Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިބްރަހިމޮވިޗް ވައިރަހަށް ޕޮޒިޓިވްވުން

އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 16:04

ބުދަ ދުވަހު ކުރި ޓެސްޓުން އިބްރަހިމޮވިޗް ނެގެޓިވްވި ނަމަވެސް، ބުރާސްފަތި ދުވަހު އޭނާ ވަނީ ޕޮޒިޓިވް ވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ސެޕްޓެމްބަރު 2020 | ބުރާސްފަތި 16:04
އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް

އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެން ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި އުމުރުން 38 އަހަރުގެ އިބްރަހިމޮވިޗް ވަނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އިބްރަހިމޮވިޗް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބުދަ ދުވަހު ކުރި ޓެސްޓުން އޭނާ ނެގެޓިވްވި ނަމަވެސް، ބުރާސްފަތި ދުވަހު ކުރި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށްވެސް އިބްރަހިމޮވިޗް ވަނީ ބުނެފައެވެ.

އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޔުއެފާ ޔޫރޮޕާ ލީގުގެ ކޮލިފައިންގައި ނޯވޭގެ ބޯޑޯ/ގްލިމްޓާ ދެކޮޅަށް ބުރާސްފަތި ދުވަހުގެރޭ މިލާން ކުޅެން އޮތް މެޗުގެ ކުރިންނެވެ. އެހެންކަމުން މި މެޗުގެ ސްކޮޑުން އިބްރަހިމޮވިޗް ބާކީކޮށްފައިވާއިރު، އޭނާ މިހާރު ވަނީ ހޯމް-އައިސޮލޭޝަނަށް ގޮސްފައެވެ.

މިލާނުން ނެރުނު ބަޔާނެއްގައި ބުނީ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ޓެސްޓުތަކުން އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އެ ޓީމުގެ އެހެން ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވް ނުވާ ކަމަށެވެ. އެކަމަކު ބުދަ ދުވަހު ބްރެޒިލްގެ ޑިފެންޑަރު ލެއީ ޑުއާޓޭ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް މިލާނުން ވަނީ ބުނެފައެވެ.

މިލާނުގެ ފޯވާޑް އިބްރަހިމޮވިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، އޭނާ ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ އައު ސީޒަނުގެ އިޓާލިއަން ލީގުގައި މިލާނުން ކުޅުނު ފުރަތަމަ މެޗުގައި ބޮލޯނިއާ ކޮޅަށް ދެ ލަނޑު ޖަހާފައެވެ. އެ މެޗުގައި އިބްރަހިމޮވިޗް ދެ ލަނޑު ޖެހިއިރު، 1999 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި އިބްރަހިމޮވިޗް މިހާރު ވަނީ މިހާތަނަށް ކުޅުނު 22 ސީޒަނުގައިވެސް ލަނޑު ޖަހާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މިލާނާ ގުޅުނު އިބްރަހިމޮވިޗް އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މިލާނުން މިހާރު ވަނީ އިބްރަހިމޮވިޗުގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް އާކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް