Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޮޑުފިނޮޅުގައި ހިނގާ ދިޔަ ހަމަނުޖެހުން

ބޮޑުފިނޮޅު މައްސަލަ: ކުންފުނިން ބުނީ މިއީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ބެލޭނެ މައްސަލައެއް ނޫންކަމަށް

މި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހުގެރޭ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖުލައި 2020 | ބުދަ 18:55
ބޮޑުފިނޮޅުގައި ހިނގާ ދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ދިޔަ ފުލުހުން ރަށުގައި ހަރަކާތްތެރިވަނީ

ބޮޑުފިނޮޅުގައި ހިނގާ ދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ދިޔަ ފުލުހުން ރަށުގައި ހަރަކާތްތެރިވަނީ

ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހިންގި ހަމަނުޖެހުމާ ގުޅިގެން އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ކުރެވޭ މައްސަލައަކީ ބ ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހުގެރޭ އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާއިރު، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގައި މި މައްސަލަ ބެއްލެވި ބ ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙުމަދު ލަތީފުގެ މައްސަލަތަކެއް އާރް.އައި.އެކްސްގެ ފަރާތުން ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށައަޅާފައެވެ.

އެގޮތުން ކުންފުނިން ޖޭއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުންފުނިން އިޖުރާއީ ގޮތުން 6 ނުކުތާއެއް ފާހަގަ ކޮށްފައިވާއިރު، އެންމެ ނުކުތާއަކަށް ގޮތެއް ނިންމެވުމަށްފަހު ވަގުތީ އަމުރަށް ޖަވާބުދާރީވުމަށް ފުރުސަތު ނުދީ އަދި ކުންފުނިން އިއުތިރާޒު ކުރަމުން ދަނިކޮށް އަޑުއެހުން މެދުކެނޑިގެން ދިޔަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކޯޓަށް ގުޅުމުން ޖަވާބު ދެއްވާފައި ނުވާކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާއަށް އަލިއަޅުވާލައްވާ ކުންފުނިން ބުނީ، ޤާނޫނުގައި މެޖިސްޓްރޭޓް ކޯޓުގެ ސަރަޙައްދީ އިޙުތިޞާސްތައް ބަޔާން ކޮށްފައިވާއިރު، މެޖިސްޓްރޭޓް ކޯޓަށް ހުށައެޅޭނީ އެ ކޯޓަކީ ދައުވާ ލިބޭ ފަރާތުގެ ދާއިމީ އެޑްރެސް ހުންނަ ދާއިރާގެ ކޯޓަކަށްވުމުން ކަމަށެވެ. އެހެން ނަމަވެސް އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީ ކުރެވިފައި ވަނީވެސް އަދި ކުންފުނީގެ ހެޑް އޮފީސް ހިންގަމުން ދަނީވެސް ކ މާލޭ އެޑްރެހެއްގައިކަން ބަޔާން ކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުންފުނީގެ ޤާނޫނީ ވަކީލު ވިދާޅުވީ، މި މައްސަލަ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި، މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ ސިވިލް ކޯޓުގައި ކަމަށެވެ.

ބޮޑުފިނޮޅުގައި ބިދޭސީން މުޒާހަރާ ކޮށްފައިވަނީ މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވުމުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ. އެގޮތުން ޖުލައި ދެވަނަ ދުވަހުގެ ހެނދުނު 09:30 ހާއިރު އެ ރިސޯޓުގައި މަސައްކަތް ކުރާ 15 ދިވެހިން ރިސޯޓުން ފޭބުމަށް މަސައްކަތް ކުރުމުން އެ ރިސޯޓުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު އެކަމަށް ހުރަސް އަޅާ، އެމީހުން ރިސޯޓުން ފޭބިޔަ ނުދިން ކަމުގައި މައުލޫމާތު ފުލުހުންނަށް އޭރު ލިބުނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު