Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ނެދަލެންޑްސް ބަލިކޮށް އިޓަލީ އެއްވަނައަށް

7 ސެޕްޓެމްބަރު 2020 | ހޯމަ 21:28

ނެދަލެންޑްސް އަތުން އިޓަލީ މޮޅުވީ 1-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ސެޕްޓެމްބަރު 2020 | ހޯމަ 21:28
ނެދަލެންޑްސް އާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 1-0 ން

ނެދަލެންޑްސް އާއި އިޓަލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 1-0 ން

ޔުއެފާ ނޭޝަންސް ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ނެދަލެންޑްސް ބަލިކޮށް ލީގު އޭ ގްރޫޕް އެކެއްގެ އެއްވަނައަށް އިޓަލީ ޖެހިލައިފިއެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން މެޗުން ނެދަލެންޑްސް އަތުން އިޓަލީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލް މެޗުގައި ޕޯޗުގަލް އަތުން ބަލިވި މެޗަށްފަހު ނެދަލެންޑްސް ބަލިވި ފުރަތަމަ މެޗެވެ.

ނެދަލެންޑްސްގައި ކުޅުނު މި މެޗުގައި އިޓަލީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗު ޑޮމިނޭޓުކޮށް ނެދަލެންޑްސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އޭގެ ބަދަލުގައި މި މެޗުގައި ނެދަލެންޑްސްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު، އެޓީމުން މުޅި މެޗުގައިވެސް އިޓަލީގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައިވަނީ އެންމެ ތިން ހަމަލާއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިޓަލީން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ޗީރޯ އިމޮބިލޭ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އިޓަލީއަށް ކާމިޔާބުކޮށްދިނީ ނިކޯލޯ ބަރެއްލާއެވެ.

އޭގެ ފަހުން ދެވަނަ ހާފުގައި ނެދަލެންޑްސްއިން ނަތީޖާ އެއްވަރުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރުން ވަނީ ނެދަލެންޑްސް ހުއްޓުވާފައެވެ. އަދި މި މެޗު ނިމެން ގާތްވެފައި ވަނިކޮށް އިޓަލީގެ ފޯވާޑް މޮއިސް ކީންއަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މޮޅާއެކި ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީން ވަނީ މެޗަކުން ބަލިނުވެ 16 މެޗު ފުރިހަމަ ކޮށްފައެވެ. އެޓީމު އެންމެ ފަހުން މެޗަކުން ބަލިވީ މިދިޔަ ސީޒަނުގެ ނޭޝަންސް ލީގުގައި ޕޯޗުގަލް އަތުންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އިޓަލީ ގްރޫޕްގެ އެއްވަނައަށް ޖެހިލީ ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ނެދަލެންޑްސް އާއި ތިންވަނައިގައި އޮތް ޕޮލެންޑަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބޮސްނިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ހޯމަ ދުވަހުގެރޭ ޕޮލެންޑް ވަނީ 2-1 ން ބޮސްނިއާ ބަލިކޮށްފައެވެ.

މީގެ އިތުރުން ނޭޝަންސް ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާއިރު، ބޮރޫޝިއާ ޑޯޓްމުންޑްގެ ޒުވާން ފޯވާޑް އާލިން ހާލަންޑް ކުޅެމުން އަންނަ ނޯވޭ ވަނީ ނޮދަން އަޔަލެންޑް އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އަދި ރޫމޭނިއާ ވަނީ އޮސްޓްރިއާ އަތުން 3-2 ން މޮޅުވެފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް