Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑާއި ދެކޮޅަށް ފެށި ކެމްޕޭން

ކޮވިޑުގައި އިތުރު އެންމެ ފުރާނައެއް ވެސް ގެއްލިގެންދާކަށް ނޭދެން: ރައީސް

ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ޤައުމަކަށް ހެދެން އޮތީ، އެންމެން އެކުގައި މަސައްކަތް ކޮށްގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ސެޕްޓެމްބަރު 2020 | އަންގާރަ 17:49
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު؛ ރައީސް ވަނީ ކޭސްތައް މަދު ނުވެއްޖެނަމަ ސިއްހީ ނިޒާމަށް ނުކަތަފާނެކަމުގެ އިންޒާރު ދެއްވާފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު؛ ރައީސް ވަނީ ކޭސްތައް މަދު ނުވެއްޖެނަމަ ސިއްހީ ނިޒާމަށް ނުކަތަފާނެކަމުގެ އިންޒާރު ދެއްވާފައި

ކޮވިޑް-19 ގައި އިތުރު އެންމެ ފުރާނައެއް ވެސް ގެއްލިގެންދާކަށް ނޭދޭ ކަމަށާއި، މިކަމުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ކޯވިޑް-19" ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، "ކޯވިޑް ހުއްޓުވާނީ އަހަރެން" މި ނަމުގައި މިއަދު ފެށިގެންދާ ކެމްޕެއިން ފައްޓަވައިދެއްވާ ރައީސް ވިދާޅުވީ ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ޤައުމަކަށް ހެދެން އޮތީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، މި ބަލި ފެތުރުން ކޮންޓްރޯލް ކޮށްގެން ކަމަށާއި ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ވަކިން ޚާއްޞަކޮށް، ޒަރޫރީ ކަމެއްގައި ނޫނީ، ޢާންމުންގެ ތެރެއަށް ނުނިކުތުމާއި، ނުކުންނަން ޖެހުނަސް، މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުން އަދި ގިނަގިނައިން އަތް ދޮވުމާއެކު، ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ މިހާރު ވެސް މިބަލީގައި ރާއްޖެއިން 29 މީހަކު އަޅުގަނޑުމެންނާ ވަކިވެއްޖެ ކަމަށާއި، އޭގެތެރެއިން ވެސް ގިނައީ، ޢުމުރުން ދުވަސްވީ އިސް ރަށްވެހިން ކަމަށެވެ. އަދި މިއީ އެ ބޭފުޅުންގެ ޢާއިލާތަކަށް ވެސް، އަދި މުޅި ޤައުމަށް ވެސް ލިބޭ ވަރަށް ބޮޑު ހިތާމައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަންޒަރު އެބަ ފެންނަ ކަމަށާއި، ދިވެހި ނޫސްވެރިންނަށް ވެސް އެ މަންޒަރު ވަރަށް ގާތުން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮވިޑް ފެތުރުމާ ދެކޮޅަށް، ރާއްޖޭގެ މީޑިއާތައް މި ތެދުވީ، ކަމުގެ ނުރައްކާތެރިކަމާއި، ޤައުމަށް ލިބިދާނެ ގެއްލުން، ދިވެހި ނޫސްވެރިންނަށް ވަރަށް ރަނގަޅަށް ތަޞައްވަރު ކުރެވޭތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިންނަކީ، ޤައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެއް ކަމަށާއި، އިޤްތިޞާދީ ގޮތުންވިޔަސް، ނުވަތަ ސިޔާސީ ގޮތުންވިޔަސް، ޤައުމަށް ލޮޅުން އަރައިގެންދާ ކޮންމެ ދަނޑިވަޅެއްގައި، އަމާން އައްސޭރިއަކަށް ޢާންމު ރައްޔިތުން ގެންގޮސް ދިނުމުގައި، ދިވެހި ނޫސްވެރިން އަދާކޮށްފައިވަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު