Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު

ޓީޓީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އައްޔަ އިންތިޚާބުކޮށްފި

އައްޔައަށް 155 ވޯޓު، ތޯހާއަށް 80 ވޯޓު

އަތޫފް އާތިފް
އަތޫފް އާތިފް | 8 ސެޕްޓެމްބަރު 2020 | އަންގާރަ 15:04
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލީ ރަޝީދު (އައްޔަ)

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލީ ރަޝީދު (އައްޔަ)

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އަލީ ރަޝީދު (އައްޔަ) އިންތިޚާބުކޮށްފިއެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އަންގާރަ ދުވަހު ބޭއްވިއިރު، އިންތިޚާބުގެ މައްސަލަތަކެއް ފެންމަތިވެ ކޯޓަށްވެސް ވަނީ ޓީޓީ އެސޯސިއޭޝަނުގެ މައްސަލަ ވައްދާފައެވެ. ޓޭޓީ އެސޯސިއޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްދިނުމަށް ވަގުތީ އަމުރަކަށް ތާޅަފިލި އަލިބެ އެދުނު ނަމަވެސް، ހޯމަ ދުވަހު ސިވިލް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ ވަގުތީ އަމުރެއް ޝަރީއަތުން ނެރެންޖެހޭނެ ތަނެއް ނެތްކަމަށެވެ.

އެއާއެކު އަންގާރަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވިއިރު، އައްޔަ ވަނީ އިންތިޚާބު ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ.

އިންތިޚާބުގައި އައްޔައަށް 155 ވޯޓު ލިބިވަޑައިގެންނެވިއިރު، އައްޔައާ ވާދަކުރެއްވި ޣިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމަށް ލިބިވަޑައިގެންނެވީ 80 ވޯޓެވެ. ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވީ އައްޔަގެ ޓީމުގައި ހިމެނޭ ކުރީގެ ޓީޓީ ޗެމްޕިއަން އިބްރާހިމް ޝިއުރީއެވެ. ޝިއުރީއަށް ވަނީ 165 ވޯޓު ލިބިވަޑައިގެންފައެވެ.

ހަޒާންދާރުގެ މަގާމަށް ހޮވުނު އަޙްމަދު ޝާޒިލަށް 152 ވޯޓު ލިބިވަޑައިގެންނެވިއިރު، ކުލަބު މެންބަރަކަށް ހޮވިވަޑައިގެންނެވި ޖާދުﷲ ހަސަން (ޖޭޑް) އަށް ވަނީ 12 ވޯޓު ލިބިވަޑައިގެންފައެވެ. އަދި ފަރުދީ އަންހެން މެންބަރުގެ މަގާމަށް ހޮވިވަޑައިގެންނެވި ކުރީގެ ޗެމްޕިއަން އައިޝަތު ސަމާހަތު ބިންތި ފިރާގަށް 143 ވޯޓު ލިބިވަޑައިގެންނެވިއިރު، ފަރުދީ ފިރިހެން މެންބަރުގެ މަގާމަށް ހޮވިވަޑައިގެންނެވި ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ބައިނަލްއަގުވާމީ އަމްޕަޔަރު އައްޒާމް އިބްރާހިމަށް ވަނީ 154 ވޯޓު ލިބިވަޑައިގެންފައެވެ. އަދި އެސޯސިއޭޓް މެންބަރަކަށް ހޮވިވަޑައިގެންނެވި ކުރިން ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިޔާ އިސްމާއިލް ޝުޖާއުއަށް ވަނީ 144 ވޯޓު ލިބިވަޑައިގެންފައެވެ.

އެހެންކަމުން ޓީޓީ އެސޯސިއޭޝަނުގެ އައު ހިންގާ ކޮމިޓީއަށް ހޮވުވަޑައިގަތީ ހުސް އައްޔަގެ ޓީމުގައި ހިމެނުނު ބޭފުޅުންނެވެ.

ޓީޓީގެ ގިނަ މުބާރާތްތަކުގައި މީގެ ކުރިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވަ އައްޔަ އަންނަނީ 2006 ވަނަ އަހަރުން ކުޅުން ހުއްޓާލީއްސުރެ އެސޯސިއޭޝަނަށް ޚިދުމަތްކުރަމުންނެވެ. އެގޮތުން 2006ން 2008ށް އިދާރީ މަސައްކަތްތައް ކުރިއިރު، 2008 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ނައިބު ރައީސްގެ މަގާމު ފުރުއްވާފައެވެ. އައްޔަ ޓީޓީގެ ރައީސްގެ މަގާމަށް ފުރަތަމަ އިންތިޚާބުވީ 2016 ވަނަ އަހަރުއެވެ. އައްޔަގެ ރައީސްކަމުގައި ޓީޓީން ވަނީ 21 މެޑަލް ހޯދާފައެވެ. އަދި މިދިޔަ އަހަރުތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި ޓީޓީން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި 15 ކުލަބަކާއި، 272 މެންބަރުން ވަނީ ވޯޓުލާފައެވެ. އަދި މި އިންތިޚާބު އަންގާރަ ދުވަހު ބޭއްވިއިރު، މީގެ ކުރިން ޓީޓީ އެސޯސިއޭޝަނުގެ މައްސަލަ ސިވިލް ކޯޓުން ބަލަން ފެށުމާއެކު، ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ރާއްޖޭގެ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރެއް އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ވަނީ ދީފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު