Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކިތުނާއަށް ރިލީޒް ނުލިބުން

ރިސޯޓުން ރިލީޒް ނުލިބޭތީ ކިތުނާއަށް ފަރިތަކުރުންތަކަށް ނުނިކުމެވިފައި

ކިތުނާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް މުޅިން އަލަށް ނަގާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ޖުލައި 2020 | ބުދަ 13:45
މީގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ފޯވާޑް އާދަމް ނިޒާމް (ކިތުނާ)

މީގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގައި ފޯވާޑް އާދަމް ނިޒާމް (ކިތުނާ)

ރިޒޯޓުން އަދިވެސް ރިލީޒް ނުދޭތީ، ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކަށް އަދިވެސް ނުނިކުމެވޭ ކަމަށް ފޯވާޑް އާދަމް ނިޒާމް (ކިތުނާ) ބުނެފިއެވެ.

މިއަހަރު ބޭއްވި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކިތުނާ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް މުޅިން އަލަށް ނަގާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމީ ޓީމުން މާޗު މަހު ފަރިތަކުރުންތައް މެދުކަނޑާލިއިރު، މި މަހުގެ ކުރީކޮޅު އަލުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެމުން ކިތުނާ ބުނީ އަދި މިހާތަނަށް އޭނާ މަސައްކަތް ކުރަމުން އަންނަ ސޮނެވާފުށި ރިޒޯޓުން ރިލީޒް ދީފައިނުވާ ކަމަށާއި، ރިސޯޓުން ވީއްލިހާ އަވަހަކަށް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ތައްޔާރަށް ހުރި ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެ.އެމްވީއާ ވާހަކަދައްކަމުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ކިތުނާގެ ރިލީޒް ހޯދުމުގެ މަސައްކަތް ސްޕޯޓްސް ކޮމިޝަނުން ކުރައްވަމުންދާ ކަމަށާއި، އެކަން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ ސަމާލުކަމަށްވެސް ގެންނަވާފައިވާނެ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ކިތުނާ މަސައްކަތް ކުރަމުން އަންނަ ސޮނެވާފުށި ރިސޯޓަށްވެސް ފަތުރުވެރިން ޒިޔާރަތްކުރަން ފަށާފައިވުމާއެކު، ކިތުނާއަށް ރިލީޒް ދިނުމަށް ރިސޯޓުން ދެކޮޅު ހަދާފައިވަނީ މުވައްޒަފުންގެ ދަތިކަމާ ގުޅިގެންނެވެ.

ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް 32 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ފުޓްބޯޅަ ޓީމުން ފަރިތަކުރަމުން އަންނައިރު، ދެވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކާ، މިހާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވެފައިވާ ކިތުނާއަށް ގައުމީ ސްކޮޑުން ޖާގައެއް ދިން އެއް ސަބަބަކީ، މާޒިޔާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް އަސަދުﷲ އަބްދުﷲއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހުމުންނެވެ. އަސަދުﷲއަށް އަނިޔާވީ އޭއެފްސީ ކަޕް ޕްލޭއޮފްގައި މާޒިޔާ އަދި ބެންގަލޫރު އެފްސީ މާލޭގައި ބައްދަލުކުރި މެޗުގެ ތެރެއިންނެވެ.

ކޮވިޑް-19 ގެ ސަބަބުން ފަސްކުރި ކޮލިފައިންގ މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހަށް ތާވަލު ކޮށްފައއިވާއިރު، ރާއްޖެ އާއި ޗައިނާގެ މެޗު މިހާރު ވަނީ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހަށް ތާވަލު ކޮށްފައެވެ. މީގެ އިތުރުން ރާއްޖެ އާއި ސީރިއާ ކުޅޭ މެޗު އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހަށް މާލޭގައި ކުޅުމަށް ތާވަލު ކޮށްފައިވާއިރު، ރަށުން ބޭރުގައި ފިލިޕީންސް އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަރިތަކުރުންތަކަށް ނުކުންނަން ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ ދެކޮޅު ހަދައިފި

ފަރިތަކުރުންތަކަށް ނުކުންނަން ވަޓްފޯޑުގެ ކެޕްޓަން ޓްރޯއި ޑީނީ ދެކޮޅު ހަދައިފި

19 މެއި 2020
ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ޕްރިމިއާ ލީގުގެ ކްލަބުތައް ފަރިތަކުރުންތަކަށް ނުކުންނަނީ

ކުދި ގްރޫޕްތައް ހިމެނޭ ގޮތަށް ޕްރިމިއާ ލީގުގެ ކްލަބުތައް ފަރިތަކުރުންތަކަށް ނުކުންނަނީ

19 މެއި 2020
ރިސޯޓުން ރިލީޒް ދިނުމުން ކިތުނަ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް

ރިސޯޓުން ރިލީޒް ދިނުމުން ކިތުނަ ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް

01 މާރިޗު 2020
ގޯމޭޒް އެނބުރި ފަރިތަކުރުންތަކަށް

ގޯމޭޒް އެނބުރި ފަރިތަކުރުންތަކަށް

29 ޖެނުއަރީ 2020
ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!

ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!

05 ފެބުރުއަރީ 2019

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު