Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަގަނޑޭ ލަނޑު ލިސްޓުގެ ހަވަނައަށް

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ލަނޑު ލިސްޓުގެ ހަވަނައިގައި ދަގަނޑޭ

19 އޮކްޓޯބަރު 2020 | ހޯމަ 17:44

ލިސްޓުގެ ހަވަނަ ދަގަނޑޭއަށް ލިބުނީ އޭނާގެ ކެރިއަރުގައި ޖެހި 464 ލަނޑާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އޮކްޓޯބަރު 2020 | ހޯމަ 17:44
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ލަނޑު ލިސްޓުގެ ހަވަނައިގައި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިއްޖެއެވެ.

މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ބެލުމަށްފަހު ހަދާފައިވާ ލިސްޓުން ދަގަނޑޭއަށް ހަވަނަ ލިބުނީ އޭނާގެ ކެރިއަރުގައި ޖެހި 464 ލަނޑާއެކުއެވެ. ދަގަނޑޭ އެ އަދަދަށް ލަނޑު ޖަހާފައިވަނީ ޖުމްލަ 544 މެޗުންނެވެ.

އެގޮތުން ދަގަނޑޭ ވަނީ ކުލަބު ވެލެންސިއާއަށް 104 ލަނޑު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް 129 ލަނޑު، ބްރޫނީގެ ޑީޕީއެމްއެމް އެފްސީއަށް 2 ލަނޑު، ވީބީ އައްޑޫ އެފްސީއަށް 93 ލަނޑު، މެލޭޝިއާގެ ޕީޑީއާރުއެމް އެފްއޭއަށް 47 ލަނޑު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް 8 ލަނޑު، ޓީސީ ސްޕޯޓްސް ކުލަބަށް 16 ލަނޑު، ކުލަބު ގްރީން ސްޓްރީޓްސްއަށް 11 ލަނޑު، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް 53 ލަނޑު އަދި 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް 2 ލަނޑު ޖަހާފައެވެ.

މި ލިސްޓުގެ އެއްވަނައިގައި 760 ލަނޑާއެކު އޮތީ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދެވަނައިގައި 733 ލަނޑާއެކު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އޮތްއިރު، ތިންވަނައިގައި 559 ލަނޑާއެކު އޮތީ ސްވިޑެންގެ ޒްލަޓާން އިބްރަހިމޮވިޗެވެ.

މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ލަނޑު ލިސްޓުގެ ހަވަނައިގައި ދަގަނޑޭ ހިމެނުނުއިރު، ދާދި ފަހުން އޭނާ ވަނީ މި ވަގުތު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން، މެޗުގެ ނިސްބަތުން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެވަނަވެސް ހޯދާފައެވެ. އެ ލިސްޓުގެ ދެވަނައިގައި ދަގަނޑޭ އޮތީ ރޮނާލްޑޯ އާއި، މެސީ އަދި ނޭމާ ފަދަ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މެޗުގެ ނިސްބަތުން ލަނޑު ލިސްޓުގެ ދެވަނަ ދަގަނޑޭއަށް ލިބޭއިރު، މީގެ ކުރިން 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ މި ލިސްޓުގެ އެއްވަނައިގައި އޮތެވެ. އެކަމަކު އެ އަހަރުގެ މާޗު މަހުން ފެށިގެން ދަގަނޑޭ ގައުމީ ޓީމުން ސަސްޕެންޑް ކުރުމާ ގުޅިގެން އޭނާއަށް ގިނަ މެޗުތަކެއް ގެއްލުނެވެ. އެ ސަސްޕެންޝަން އުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގައި މާލޭގައި ޗައިނާއާ ދެކޮަޅަށް ކުޅުނު މެޗުންނެވެ.

ދަގަނޑޭ މިހާތަނަށް ގައުމީ ފުޓްބޯޅަ ޓީމަށް 53 ލަނޑު ޖަހާފައިވާއިރު، އޭނާ ގައުމީ ޓީމަށް ކުޅެން ފެށީ 2004 ވަނަ އަހަރެވެ. ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ދަގަނޑޭ ވަނީ 2004 ވަނަ އަހަރު ވޯލްޑް ކަޕް ޕްރީ-ޕްރިމިލަނަރީގައި މާލޭގައި މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ލަނޑު ޖަހައިގެން އެއް މެޗެއްގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ.

ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް 20 ލަނޑު ޖަހައިގެން އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ދަގަނޑޭ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިހާތަނަށް ހަ ފަހަރު ހޯދާފައެވެ. ދަގަނޑޭ އަކީ މި އެވޯޑު އެންމެ ގިނައިން ހޯދި ދިވެހި ކުޅުންތެރިޔާއެވެ.

މީގެ އިތުރުން ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތްވަނައިގައި އޮތް ކުޅުންތެރިޔާއެވެ. އެއީ ވެލެންސިއާ އާއި، ނިއު ރޭޑިއަންޓް އަދި ވީބީ އައްޑޫ އެފްސީއަށް ޖަހައިދިން 29 ލަނޑާއެކުއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް