޤީޤުތަކުގެ ފެންވަރު ދަށްކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އަދި މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަނީ މީގެ ކުރިން ވެސް އޭސީސީގެ ތަޙުޤީޤުތައް ލަސްވުމާއި، ތަހުޤީޤުތަކުގެ ފެންވަރު ދަށް މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އޭސީސީން ތަހުޤީޤު ނިންމައި ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން ކުރީގެ ފިނޭންސް މިނިސްޓަރުންނަށް ދައުވާކޮށްދިނުން އެދި ފޮނުވި މައްސަލަވެސް ތަހުޤީޤު އިތުރަށް ފުރިހަމަ ކުރުމަށް ބުނެ ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ. އޭގެ އިތުރުން ހެލްތް މިނިސްޓްރީގެ ވެންޓިލޭޓަރުތަކާ ގުޅޭ ބޮޑު ކޮރަޕްޝަން މައްސަލަވެސް ޕީޖީ އޮފީހުން ވަނީ އަނބުރާ ފޮނުވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު