Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީ، ޔުނައިޓެޑް އަދި އާސެނަލަށްވެސް މޮޅެއް

5 ޖުލައި 2020 | އާދީއްތަ 07:32

ވަޓްފޯޑް އަތުން ޗެލްސީ މޮޅުވީ 3-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޖުލައި 2020 | އާދީއްތަ 07:32
ޗެލްސީ އާއި ވަޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 3-0 ން

ޗެލްސީ އާއި ވަޓްފޯޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޗެލްސީ މޮޅުވީ 3-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލްވެސް މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ވަޓްފޯޑް ބަލިކޮށް، ތާވަލުގެ ހަތަރުވަނަ މަގާމު ދަމަހައްޓާފައެވެ.

މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ރޮސް ބާކްލީ ދިން ޕާހަކުން އޮލިވިއޭ ޖިރޫޑް ޗެލްސީއަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ ވިލިއަންއެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިޗަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ރޮސް ބާކްލީއެވެ.

ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ޔުނައިޓެޑް ހޮނިހިރު ދުވަހުގެރޭ ވަނީ އަމިއްލަ ދަނޑުގައި ބޯންމަތު އަތުން 5-2 ން މޮޅުވެފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޯންމަތުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ބޯންމަތަށް ލީޑު ޖޫނިއާ ސްޓަނިސްލާސްއެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ ތިން ލަނޑު ކާމިޔާބުކޮށް އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި މޭސަން ގްރީންވުޑް ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިންއިރު، 35 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޔުނައިޓެޑަށް ލީޑު ނަގައިދިނީ މާކަސް ރެޝްފޯޑެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ އެންތަނީ މާޝިއަލްއެވެ.

ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖޯޝުއާ ކިންގް ބޯންމަތަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، ޔުނައިޓެޑުން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ގްރީންވުޑް އާއި ބްރޫނޯ ފެނާންޑޭސްއެވެ.

މި ނަތީޖާއާއެކު ޗެލްސީ ތާވަލުގެ ހަތަރުވަނައިގައި އޮތީ 33 މެޗުން 57 ޕޮއިންޓާއެކުއެވެ. ޗެލްސީގެ ފުލުގައި ވިއްދާފައި އޮތް ޔުނައިޓެޑް ތާވަލުގެ ފަސްވަނައިގައި އޮތީ 33 މެޗުން 55 ޕޮއިންޓާއެކުއެވެ. ލީގުގެ ތިންވަނައިގައި 33 މެޗުން 58 ޕޮއިންޓު ހޯދާފައިވާ ލެސްޓާ ވަނީ ހޮނިހިރު ދުވަހުގެރޭ 3-0 ން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ.

މީގެ އިތުރުން ޔޫރަޕްގެ މަގާމަކަށް ވާދަކުރަމުން އަންނަ އާސެނަލް ހޮނިހިރު ދުވަހުގެރޭ ވަނީ ވުލްވްސް އަތުން 2-0 ން މޮޅުވެފައެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުގައި އާސެނަލުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ބުކާޔޯ ސަކާއެވެ. އަދި މެޗުގެ 86 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އަލެކްސަންޑަ ލަކަޒޭޓް ވަނީ އާސެނަލަށް ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު އާސެނަލް ވަނީ 33 މެޗުން 49 ޕޮއިންޓު ހޯދައިގެން ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް