Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިލްވާ ކޮވިޑް-19 އަށް ޕޮޒިޓިވްވުން

ޑޭވިޑް ސިލްވާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

31 އޯގަސްޓު 2020 | ހޯމަ 17:46

ސިލްވާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޕްރީ-ސީޒަން ފެށުމުގެ ކުރިން ކުރިއަށް ގެންދިޔަ ޓެސްޓުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 އޯގަސްޓު 2020 | ހޯމަ 17:46
ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ސޮސިއެޑާޑްގެ ޖާޒީގައި

ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ސޮސިއެޑާޑްގެ ޖާޒީގައި

ދާދި ފަހުން ރެއާލް ސޮސިއެޑާޑަށް ބަދަލުވި ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސިލްވާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ސޮސިއެޑާޑުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ކުލަބުން ހާމަކުރި ގޮތުގައި ސިލްވާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޕްރީ-ސީޒަން ފެށުމުގެ ކުރިން ކުރިއަށް ގެންދިޔަ ޓެސްޓުންނެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، ސިލްވާގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށްވެސް ސޮސިއެޑާޑުން ވަނީ ހާމަކޮށްފައެވެ.

ސިލްވާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ މިހާރު ވަނީ ސެލްފް-އައިސޮލޭޝަނަށް ބަދަލުވެފައެވެ. އަދި ސޮސިއެޑާޑްގެ ފަރިތަކުރުންތަކަށް ސިލްވާ ނުކުންނާނީ 14 ދުވަސް ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު އުމުރުން 34 އަހަރުގެ ސިލްވާ ސޮސިއެޑާޑާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އުފަން ގައުމު ކަމަށްވާ ސްޕެއިނަށް ބަދަލުވާން ސިލްވާ ނިންމީ ކެރިއަރުގެ ފަހު ކޮޅުގައި އުފަން ގައުމުގައި އާއިލާއާ އެކުގައި ގިނަ ވަގުތު ހޭދަކުރުމަށެވެ.

ވެލެންސިއާއިން 2010 ވަނަ އަހަރު ސިޓީއަށް ބަދަލުވި މިޑްފީލްޑަރު ސިޓީ ދޫކޮށް ސޮސިއެޑާޑަށް ބަދަލުވިއިރު، އޭނާ ވަނީ ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. ސިޓީއަށް ކުޅެދިން 436 މެޗުގައި 77 ލަނޑު ކާމިޔާބުކޮށްފައިވާ ސިލްވާ ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދުމުގެ އިތުރަށް އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ސިޓީއަށް ސިލްވާ ކޮށްދިން ޚިދުމަތް ބަލައިގަނެ އެ ޓީމުން ވަނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް ބޭރުގައި ސިލްވާގެ ސްޓެޗޫއެއް ބަހައްޓަން ނިންމާފައެވެ.

އުމުރުން 16 އަހަރުން ފަށައިގެން ސްޕެއިންގެ ގައުމީ ޓީމުތަކަށް ކުޅުނު ސިލްވާ ވަނީ ސްޕެއިންގެ ސީނިއާ ޓީމަށް ކުޅުނު 125 މެޗުގައި 35 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ސްޕެއިން ގައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް އެއް ފަހަރު އަދި ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ސިޓީ ދޫކޮށް އަންނަ ސީޒަނަށް ސޮސިއެޑާޑާ ސިލްވާ ގުޅުނުއިރު، އެޓީމުން ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ހަވަނައިގައި ނިންމައި، އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުން ޖާގަ ހޯދާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް