Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ވިޔަރެއާލް ބަލިކޮށް ބާސާއިން ފަރަގު ކުޑަކޮށްފި

ވިޔަރެއާލް އަތުން ބާސާ މޮޅުވީ 4-1 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 6 ޖުލައި 2020 | ހޯމަ 07:24
ވިޔަރެއާލް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 4-1 ން

ވިޔަރެއާލް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 4-1 ން

ވިޔަރެއާލް ބަލިކޮށް ބާސެލޯނާއިން ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުގެ ފަރަގު ކުޑަކޮށްފިއެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ރެއާލް މެޑްރިޑް ވަނީ އެތުލެޓިކް ބިލްބާއޯ 1-0 ން ބަލިކޮށް ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެކަމަކު ދަންވަރު ކުޅުނު މެޗުން ބާސާ ވަނީ 4-1 ން ވިޔަރެއާލް ބަލިކޮށް، ރެއާލްގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށް އުންމީދު އާކޮށްފައެވެ.

ވިޔަރެއާލްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ މެޗުގެ ތިންވަނަ މިނެޓުގައި ވިޔަރެއާލްގެ ޕައޫ ޓޮރޭސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު މެޗުގެ 14 ވަނަ މިނެޓުގައި ޖެރާޑް މޮރޭނޯގެ ލަނޑުން ވިޔަރެއާލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

އޭގެ ފަހުން ބާސާއިން މެޗު ޑޮމިނޭޓު ކުރިއިރު، މެޗުގެ 20 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީ ދިން ބޯޅައަކުން ބާސާއަށް އަލުން ލީޑު ނަގައިދިނީ ފޯވާޑް ލުއިސް ސުއަރޭޒްއެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މެސީގެ އެހީއާއެކު އެންޓޮއިން ގްރީޒްމަން ވަނީ ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 69 ވަނަ މިނެޓުގައި މެސީ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ބޯޅަ ހޯދިއިރު އާޓޫރޯ ވިޑާލް އޮފްސައިޑުގައި ހުރުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރޫ (ވީއޭއާރް) ން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަންސޫ ފާޓީއެވެ.

މި ނަތީޖާތަކާއެކު ރެއާލް އެއްވަނައިގައި އޮތީ 34 މެޗުން 77 ޕޮއިންޓާއެކުއެވެ. ބާސާ ދެވަނައިގައި އޮތީ 34 މެޗުން 73 ޕޮއިންޓާއެކުއެވެ. ދެ ޓީމަށްވެސް ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު