Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގެ މައްސަލަ

ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމާއި ގުޅޭ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ފުލުހުން ބުނެފައިވަނީ އިންޓަރޕޯލް އިން މި މައްސަލަ ބަލަމުންދާ ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 1 ޖުލައި 2020 | ބުދަ 06:00
ގަރާރު ހުށަހެޅުއްވި މެމްބަރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ

ގަރާރު ހުށަހެޅުއްވި މެމްބަރު، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ

ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރުގެ ފުރަތަމަ ކިއުން އިއްވާފައިވަނީ 16 ޖޫން 2020 ގައި ބޭއްވުނ މަޖިލީހުގެ ޖަލްސާގައެވެ.

Advertisement - newsAdvertisement

ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިޢުލާންކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިކަން ހިނގައި ގޮސްފައިވާގޮތް ބަލައި ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށްޓަކައި މި ގަރާރު ހުށަހެޅުއްވީ ބުދަ ދުވަހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ އެވެ.

މެމްބަރު ހުށަހެޅުއްވި މި ގަރާރުގައި ވަނީ ކޮސޯވޯގެ މިނިވަންކަން ދިވެހި ރާއްޖޭގެ ފަރާތުން ޤަބޫލުކޮށްފައިވަނީ ދިވެހި ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރ ޑރ. އަޙްމަދު ޝަހީދު ބޭރުގެ ބައެއް ފަރާތްތަކުގެ އަތުން ރިޝްވަތު ނަގައިގެން ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ. އެގޮތުން، 2009 ވަނަ އަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ތަޙުޤީޤު ކޮށްދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގަވާފައިވީ ނަމަވެސް އެ މައްސަލައިގެ ތަޙުޤީޤު މުޅިން ފުރިހަމަކޮށް، ސާފު ސީދާ ނިންމުމެއް ނުވަތަ ފިޔަވަޅެއް އަޅާފައިވާކަން މިހާތަނަށް އައިއިރު ރައްޔިތުންނަށް އެނގިފައި ނުވާކަމަށް ވެސް މެމްބަރުގެ ގަރާރުގައިވެއެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން 2009 ވަނަ އަހަރުގެ މެއި މަހުގެ 09 ވަނަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވަނީ އިންޓަރޕޯލް މެދުވެރިކޮށް އެކަން އިތުރަށް ތަޙުޤީޤު ކުރެވެމުން ދާކަމަށެވެ. އެހެންނަމަވެސް އޭގެ ފަހުން މިއަދާއި ހަމައަށް 10 އަހަރު ފާއިތުވެފައިވާއިރު ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ރަސްމީ ސިފައެއްގައި އެ މުއައްސަސާ ހިންގުމާއި ގުޅޭ ޤަވާޢިދުތަކުގެ ތެރެއިން މި ތަޙުޤީޤާއި ގުޅިގެން ޢަމަލުކޮށްފައިނުވާކަމަށެވެ.

މެމްބަރު ނަޝީދު ވިދާޅުވެފައި ވަނީ މި މައްސަލައިގެ ޙަޤީޤަތްތައް މަޖިލީހަށާއި އަދި ދިވެހި ރައްޔިތުންނަށް އޮޅުން ނުފިލައި އޮތް މައްސަލައަކަށްވެފައި މި މައްސަލައާއި ގުޅިގެން ތަޙުޤީޤީ އިދާރާތަކުން އެކަށީގެންވާގޮތެއްގައި ޢަމަލުކޮށްފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ މުޢައްސަސާގެ އިޖުރާޢަތްތަކުގެ ތެރެއިން މިކަން ތަޙުޤީޤުކޮށް ނިންމި ކަމުގައިވިޔަސް އެކަމުގައި ޝާމިލުވާ ފަރާތްތަކާއިމެދު ޖިނާއީ ދަޢުވާއެއް އުފުލަންޖެހޭ މުއްދަތު މިހާރު ފަހަނަޅައިގޮސްފައިވާ ކަމަށާއި އެމައްސަލައިގެ ތަހުގީގު އެ ސަރވިސްގެ ތެރެއިން ގެންދިޔުމުގެ ބޭނުން ވެސް މިހާރު ކެނޑިފައިވާކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން މި މައްސަލަ އާއި ގުޅިގެން މިހާރު ކުރެވެންއޮތް މަސައްކަތްތަކަކީ ހަމައެކަނި މަޖިލީހުގެ ތެރެއިން މި މައްސަލަ ހިނގައި ގޮސްފައިވާގޮތް ބަލައި އެކަމާއި ގުޅިގެން ނިހާއީ ޖަވާބެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ދެކޭ ކަމަށް ވެސް ގަރާރުގައި ވެއެވެ. އަދި މިފަދަ ނޭދެވޭ ޢަމަލުތަކާއިމެދު އިތުރަށް ފާރަވެރިވެވިދާނޭ ގޮތްތައް ބަލައި އެފަދަ ކަންކަންއެކަން ހުއްޓުވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަކީ މުހިންމު ކަމެއްކަމަށާއި ކޮސޯވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ބަލައި ގަތުމާއިމެދު މި ސަރުކާރުން، ބައިނަލް އަޤްވާމީ އެންމެހައި ޤާނޫނުތަކާއި އުސޫލުތަކަށް ރިޢާޔަތް ކޮށް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައި އޮންނަ އޮތުން އަލުން މުރާޖަޢާކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު