Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްސަލަ

މޭޖާ ޖެނެރަލް ޝިޔާމްގެ މައްސަލަ އަލުން ބެލުމަށް އޭސީސީއަށް ޕީޖީ އަންގަވައިފި

އޭނާގެ ދިރިއުޅުން އެތަނުގައި ހަމަޖެހުނީ މޭޖަރ ޖެނެރަލްގެ އެންގުމުގެ މަތިން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 އޯގަސްޓު 2020 | ބުދަ 15:08
އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް

އެމްއެންޑީއެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އެމްއެންޑީއެފްގެ ވީ.އައި.ޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލަ އަލުން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއަށް) ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އަންގަވައިފިއެވެ.

މި މައްސަލަ އޭސީސީން އޭރު ތަހުޤީޤުކޮށް، މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް އޭރު އޭސީސީން ވަނީ ނިންމާފައެވެ. އެގޮތުން އޭރު އޭސީސީން މި މައްސަލަ ނިންމައި އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، ކ ވިލިނގިލީގައި ހުންނަ ކޯސްޓްގާރޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އިމާރަތް ހުންނަ ގޯތީގައިވާ ވީ.އައި.ޕީ ގޭގައި ޝިޔާމްގެ ބައްޕަ ދިރިއުޅުނު ކަމާއި، އޭނާގެ ދިރިއުޅުން އެތަނުގައި ހަމަޖެހުނީ މޭޖަރ ޖެނެރަލްގެ އެންގުމުގެ މަތިން ކަމަށެވެ.

ސިފައިން ގޭގައި އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ވީ.އައި.ޕީ ގޭގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ކޯސްޓްގާރޑުގެ ކޮމާންޑަރު އަންގާ ގޮތެއްގެ މަތިން އެކި ފަރާތްތަކުގެ ހުރުމުގެ ކަންތައްތައް ހަމަޖެހޭކަމަށް ކޮމިޝަނަށް ލިބިފައިހުރި ލިއެކިއުންތަކުންނާއި، ކޮމިޝަނުގެ ތަހުޤީޤަށް ލިބިފައިވާ މައުލޫމާތުން އެނގޭކަންވެސް ބަޔާން ކޮށްފައިވެއެވެ.

އެއާއެކު ވީ.އައި.ޕީ ގޭގައި މޭޖަރ ގެ ބައްޕަގެ ދިރިއުޅުން ހަމަޖައްސާފައިވަނީ އެ ފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަޤްސަދުގައިކަމަށް ނުބެލެވޭކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމަށް އޭސީސީން އޭރު ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް މި މައްސަލަ އަލުން ބެލުމަށް ޕީޖީ ހުސައިން ޝަމީމް ވަނީ އޭސީސީއަށް އަންގަވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު