Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހުވަދޫ ގޭސް ފިލިންގ ޕްލާންޓްގެ މަޝްރޫއު

އޮޅުވާނުލާ، ހުވަދޫ ގޭސް ފިލިންގ ޕްލާންޓްގެ މަޝްރޫއު އަކީ ސައީދުގެ ފިކުރެއް، ތަރައްޤީ ކުރުމަކީ ރައީސް ނަޝީދުގެ ތަސައްވުރެއް!

ގޭސް ފިލިންގ ޕްލާންޓެއް ގާއިމު ކުރުމަށް ނިންމީ ގދ.ވާދޫގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2020 | ހުކުރު 02:33
ކުރަހާފައިވާ މަންޒަރެއް، ހުވަދޫ ގޭސް ފިލިންގ ޕްލާންޓްގެ ސަރަހައްުދު މަތިން ފެންނާނެ ގޮތް

ކުރަހާފައިވާ މަންޒަރެއް، ހުވަދޫ ގޭސް ފިލިންގ ޕްލާންޓްގެ ސަރަހައްުދު މަތިން ފެންނާނެ ގޮތް

މާލެސިޓީ އަށް ހުރިހާ ތަރައްގީގެ މަޝްރޫއު ގެންނަން ނުޖެހޭ ކަމަށް ބުނެ ވަކާލާތު ކުރިއެވެ. އަތޮޅުތެރޭގެ ރައްޔިތުން އެ ސިޓީއަށް އަޅުވެތި ކުރި ކުރުމަށް އެންމެ ފުރަތަމަ ދެކޮޅު ހަދައި ބަހުސް ކުރެއްވިއެވެ. އެއްހަމައެއްގައި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ގޮތަށް ކަނޑައަޅައި ރައްޔިތުންގެ އޮޅި ގިރާކޮށް ރައްޔިތުންގެ އަޑު ގައުމަށް އިއްވަދިން ބޭފުޅަކީ މިއަދު ވެސް ގިނަ ރައްޔިތުން އެބޭފުޅަކަށްޓަކައި ''މަރުދޭ'' ރައީސް މުހައްމަދު ނަޝީދެވެ.

އެންމެންގެ ހިތްތަކުގެ ރައީސްގެ ނަމުން ރައީސް ނަޝީދު މަޝްހޫރު ވެގެން ދިޔައީ ސަބަބުތައް ނެތިއެއް ނޫނެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ގާތުން ބައްލަވާ އެ ރަށަކަށް ރައްޔިތުން އެންމެ ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަރައްޤީގެ މަޝްރޫއުތަކަކީ ކޮބައިތޯ ބައްލަވާނެއެވެ. އެ ރަށަކަށް ވަޑައިގެން ރައްޔިތުންގެ "އަޑު" ގާތުން އައްސަވާނެއެވެ.

އެގޮތުން މާލެއަށް ބަރޯސާވުން ކުޑަކުރުމަށް އަތޮޅުތެރޭގެ ރަށްތައް ތަރައްގީ ކުރެއްވުމަށް އަމަލީ ގޮތެއްގައި ފިހިގަނޑުން އެމަނިކުފާނު ކުލަޖެއްސެވިއެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް މަޝްރޫ އަކީ ހުވަދޫ ގޭސް ފިލިންގ ޕްލާންޓްގެ މަޝްރޫއެވެ. މި މަޝްރޫއަކީ އެމަނިކުފާނުގެ ވެރިކަމުގައި ހުވަދު އަތޮޅުގައި ގާއިމު ކުރެއްވުމަށް ނިންމެވި މަޝްރޫއެކެވެ. ގދ. ވާދޫ ތަރައްގީ ކޮށް އެރަށުގެ ރައްޔިތުންނާއި، އަތޮޅުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދިނުމުގެ ވިސްނުމުގައި، ވާދޫގައި ގޭސް ޕްލާންޓެއް ގާއިމުކުރުމުގެ ޚިޔާލު ދެއްވާ ހިންގުމުގެ މޭސްތިރިއަކީ ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ.

ގދ. ވާދޫގައި ގޭސް ފިލިންގ ޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަން ރައީސް ނަޝީދު އިއުލާން ކުރެއްވީ 06 ޖެނުއަރީ 2011 ވަނަ އަހަރުއެވެ. ރައީސް ނަޝީދު މި ނިންމެވުމާއެކު މަސައްކަތްތައް ފެށިގެން ދިޔައެވެ.

އެގޮތުން ގޭސް ފިލިންގ ޕްލާންޓެއް ބިނާ ކުރުމަށް 500000 އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލް އިދާރާ އިން ނިންމިއެވެ. ވާދޫގައި ގޭސް ފިލިންގ ޕްލާންޓެއް ގާއިމް ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިން އެންޑް އިވެލުއޭޝަން ބޯޑަށް ހުށަހެޅިފައިވާ ހުށަހެޅުން ދިރާސާ ކުރެއްވުމަށްފަހު އެއީ އެ ސަރަހައްދުގައި ކުރުމަށް ރަނގަޅުކަމެއް ކަމަށް އެ ބޯޑަށް ފެންނަ ކަމަށް ނިންމައި ހުއްދަ ދީފައިވަނީ 25 ޖެނުއަރީ 2012 ގައެވެ.

މި މަސައްކަތުގެ ދަށުން ގޭސް ފިލިންގ ޕްލާންޓެއް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް އިން ހަމަޖައްސައި ދިނުމަށް އެދި 19 މެއި 2011 ގައި ހުށަހެޅުމާއި ގުޅިގެން އެ ފައިސާ ހަމަޖައްސައި އަންގާފައި ވަނީ 07 ޑިސެމްބަރ 2011 ގައެވެ.

މީގެ އިތުރުން ގޭސް ފިލިންގ ޕްލާންޓް ހެދުމާއި ގުޅޭ ފީސިބިލިޓީ ސްޓަޑީ ހެދުމަށާއި، ގޭހުގެ ޚިދުމަތް ދިނުމާއި ބެހޭ މައުލޫމާތު ހޯދުމަށާއި އެފަދަ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުން ދެނެގަތުމުގެ ގޮތުން ގޭހުގެ ޚިދުމަތް ދެމުންދާ އިންޑިޔާ، ނެދަރލޭންޑް، މެލޭޝިޔާ އަދި ޕިލިޕީންސްގެ ކުންފުނިތަކާއެކު އެކި މަޝްވަރާތައް ކޮށްފައިވެއެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ނަޝީދުގެ ވެރިކަމުގައި ހަލުހިމިނެއްގައި ކުރިއަށްދިޔައެވެ. އެހެންކަމުން ވާދޫގެ ރައްޔިތުން ތިބީ ރަށުގެ އިތުރުން އަތޮޅަށް ލިބޭ ކުރިއެރުންތަކުގެ ސަބަބުން އުފަލުން ފޮޅިފައެވެ.

އަތޮޅަށް ލިބޭ ކުރިއެރުންތަކުގެ ތެރޭގައި ގޭހުގެ ޚިދުމަތް މެދުނުކެނޑި ލިބޭނެ މަގު ފަހިވުމާއި، މަސްވެރި އުޅަނދާއި އެހެނިހެން އުޅަނދުތަކަށް ފަސޭހައިން ޑީސަލް ލިބޭނެ މަގު ފަހިވުމާއި، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ހުޅުވުމާއި، ކައިރި އެހެން އަތޮޅުތަކުގެ މީހުންނަށް ފަސޭހައިން ގޭހާއި ޑީސަލް ލިބޭނެ މަގު ފަހިވުމުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުގެ މީހުންނަށް ގޭސް ހޯދުމަށް ކުރަން ޖެހޭ ޚަރަދު ކުޑަވެގެން ދިއުން ހިމެނެއެވެ. ޚާއްސަ ގޮތެއްގައި ވާދޫ އަށް ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިއުމާއި، ގޭހާއި ޑީސަލަށް ކުރަން ޖެހޭ ޚަރަދު ކުޑަވެގެން ދިއުމާއި، ރަށުގެ އުމްރާނީ ތަރައްގީ އަށް ކުރިއެރުން ލިބުމާއި، އާންމު ދިރިއުޅުމުގެ ފެންވަރު މަތިވުމަށް މަގު ފަހިވުމުގެ އިތުރުން ރަނގަޅު ފެންވަރެއްގެ ބަނދަރެއްގެ ޚިދުމަތް ލިބިގެންދާނެއެވެ.

ވާދޫގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދު ނިންމެވި ނަމަވެސް މަސައްކަތްތައް ކުރިއަށް ދަނިކޮށް އެމަނިކުފާނުގެ ވެރިކަން ވައްޓާލިއެވެ.

ގައުމާއި، ރައްޔިތުންގެ ސަލާމަތްތެރިކަން އިސްކުރައްވާ އެމިކުފާނު އިސްތިއުފާ ދެއްވީއެވެ. އެއްވެސް ހާލަތެއްގައި ކުރިއަށް ގެންދިޔަ މަޝްއޫރުތައް ހުއްޓުވާލާ ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް އެފުށް މިފުށަށް ޖަހާކަށް ނޫނެއެވެ. ނަމަވެސް ކަންތައްތައް ވެގެން ދިޔައީ އެހެން ނޫނެވެ.

އެމަނިކުފާނުގެ ދައުރުގައި ފެށި ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓިގެން ދިޔައެވެ. އެގޮތުން ވާދޫގައި ގޭސް ފިލިންގ ޕްލާންޓެއް ގާއިމް ކުރުމުގެ މަޝްރޫއު ވެސް ހުއްޓިގެން ދިޔައީ އެވެ. މަސައްކަތްތައް ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައެވެ. ރައްޔިތުން އަޑު އަހާނެ ވެރިއެއް ނެތިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުޅި މަޝްރޫއު ގަނޑުބަނޑު ކޮށްލުމެވެ.

ގދ. ތިނަދޫއަކީ އާބާދީ ބޮޑު ރަށަކަށް ވުމާއެކު 2018 ވަނަ އަހަރުގެ އިންތިޚާބީ ވޯޓުގައި ތިނަދޫ ރައްޔިތުންގެ ވޯޓު އިންތިހާއަށް ބޭނުންވާތީ ވާދޫގައި ގާއިމު ކުރުމަށް ނިންމާފައިވާ ގޭސް ފިލިންގ ޕްލާންޓެއް ތިނަދޫގައި ގާއިމް ކުރުމަށް ނިންމިއެވެ.

މި މަޝްރޫއާ ބެހޭ ގޮތުން ފެނަކައިން ބުނީ ކޮވިޑް-19އާ ގުޅިގެން މަސައްކަތް މިވަގުތަށް ހުއްޓިފައިވީ ނަމަވެސް ބޮޑު ބައެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި މަސައްކަތް ފެށިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

ވާދޫގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާ ކުރި މަސައްކަތްތައް ބޭކާރުވެގެން ދިއުމާއި ގުޅިގެން އެ ރަށުގެ ގިނަ ރައްޔިތުން މިއަދު އެކަމުގެ ހިތްހަމަނުޖެހުން އިންތިހާއެވެ. ރަށުގެ ތަރައްގީއަށް ކުރި އުންމީދު ފެނަށް ވެގެންދިއުމާ ގުޅިގެން ވާދޫގެ ރައްޔިތުން ސުވާލު އުފައްދައެވެ. މިކަމުގައި ގައްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދުގެ ނުކުޅެދުންތެރިކަމާއި އިހުމާލު ބޮޑުކަމަށް ބައެއް ރައްޔިތުން ފާހަގަ ކުރެ އެވެ. އެކަމަށްޓަކައި ވާދޫ ރައްޔިތުން އެ މެންބަރަށް ދުވަހަކު ވެސް މާފުނުކުރާނެ ކަމަށް ބުނަމުންދާއިރު، އޭރުގެ ވާދޫ ކައުންސިލްގެ އިހުމާލު ވެސް މިކަމުގައި ބޮޑު ކަމަށް ބައެއް ރައްޔިތުން ގަބޫލުކުރެ އެވެ. ނަމަވެސް މިއަދު ވެސް އެ ރަށުގެ ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށް ދިއުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

ނަމަވެސް ވާދޫ ރައްޔިތުންގެ އިތުރުން ގައުމުގެ ރައްޔިތުންގެ ވެސް ގަބޫލުކުރަން ބޭނުންނުވާ އެއްކަމެއް އޮވެއެވެ. ނަޝީދުގެ ތަސައްވުރެއްގެ ކްރެޑިޓް އެހެން ސަރުކާރަކުން ނަގާތަން ބަލާކަށް ބޭނުމެއް ނުވެއެވެ. އެ ފުރުސަތު ދޭން ބޭނުންނުވާ ކިތަންމެ ރައްޔިތަކު މިއަދު މިގައުމުގައި އެބަތިއްބެވެ. އެގޮތުން ހުވަދޫ އަތޮޅުގެ ކޮންމެ ރަށެއްގައި ގޭސް ފިލިންގ ޕްލާންޓުންގެ މަޝްރޫއު ހިންގި ނަމަވެސް އެ މަޝްރޫއަކީ ރައީސް ނަޝީދު ވިޝަންއެކެވެ. އެ މަޝްރޫއުގެ ހުރިހާ ކްރެޑިޓެއް ރައީސް ޔާމިންގެ ސަރުކާރާއި އެސަރުކާރަށް ސަޕޯޓު ކުރާ ފަރާތްތަކުން ނަގަން މަސައްކަތް ކުރި ނަމަވެސް ހަޤީޤަތް ބަދަލު ކުރެވޭކަށް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަހުވަދޫގެ މުޒާހަރާ އާއި އެކު މަންތާގެ ނިމުމެއް ނެތް އުދާސްތައް ބަންޑުން!

ކުޑަހުވަދޫގެ މުޒާހަރާ އާއި އެކު މަންތާގެ ނިމުމެއް ނެތް އުދާސްތައް ބަންޑުން!

03 އޯގަސްޓު 2022
ދ.ކުޑަހުވަދޫ- މާލެއަށް ތޮއްޖެހުމުގެ ބަދަލުގައި އަތޮޅުގެ ރަށްރަށް ތަރައްޤީކުރުމުގެ މިސާލެއް!

ދ.ކުޑަހުވަދޫ- މާލެއަށް ތޮއްޖެހުމުގެ ބަދަލުގައި އަތޮޅުގެ ރަށްރަށް ތަރައްޤީކުރުމުގެ މިސާލެއް!

27 ސެޕްޓެމްބަރު 2019
ދ.ކުޑަހުވަދޫ - ކުނި މެނޭޖް ކުރުމުގައި ނަމޫނާ ރަށެއް!

ދ.ކުޑަހުވަދޫ - ކުނި މެނޭޖް ކުރުމުގައި ނަމޫނާ ރަށެއް!

15 ސެޕްޓެމްބަރު 2019
ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

ޓިއަރ ގޭސް ކެނިސްޓަރ ވަދެގެން ދިޔައީ މޫނަށް، އަނގައިންނާއި ނޭފަތުން އަރަމުން ދިޔައީ އޮލަ ދުން!

10 ޖޫން 2018
'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް'

'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް'

09 ޖޫން 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު