Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމްޕްލަޔަންސް އޮފިސަރ ޓްރެއިނިން ޕްރޮގްރާމް

ދާއިރާގައި ހަރަކާތްތެރިވާ އެންމެން ކޮލިޓީ ސްޓެންޑަރޑް ތަމްރީންވުމަކީ ދެކޭ ހުވަފެނެއް: ޓޫރިޒަމް މިނިސްޓަރ

12 އޮކްޓޯބަރު 2020 | ހޯމަ 06:07

830 މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 އޮކްޓޯބަރު 2020 | ހޯމަ 06:07
މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމް

މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމް

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކުއަލިޓީ ސްޓޭންޑެޑެއް ޤާއިމްކުރުމުގެ ގޮތުން ކޮމްޕްލަޔަންސް އޮފިސަރ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމަށް ތައްޔާރުވަމުންދާއިރު ދެކޭ ހުވަފެނަކީ މި ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް މި ސެޓްފިކެޓް ހާސިލް ކުރުން ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެއަކީ މަޤްބޫލު މަންޒިލެއް ކަމަށާއި އެހެންނަމަވެސް މި ލިބުނު ފުރުޞަތުގެ އަލީގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މެދުގައި މިހާރަށް ވުރެ ބޮޑަށް ރާއްޖެއާއި މެދު ދެކޭ ގޮތް ބަދަލު ވެގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑްގެ މިހާލަތުގައި މިފަދަ ޕްރޮގްރާމެއް ފެށުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އަދި މިއީ މުހިއްމު ކަމެއްގެ ފެށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުމުން އަރައިގަންނަން ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށާއި ރިސޯޓް، ގެސްޓްހައުސް އަދި ސަފާރީތަކުންވެސް ބައިނަލްއަޤްވާމީ ފެންވަރެއްގެ ސެޓްފިކެޓެއް ހޯދުމަކީ އެފަރާތްތަކުން ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގައި އިތުބާރު ދެމެހެއްޓިގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނުގެ ކުއަލިޓީ ސްޓޭންޑެޓް އޮތުމަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލާއިރު ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ޑރ. މައުސޫމް ވަނީ ފާހަގަކުރައްވާފައެވެ.

މި ސްޓޭމްޕްގެ ސަބަބުން ޙިދުމަތްދޭ ތަންތަނާއި މެދު ޚިދުމަތް ހޯދާ ފަރާތްތަކުގެ އިތުބާރު ބޮޑުވެގެންދާނެއެވެ. އަދި އެފަދަ ފަރާތްތަކުން ދެވޭ ޚިދުމަތުގައި މައްސަލައެއް އުޅޭ ކަމަށްވާނަމަ އެއިފެކްއަށް، ކޮމްޕްލަޔަންސްގެ ގޮތުގައި ޚިދުމަތް ހޯދާ ފަރާތުން މައްސަލަވެސް ހުށަހެޅޭނެއެވެ.

މި ޓްރެއިނިން ޕްރޮގްރާމްގައި 830 މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އޭގެ ތެރެއިން 630 ޖާގަ ހުސްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. އަދި ބާކީ 200 ޖާގަ ހުސްކޮށްފައިވަނީ ކައުންސިލްތަކަށެވެ.

މި ޕްރޮގްރާމް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ. އެގޮތުން ކައުންސިލްތަކުންނާއި ގެސްޓްހައުސްތަކުން މިޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި އެފަރާތްތަކަށް ދައުވަތު ދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށްދަނީ އެއިފެކްއާއި ޔުނިވަރސިޓީ އޮފް ޓިއުރިންއާއި އަދި އެމްއެންޔޫ ގުޅިގެންނެވެ.

ކޮންމެ ދުވަހަކު ދެ ގަޑިއިރަށް، ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިޓްރެއިނިން ޕްރޮގްރާމް ފެށުމަށް ގަސްތުކޮށްފައިވަނީ އޮކްޓޯބަރ 20 ވަނަ ދުވަހުއެވެ. މުޅިން ހިލޭ ކުރިއަށް ގެންދާ ޓްރެއިނިން ޕްރޮގްރާމް ނޮވެމްބަރ 2 ގެ ނިޔަލަށް ކުރިއަށްގެންދާ މިޕްރޮގްރާމް ނިމުމުން ބައިވެރިންނަށް އެއިފެކްގެ ސެޓްފިކެޓެއް ލިބޭނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

07 ޖޫން 2017

އެންމެން ވެސް އެދެނީ ސަރުކާރު ވެއްޓޭނެ ދުވަހަކަށް، ވަރަށް އަވަހަށް އުފާވެރި ހަބަރު ލިބޭނެ: އަސްލަމް

07 ޖޫން 2017
އެންމެން ވެސް އެދެނީ ސަރުކާރު ވެއްޓޭނެ ދުވަހަކަށް، ވަރަށް އަވަހަށް އުފާވެރި ހަބަރު ލިބޭނެ: އަސްލަމް
05 ޖޫން 2017

ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރެވިއްޖެ: ފުލުހުން

05 ޖޫން 2017
ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރެވިއްޖެ: ފުލުހުން
03 ޖޫން 2017

އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް

03 ޖޫން 2017
އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް
25 އެޕްރީލު 2017

މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ

25 އެޕްރީލު 2017
މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ
13 އެޕްރީލު 2017

ވޯޓްލާ އެންމެން ގެންގޮސް ޖަލަކަށް ނުލެވޭނެ: ރޮޒެއިނާ

13 އެޕްރީލު 2017
ވޯޓްލާ އެންމެން ގެންގޮސް ޖަލަކަށް ނުލެވޭނެ: ރޮޒެއިނާ
13 އެޕްރީލު 2017

ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު

13 އެޕްރީލު 2017
ރާއްޖެ ޓީވީގެ ދިފާއުގައި އެންމެން ނުކުންނަންޖެހޭ: އަހުމަދު ތައުފީގު
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް