Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝުޖާޢު އުޘްމާނު ސަސްޕެންޑް ކޮށްފި

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނު 2 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

މީގެ އިތުރުން ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ވެސް ވަނީ ސަސްޕެންޑް ކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖުލައި 2020 | ބުދަ 14:05
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނު؛ 2 މަސް ދުވަހަށް މަސައްކަތުން އޭނާ ވަނީ ދުރުކޮށްފައި

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާނު؛ 2 މަސް ދުވަހަށް މަސައްކަތުން އޭނާ ވަނީ ދުރުކޮށްފައި

ނުފޫޒު ބޭނުންކޮށްގެން އެތައް ކަމެއް ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނު ދެ މަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބުދަ ދުވަހު ބޭއްވި މިއަހަރުގެ 52 ވަނަ ބައްދަލުވުމުގައި ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާނާއި ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ބ) އަދި (ލ) އާ ޙަވާލާދީ، ވަގުތީގޮތުން 60 ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މި ބަޔާނުގައި ބުނެފައިވަނީ ހައިކޯޓުގެ އިސްފަނޑިޔާރު އޝުޖާޢު އުޘްމާނުގެ މައްޗަށް އެ ކޮމިޝަނުން ތަޙްޤީޤު ކުރަންމުންދާ މައްސަލަ އަކީ، 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ގއ. ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި ކަމަށާއި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރިމީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާ ކޮށްފައިވާކަމަށް ހުށަހެޅިފައިވާ މައްސަލައެވެ.

މި މައްސަލައަކީ މައްސަލައިގެ ތަޙްޤީޤު ނިންމުމަށްފަހު، ތަޙުޤީޤު ރިޕޯޓުގައިވާ ކަންކަމަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ ފުރުސަތާއެކު 20 ޖުލައި 2020 ވަނަ ދުވަހު ތަޙުޤީޤު ރިޕޯޓު ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާންއާ ޙަވާލުކޮށްފައިވާ މައްސަލައެކެވެ.

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ މައްޗަށް ތަޙްޤީޤު ކުރަމުންދާ މައްސަލަތަކަކީ، 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ ފަރާތުގެ ޤާނޫނީ ވަކީލަކާ ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު، ގއ. ވިލިނގިލީގައި ބައްދަލު ކުރިކަމަށް ހުށަހަޅާފައިވާ މައްސަލައާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި، ގއ. ވިލިނގިލީ ސީނާގޭގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައިވެރިވެފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައެއް ހިމެނެއެވެ.

އަދި 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި، ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްފައިވަނިކޮށް، "ދެން ގެނަޔަސް 15 ދުވަސް ޖަހާނެކަމަށް" އެމީހުންނާ ދިމާލަށް ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބުނެފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާއި، 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ގއ.ވިލިނގިލީ ކެފޭއެއްގެ ތެރޭގައި މީހަކާ ދިމާއަށް "އަހަރެމެންކޮޅަށް ވޯޓު ލިބޭނެހޭ" ބުނެ ވަކި ސިޔާސީ ފިކުރަކަށް ތާޢީދު ކުރާކަން ފާޅުކޮށްފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައެވެ.

މި މައްސަލަތަކުގެ ތަޙުޤީޤަށް އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ ބަޔާން ނަގައި މައްސަލައިގެ ތަޙްޤީޤު ކޮމިޝަނުން ކުރިއަށް ގެންދާކަމުގައި ޖޭއެސްސީން ބުނެފައިވެއެވެ.

އަދި ކޮމިޝަނުން ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާޢު އުޘްމާން ވަގުތީ ގޮތުން މަސައްކަތުން ދުރުކުރުމަށް ނިންމުމާގުޅިގެން، ހައިކޯޓު ހިންގުން ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާ ޙަވާލުކުރުމަށް ކޮމިޝަނުގެ ޖަލްސާއިން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު