Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސާއިން ކުޓީނިއޯ ވިއްކާލުން

އާސެނަލް ނުވަތަ ނިއުކާސަލަށް ކުޓީނިއޯ ވިއްކާލަނީ

ބާސާއިން ކުޓީނިއޯ ވިއްކާލަނީ ލަޓާރޯ މާޓިނޭޒް ގަތުމަށް ޚަރަދުކުރަން ޖެހޭތީ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 ޖުލައި 2020 | އަންގާރަ 14:08
ބަޔާންގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ: ބާސާއިން އަންނަނީ އޭނާ ވިއްކާލަން މަސައްކަތް ކުރަމުން

ބަޔާންގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ: ބާސާއިން އަންނަނީ އޭނާ ވިއްކާލަން މަސައްކަތް ކުރަމުން

އާސެނަލް ނުވަތަ ނިއުކާސަލް ޔުނައިޓެޑަށް ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ ވިއްކާލަން ބާސެލޯނާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނީ ބަޔާން މިއުނިކަށެވެ. ލޯނު އެއްބަސްވުން ހަމަވެ 110 މިލިއަން ޕައުންޑަށް ކުޓނިއޯ ގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން ބަޔާނުން ހިފާފައެއް ނުވެއެވެ. އެހެންކަމުން އަންނަ ސީޒަނަށް ބާސާއިން ކުޓީނިއޯ ވިއްކާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ބާސާއިން ކުޓީނިއޯ ވިއްކާނީ އާސެނަލް ނުވަތަ ނިއުކާސަލް ޔުނައިޓެޑަށް ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ދެ ކްލަބުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީންވެސް އަންނަނީ ކުޓީނިއޯ ގަތުމަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ކުޓީނިއޯގެ އޭޖެންޓް ވަނީ ކުރިއަށް އޮތް ސީޒަނަށް އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވާން ކުޓީނިއޯ ބޭނުންވާކަން ހާމަކޮށްފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން ކުޓީނިއޯ ވިއްކާލަން މަސައްކަތް ކުރަމުން އަންނަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އިންޓަ މިލާނުގެ ފޯވާޑް ލަޓާރޯ މާޓިނޭޒް ގަތުމަށް ޚަރަދުކުރަން ޖެހޭތީއާއެކުއެވެ. އެކަމަކު މީގެ ކުރިން ބާސާގެ ކޯޗު ކިކޭ ސެޓިއެން ވަނީ ކުޓީނިއޯ އަންނަ ސީޒަނުގައި ބާސާގައި މަޑުކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެފައެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލުން 142 މިލިއަން ޕައުންޑަށް ބާސާއަށް ބަދަލުވި ކުޓީނިއޯއަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވެއެވެ. އެގޮތުން ކުޓީނިއޯ ބާސާގައި ކުޅުނު 76 މެޗުގައި ޖެހިފައިވަނީ 21 ލަނޑެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ބަޔާނަށް ބަދަލުވި ކުޓީނިއޯއަށް އެޓީމަށް ކުޅެދިން 34 މެޗުގައި ކާމިޔާބުކރެވިފައިވަނީ އެންމެ 9 ލަނޑެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު