Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާގައި މެސީ މަޑުކުރުން

ބާސާގެ އެއްބަސްވުން މެސީ އާކުރާނެ ކަމުގެ ޝައްކެއް ނެތް: ބާޓޮމެއޫ

27 ޖުލައި 2020 | ހޯމަ 09:23

އަންނަ ސީޒަނުގައި މެސީގެ އެއްބަސްވުން ހަމަވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 ޖުލައި 2020 | ހޯމަ 09:23
ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ އެކުގައި

ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ އެކުގައި

ބާސެލޯނާގެ އެއްބަސްވުން ލިއޮނެލް މެސީ އާކުރާނެ ކަމުގެ އެއްވެސް ޝައްކެއް ނެތް ކަމަށް އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެއެވެ.

ބާސާއާއެކު 2017 ވަނަ އަހަރު އުމުރުން 33 އަހަރުގެ މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުން މެސީ ބޭނުންވަނީ އަންނަ ސީޒަނުގައި އެއްބަސްވުން ހަމަވުމުން ކްލަބު ދޫކޮށްލާށެވެ. އެގޮތުން ބާސާގެ ނިންމުންތަކުގައި މެސީގެ ނުފޫޒު އޮންނަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަށް ހުއްޓުވަން އެ ކްލަބުގެ ބޯޑުން މަސައްކަތް ނުކުރާތީ އާއި، ބާސާގެ ބައެއް ބޯޑު މެމްބަރުން އިސްވެ އެ ޓީމުގެ ކުރީގެ ތަރިންނާއި މިހާރުގެ ބައެއް ކުޅުންތެރިންގެ އަގު ވައްޓާލަން ސޯޝަލް މީޑިއާގައި މަސައްކަތް ކުރާތީ މެސީ ބާސާގައި މަޑުކުރަން ބޭނުންނުވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބާޓޮމެއޫ ވިދާޅުވީ މީގެ ކުރިންވެސް ބާސާގައި ކެރިއަރު ނިންމާލަމް ބޭނުންވާކަން މެސީ އެތައް ފަހަރަކު ހާމަކޮށްފައިވާ ކަމަށާއި، އެހެންކަމުން އެ ކްލަބުގެ އެއްބަސްވުން މެސީ އާކުރާނެ ކަމުގެ އެއްވެސް ޝައްކެއް އޭނާއަށް ނެތް ކަމަށެވެ.

އަންނަ އަހަރު މެސީގެ އެއްބަސްވުން ހަމަވާއިރު، އޭނާގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ މެސީގެ ބައްޕަ ޖޯޖް މެސީއާއެކު ބާޓޮމެއޫ މަޝްވަރާކުރި ކަމަށާއި، އިތުރު ދެ އަހަރަށް ބާސާގެ އެއްބަސްވުން އާކުރަން މެސީ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް އޭގެ ފަހުން ރިޕޯޓުކުރިއިރު، އޭނާ ހޯދުމަށް އިންޓަ މިލާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ސީޒަން ނިމުމުން އިންޓައަށް މެސީ ބަދަލުވާން އުޅޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓުކުރި ނަމަވެސް، އެފަހަރު މެސީ ވަނީ އެކަން ދޮގު ކޮށްފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް އެންމެ ފުރަތަމަ އަޑުފެތުރުނީ، ބާސާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި މެސީއާ ދެމެދު މައްސަލަ ޖެހުމުންނެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު 4 ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް 6 ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް