Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެވަޓަން ބަލިކޮށް ޓޮޓެންހަމް އަށްވަނައަށް

އެވަޓަން އަތުން ޓޮޓެންހަމް މޮޅުވީ 1-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 7 ޖުލައި 2020 | އަންގާރަ 06:53
ޓޮޓެންހަމާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 1-0 ން

ޓޮޓެންހަމާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 1-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން ބަލިކޮށް ތާވަލުގެ އަށްވަނައަށް ޓޮޓެންހަމް ހޮޓްސްޕާ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 24 ވަނަ މިނެޓުގައި އެވަޓަންގެ މައިކަލް ކީން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ނަތީޖާ އެއްވަރުކުރަން އެވަޓަންއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އެވަޓަންގެ ރިޗާލިސަން އާއި ޑޮމިނިކް ކަލްވެޓް-ލެވިން ފޮނުވާލި ހަމަލާތައް ކާމިޔާބެއްނުވިއެވެ.

މި މެޗުގައި ޓޮޓެންހަމްގެ ކެޕްޓަން ހޫގޯ ލޮރިސް އާއި އެ ޓީމުގެ ފޯވާޑް ސޮން ހެއުން-މިންގެ ދެމެދުގައި ވަނީ ކޯޅުމެއް ހިނގާފައެވެ.

ލޮރިސް ހިތްހަމަނުޖެހުނީ ފުރަތަމަ ހާފުގެ ފަހު ވަގުތު އެވަޓަންގެ ކުޅުންތެރިން އެޓޭކު ކުރަމުން ދިޔައިރު، ބޯޅަ ހޯދަން ސޮންގެ ފަރާތުން އެކަށީގެންވާ ވަރުގެ މަސައްކަތެއް ނުފެނުމުންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމާއެކު ލޮރިސް ވަނީ ސޮންއާ ދިމާލަށް ގޮސްފައެވެ. އެކަމަކު އެ ވަގުތު ޖިއޮވާނީ ލޮ ސެލްސޯ އާއި މޫސާ ސިސޯކޯ ވަނީ އެ ދެ ކުޅުންތެރިން ދެމެދަށް ވަދެ ދުރުކޮށްފައެވެ،

މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ލޮރިސް އާއި ސޮންގެ ފަރާތުން ފެނިގެންދިޔައީ އެ ކުޅުންތެރިން މި މެޗުން މޮޅުވާން ބޭނުންވެފައި ތިބި މިންވަރު ކަމަށާއި އެ ކަންތައްތައް ފެނުމުން އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމަށެވެ.

އެވަޓަން އަތުން ހޯދި މޮޅާއެކު ޓޮޓެންހަމް ތާވަލުގެ އަށްވަނައަށް ޖެހިލީ ކުޅުނު 33 މެޗުން 48 ޕޮއިންޓު ހޯދައިގެންނެވެ.

އަދި މި މޮޅާއެކު މޮރީނިއޯ ވަނީ އޭނާގެ ކޯޗިންގ ކެރިއަރުގައި ޕްރިމިއާ ލީގުގައި 200 މޮޅު ހަމަކޮށްފައެވެ. މޮރީނިއޯ އެ އަދަދަށް މޮޅު ހަމަކުރީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމަށް ކޯޗުކޮށްދިން 326 މެޗުންނެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު