Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިޔާޒުގެ އަދީބަށް މައާފް ކުރުން

އަދީބާއި އޭނާގެ މާސްޓަރާއި ބައިވެރިންނަށް މައާފް ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް: ނިޔާޒު

ނިޔަޒު ވިދާޅުވީ ކުރީގެ ކަޅު ހަނދާންތައް ތާޒާކަމާއެކު އަދިވެސް ހުންނަ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 އޮކްޓޯބަރު 2020 | ބުރާސްފަތި 08:16
ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް؛ އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ފަޅާއަރުވާލީ ނިޔާޒު މަގާމުގައި ހުންނަވައިގެން

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް؛ އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ފަޅާއަރުވާލީ ނިޔާޒު މަގާމުގައި ހުންނަވައިގެން

އަދީބާއި އޭނާގެ މާސްޓަރު އަދި ބައިވެރިންނަށް މައާފް ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލަ ފަޅާ އަރުވާލި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނިޔާޒު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޢަފޫރު ތައުބާވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނިޔާޒު ވިދާޅުވީ އޭނާއާއި އޭނާގެ އާއިލާ މިކަމުގައި ތަހައްމަލުތަކެއް އުފުލަން ޖެހުނު ކަމަށެވެ. އަދި އެ ކަޅު ހަނދާންތައް މިއަދުވެސް ތާޒާކަމާއެކު ހުންނަ ކަމަށާއި، ނަމަވެސް މައާފު ކުރުމަކީ ރިވެތި ކަމެއް ކަމަށެވެ. އެހެންނަމަވެސް އަދީބާއި އޭނާގެ މާސްޓަރާއި ބައިވެރިންނަށް މައާފްކުރެވިދާނެ ކަމާއިމެދު ޔަގީންކަމެއް ނެތް ކަމަށް ޓްވީޓު ކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކަޅުފައިސާ ދޮވުނުކަމުގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮޑިޓަރ ޖެނެރަލަކަށް ނިޔާޒު ހުންނަވައި އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާ އަރުވާލި މައްސަލައިގައި އޭނާއަށް އެކި ގޮތްގޮތުން އިންޒާރު ލިބިވަޑައިގަތުމާއި ގުޅިގެން ދިރިއުޅުން ސްރީލަންކާއަށް ބަދަލުކުރެއްވިއެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާ އަރުވައިލުމުން ލިބުނު އިންޒާރުތަކާ ގުޅިގެން ސްރީލަންކާއަށް ދިރިއުޅުން ބަދަލުކުރެއްވުމަށްފަހު ނިޔާޒު އެނބުރި ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީގައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ އަމުރާއެކު އަދީބާއި ފާރިސް މިނިވަންކޮށް މާލެ ގެންނަން ލޯންޗަށް ވެސް އެރުވި

03 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ އަމުރާއެކު އަދީބާއި ފާރިސް މިނިވަންކޮށް މާލެ ގެންނަން ލޯންޗަށް ވެސް އެރުވި
02 ފެބުރުއަރީ 2018

އެއްވުމުގެ ބައިވެރިންނަށް ހުރަސް އަޅަން އުޅުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

02 ފެބުރުއަރީ 2018
އެއްވުމުގެ ބައިވެރިންނަށް ހުރަސް އަޅަން އުޅުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
01 ފެބުރުއަރީ 2018

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި 10 ކުންފުންޏަކާއި މޮހޯ އާއި އޭނާގެ ބައްޕަގެ އެކައުންޓް ފްރީޒްކޮށްފި

01 ފެބުރުއަރީ 2018
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި 10 ކުންފުންޏަކާއި މޮހޯ އާއި އޭނާގެ ބައްޕަގެ އެކައުންޓް ފްރީޒްކޮށްފި
31 ޖެނުއަރީ 2018

ރައީސް މައުމޫންގެ ބޮޑީގާޑް އަޒްމީ ހައްޔަރުކޮށް، އޭނާގެ ގެ ބަލައި ފާސްކޮށްފި

31 ޖެނުއަރީ 2018
ރައީސް މައުމޫންގެ ބޮޑީގާޑް އަޒްމީ ހައްޔަރުކޮށް، އޭނާގެ ގެ ބަލައި ފާސްކޮށްފި
20 ނޮވެމްބަރު 2017

ތޮއްޔިބަށް "ދޮގު" މައުލޫމާތު ދެނީ ކޮން ބައެއްތޯ ހޯދުމަށް ފުލުހުން އޭނާގެ ފޯނު ހިފަހައްޓައިފި

20 ނޮވެމްބަރު 2017
ތޮއްޔިބަށް "ދޮގު" މައުލޫމާތު ދެނީ ކޮން ބައެއްތޯ ހޯދުމަށް ފުލުހުން އޭނާގެ ފޯނު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު