Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުލަމް ޕްރިމިއާ ލީގަށް ޕްރޮމޯޓްވުން

ފުލަމް އަލުން ޕްރިމިއާ ލީގަށް

5 އޯގަސްޓު 2020 | ބުދަ 07:42

ބްރެންޓްފޯޑް އަތުން ފުލަމް މޮޅުވީ 2-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 އޯގަސްޓު 2020 | ބުދަ 07:42
އީއެފްއެލް ޗެމްޕިއަންޝިޕްގެ ޕްލޭއޮފް މެޗު ކާމިޔާބުކޮށް ފުލަމްއިން ތަށި އުފުލާލަނީ

އީއެފްއެލް ޗެމްޕިއަންޝިޕްގެ ޕްލޭއޮފް މެޗު ކާމިޔާބުކޮށް ފުލަމްއިން ތަށި އުފުލާލަނީ

އީއެފްއެލް ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން) ގެ ޕްލޭއޮފް މެޗުން ބްރެންޓްފޯޑް ބަލިކޮށް ފުލަމް އަލުން އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެއެވެ.

އީއެފްއެލް ޗެމްޕިއަންޝިޕްގެ ޕްލޭއޮފް މެޗަކީ ދުނިޔޭގެ އެންމެ އަގު ބޮޑު މެޗެވެ. އެގޮތުން މި މެޗު ކާމިޔާބުކުރާ ޓީމަކަށް ޖުމްލަ 220 މިލިއަން ޑޮލަރު ލިބެއެވެ. އޭގެ ބަދަލުގައި ޔުއެފާ ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދާ ޓީމަކަށް ގިނަވެގެން 90 މިލިއަން ޑޮލަރު ލިބޭއިރު، ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ލިބެނީ 38 މިލިއަން ޑޮލަރެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު އީއެފްއެލް ޗެމްޕިއަންޝިޕްގެ ޕްލޭއޮފް މެޗުން ފުލަމް މޮޅުވީ ބްރެންޓްފޯޑް އަތުން 2-1 ންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފުލަމްއިން ވަނީ ލީޑު ނަގާފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޯއި ބްރަޔަންއެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖޯއި ބްރަޔަން ވަނީ އިތުރު ލަނޑެއް ފުލަމްއަށް ކާމިޔާބުކޮށްދީފައެވެ. މެޗުގައި ބްރެންޓްފޯޑުން ޖެހި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހެންރިކް ޑަލްސްގާޑެވެ.

މި މެޗުން މޮޅުވެ އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ފުލަމް ޕްރޮމޯޓް ވިއިރު، އެޓީމު އެންމެ ފަހުން ޕްރިމިއާ ލީގުގައި ވާދަކޮށްފައިވަނީ 2018-2019 ވަނަ އަހަރުގެ ސީޒަނުގައެވެ. ސްކޮޓް ޕާކާގެ އިރުޝާދުގެ ދަށުން ފުލަމް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވިއިރު، އޭނާ ޓީމާ ހަވާލުވެފައިވަނީ މިދިޔަ ސީޒަނުގެ މެދުތެރެއިން ކްލައުޑިއޭ ރަނިއޭރީގެ ބަދަލުގައެވެ.

އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ދެވަނަ ޑިވިޝަނުން ޕްރޮމޯޓް ވެފައިވަނީ ފުލަމްގެ އިތުރުން އީއެފްއެލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ލީޑްސް ޔުނައިޓެޑާއި ވެސްޓް ބްރޮމްއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް